އިސްލާމިކް ސްޓޫޑިއޯ’އިން ރަމަޟާން މަހު ގެނެސްދޭ 10 ޕްރޮގުރާމް އިފްތިތާޙްކޮށްފި
17 ފެބްރުއަރީ 2026 - 07:32

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ 'އިސްލާމިކް ސްޓޫޑިއޯ’އިން މި ރަމަޟާން މަހު ގެނެސްދިނުމަށް ހަމަޖެހިފައިވާ ޕްރޮގުރާމުތައް މިއަދު އިފްތިތާޙްކޮށްފިއެވެ.
މި ޕްރޮގުރާމުތައް އިފްތިތާޙް ކޮށްދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.

Ad by Hajj Corporation
މި ރަމަޟާން މަހު އިސްލާމިކް ސްޓޫޑިއޯއިން ދީނީ ހޭޅުންތެރިކަމުގެ 10 ޕްރޮގުރާމެއް ގެނެސްދިނުމަށް ވަނީ ތައްޔާރުވެފައެވެ. އެ ޕްރޮގުރާމްތަކަކީ ޢިބްރަތްތެރި ވާހަކަ، ހަލް ޔަސްތަވިޔާނި (އެއްފަދަވެގެންވޭ ހެއްޔެވެ؟)، ހުވަﷲ، އަޖަލު، ސީރަތުގެ ހިޔަލުގައި، ޖަވާހިރު، ޖާރނީ ޓު ޖަންނަތު، ޙާފިޡުން، ރީ ތިންކް އަދި ޚާއްސަ އެހީއައަށް ބޭނުންވާ ކުދިންނަށް ޚާއްސަކޮށް ގެނެސްދޭ ސައިލަންޓް ކުއެއަސްޝަންސްއެވެ.
މި ޕްރޮގުރާމުތައް ޓީވީ ޗެނަލްތަކަށް ބްރޯޑްކާސްޓް ކުރުމުގެ ހުއްދަ އެއްވެސް ފީއަކާ ނުލާދިނުމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ނިންމާފައެވެ.


