logo
Bank of Maldives

Bank of Maldives

ޚަބަރު

މަސްދޯންޏެއްގައި ރޯވެ އަނދަނީ

މުހައްމަދު މޫސާމުހައްމަދު މޫސާ
14 ފެބްރުއަރީ 2026 - 10:28
Screenshot
Screenshot

ދަތުރުކުރަމުންދިޔަ މަސްދޯންޏެއްގައި އަލިފާން ރޯވެގެން، ފުލުހުންނާއި ސިފައިން އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށައިފިއެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި، މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު (14 ފެބުރުވަރީ 2026) މެންދުރުފަހު 14:54 އެހައިކަންހާއިރުއެވެ. މި ހާދިސާ ހިނގާފައިވަނީ ކުރުނބާ މޯލްޑިވްސް ރިސޯޓާ ގާތް ސަރަހައްދެއްގައި ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފުން ބުނީ، 15 މީހުންނާއެކު ކ. ދޫނިދޫ ކައިރިން ދަތުރުކުރަމުންދިޔަ މަސްދޯންޏެއްގައި އަލިފާން ރޯވެގެން އުޅޭކަމުގެ ރިޕޯޓު ލިބުމާ ގުޅިގެން، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ކަމަށެވެ.

ފުލުހުން ބުނީ، އަލިފާން ރޯވި މަސްދޯންޏަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ހާލަތު ބެލުމަށް ފުލުހުންގެ ޓީމެއްވެސް އެ ސަރަހައްދުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާކަމެއް ނުވަތަ ނޫންކަމެއް އަދި ދޯންޏަށް ލިބުނު ގެއްލުމުގެ އެއްވެސް ތަފްސީލެއް ކަމާބެހޭ އިދާރާތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިޔަވަމުން ދިޔަ ލޯންޗެއްގައި ތިބި އެންމެން ސަލާމަތްކޮށް އަނބުރައި މާލެ ގެނެސްފިޚަބަރު | 3 ގަޑިއިރު ކުރިންޢީދާ ދިމާކޮށް އުޅަނދުތަކުގެ ސަލާމަތީކަންކަން ބެލުމަށް އޮޕަރޭޝަނެއް ފަށައިފި! ޚަބަރު | ދުވަހެއް ކުރިންބ. ކިހާދޫގައި މިލިޓަރީ ބޭންޑުގެ ޚާއްޞަ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފިޚަބަރު | 2 ދުވަސް ކުރިން ފަޅުތެރެއަށް ވަލެއް އައްސަން ފޭބި މީހާ ފެނުނީ މަރުވެފައި އޮއްވާ!ޚަބަރު | 3 ދުވަސް ކުރިން