logo
MPL

MPL

ޚަބަރު

ޙައްޖާއި ޢުމްރާގެ ކަންކަމުގައި އެހީވުމަށް ގައުމީ އެއާލައިނާއެކު އެއްބަސްވުމެއް

އިސްމާޢިލް ރާތިޢު
17 ފެބްރުއަރީ 2026 - 04:42
ޙައްޖާއި ޢުމްރާގެ ކަންކަމުގައި އެހީވުމަށް ގައުމީ އެއާލައިނާއެކު އެއްބަސްވުމެއް

ޙައްޖާއި ޢުމްރާގެ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އިސްލާމީކަންތައްތަކާބެހޭ ވުޒާރާއާއި އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި އިސްލާމީ ކަންތަކާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދެވެ. އަދި އައިލެންޑް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާސްއެވެ.

މިއީ ޙައްޖާއި ޢުމްރާގެ ކަންކަމާއި އިތުރު ދާއިރާތަކުން އެއްބާރުލުމާއި އެހީތެރިކަން ދިނުމާއި، ދިވެހި ޙައްޖުވެރިންނާއި ޢުމްރާވެރިންނަށް ފަސޭހަ، އިތުބާރުހުރި ވައިގެ ދަތުރުފަތުރުގެ ޚިދުމަތެއް ކަަށަވަރުކުރުމުގެ އިތުރުން، މާލެއާއި ޖިއްދާއާ ދެމެދު ކުރެވޭ ދަތުރުތައް އިތުރުކޮށް، ޙައްޖުވެރިންނަށާއި ޢުމްރާވެރިންނަށް ލުއިފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ވެވުނު އެއްބަސްވުމެކެވެ.

މި އެއްބަސްވުމުގެ ދަށުން މޯލްޑިވިއަންގެ މުވައްޒަފުންނަށް ދީނީ ކަންކަމާއި ގުޅޭ ތަމްރީނުތައް ފޯރުކޮށްދެވުމުގެ އިތުރުން ވުޒާރާއިން ބާއްވާ ޙައްޖު ޢުމްރާ ކޮންފަރެންސް ފަދަ ހަރަކާތްތަކުގައި މޯލްޑިވިއަންގެ ފުރިހަމަ ބައިވެރިވުން ހޯދައިދެވިގެންދާނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ވަނީ، މޯލްޑިވިއަނުން ދިވެހި ޙައްޖުވެރިންނާ ޢުމްރާވެރިންގެ ޚިދުމަތުގައި ކޮށްދެއްވާ މަސައްކަތް ފާހަގަކޮށް، އެ މަސައްކަތްތަކަށް ޝުކުރު ދަންނަވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އުލިގަމުގައި ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕެއް ހުޅުވައިފިޚަބަރު | 4 ދުވަސް ކުރިން"21 ވަނަ ޤަރުނުގައި އިސްލާމީ ދަޢުވަތު" އަށް ޚާއްޞަ އިސްކަމެއް: ޖަމްޢިއްޔާތަކުގެ އަހަރީ ބައްދަލުވުން ފަށައިފިޚަބަރު | 14 ދުވަސް ކުރިން'މަޢުރިފާ' ފޮތް މައުރަޒު އޮކްޓޫބަރު 1 އިން 3 އަށް ބޭއްވުމަށް ނިންމައިފިޚަބަރު | 20 ދުވަސް ކުރިންކޮޗިންއާއި ޓްރިވެންޑްރަމަށް މޯލްޑިވިއަންގެ ދަތުރުތައް އިތުރު ކުރަނީ ޚަބަރު | މަހެއް ކުރިން