އިހަވަންދޫގައި ތަރައްގީކުރި 200 މީހުންގެ ޖާގައިގެ މިސްކިތް ހުޅުވައިފި
15 ފެބްރުއަރީ 2026 - 03:27

ހއ. އިހަވަންދޫގައި އަމިއްލަ ފަރާތަކުން ތަރައްގީކުރި 200 މީހުންގެ ޖާގައިގެ މިސްކިތް ހުޅުވައިފިއެވެ.
އިއްޔެ އިހަވަންދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، މިސްކިތް ހުޅުވައިދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.

Ad by Hajj Corporation
އެ މިސްކިތް ހުޅުވައިދެއްވުމަށްފަހު ވަޒީރު ވަނީ އިއްޔެ މިސްކިތުގައި އިމާމުވެ މަޣްރިބް ނަމާދު ކުރައްވާފައެވެ.
އިސްލާމީ ކަންކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ‘މަސްޖިދު ޒުބައިދާ އަހްމަދު’ މިސްކިތަކީ އަމިއްލަ ފަރާތެއްގެ ދީލަތި އެހީގައި ބިނާކުރެވުނު މިސްކިތެއް ކަމަށެވެ. އެއް ފަންގިލާ ހިމެނޭ އެ މިސްކިތަކީ 200 މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށް ވެސް ވިދާޅުވިއެވެ.
މި ރަމަޟާން މަހުގެ ކުރިން އިތުރު މިސްކިތްތަކެއް ހުޅުވުމަށްވެސް ވުޒާރާއިން އަންނަނީ މަސައްކަތް ކުރަމުންނެވެ. މި ދައުރުގެ ތެރޭގައި އިސްލާމީ ދާއިރާއިން 90 މަޝްރޫއު ކުރިއަށްދާކަން ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ބަޔާނުގައި ވަނީ ފާހަގަ ކުރައްވާފައެވެ.


