މާރާމާރީއެއްގެ މައްސަލާގައި ތުހުމަތުވާ މިސްރު ދެމީހަކު ޑީޕޯޓް ކޮށްލަނީ
22 ޖުލައި 2026 - 12:58

ކ. ހިންމަފުށީގައި ހިނގި މާރާމާރީއެއްގެ މައްސަލާގައި ތުހުމަތުކުރެވޭ މިސްރުގެ ދެ ރައްޔިތަކު ރާއްޖެއިން ޑީޕޯޓްކޮށްލުމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން މޯލްޑިވްސް އިމިގްރޭޝަން އަށް ހުށަހަޅައިފިއެވެ.
ފުލުހުން ހާމަކުރި ގޮތުގައި، ހިންމަފުށީގައި ބަޔަކު މީހުން މާރާމާރީ ހިންގާ ކަމުގެ މައުލޫމާތު ލިބިފައިވަނީ 2026 ޖުލައި 19 ވަނަ ދުވަހުގެ ރޭ 19:24 އެހައިކަންހާއިރުއެވެ. މި

Ad by Hajj Corporation
މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މިސްރަށް ނިސްބަތްވާ ދެ ފިރިހެނުންނެވެ.
މި ދެމީހުން ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ ދެ ދުވަހުގެ މުއްދަތަށް އެމީހުން ބަންދުކުރުމަށް އަމުރުކޮށްފައެވެ. މި މުއްދަތުގެ ތެރޭގައި ފުލުހުން ވަނީ މި މައްސަލައިގައި ސުވާލުކުރަންޖެހޭ މީހުންނާ ސުވާލުކޮށް، ބަލަންޖެހޭ ކަންކަން ތަހުގީގުކޮށްފައެވެ.
ފުލުހުން ވިދާޅުވީ، ތަހުގީގަށް ލިބިފައިވާ ހޯދުންތަކަށް ރިއާޔަތްކޮށް، ތުހުމަތު ކުރެވޭ މި ދެމީހުން ރާއްޖެއިން ފުރުވާލުމަށްފަހު އަނބުރާ ރާއްޖެ ނާދެވޭނެ ގޮތް ހެދުމަށް މޯލްޑިވްސް އިމިގްރޭޝަނަށް މިހާރު ހުށަހަޅާފައިވާ ކަމަށެވެ.


