logo
Bank of Maldives

Bank of Maldives

ޚަބަރު

އަޒީޒާ މޫސާ މިސްކިތަށް ގެއްލުން ދިންކަމަށް ތުހުމަތު ކުރެވޭ މީހާގެ ހާލަތަށް ބަލައި ފިޔަވަޅު އެޅުމަށް މަސައްކަތް ކުރަނީ

މުހައްމަދު މޫސާމުހައްމަދު މޫސާ
21 ޖުލައި 2026 - 12:30
ހުޅުމާލެ އަޒީޒާ މިސްކިތައް ގެއްލުންދީފައި، ފޮޓޯ: ޢަބުދުﷲ ބަންސް
ހުޅުމާލެ އަޒީޒާ މިސްކިތައް ގެއްލުންދީފައި، ފޮޓޯ: ޢަބުދުﷲ ބަންސް

ހުޅުމާލޭ ފޭސް 1 ގައި ހުންނަ އަޒީޒާ މޫސާ މިސްކިތަށް ގެއްލުން ދިން ކަމަށް ތުހުމަތުކުރެވޭ މީހާގެ ހާލަތަށް ރިއާޔަތްކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފިއެވެ.

ފުލުހުން ބުނީ، ހުޅުމާލޭ ޗަނބޭލީ މަގުގައި ހުންނަ މި މިސްކިތަށް ގެއްލުން ދީފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 2026 ޖުލައި 20 ވަނަ ދުވަހު ކަމަށެވެ. އެ މައްސަލަ ހުށަހެޅުމާއެކު ފުލުހުން ވަނީ އެކަމުގެ ތަހުގީގު ފަށާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މައްސަލައިގެ ތަހުގީގާ ގުޅޭގޮތުން ފުލުހުން މިއަދު ބުނީ، މިސްކިތަށް ގެއްލުން ދިން ކަމަށް ތުހުމަތުކުރެވޭ މީހާ މިހާރު ދެނެގަނެވިފައިވާ ކަމަށެވެ. އަދި އެ މީހާގެ ހާލަތު ހުރި ގޮތަށް ރިއާޔަތްކޮށް، ކަމާބެހޭ އިދާރާތަކާ ގުޅިގެން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. ނަމަވެސް އެ މީހާގެ ހާލަތާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، އަޒީޒާ މޫސާ މިސްކިތަށް ވަންނަން ހުންނަ މައި ދޮރުގެ ބިއްލޫރިގަނޑު ވަނީ ދެ ހިސާބަކުން ތަޅައިގެން ގޮސްފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަޒީޒާ މޫސާ މިސްކިތަށް ގެއްލުން ދިން މީހާގެ ހާލަތަށް ބަލައި ފިޔަވަޅު އެޅުމަށް މަސައްކަތް ކުރަނީޚަބަރު | 5 ގަޑިއިރު ކުރިންހުޅުމާލޭ އަޒީޒާ މިސްކިތުގެ ދޮރުގެ ބިއްލޫރިގަނޑު ތަޅާލައި ގެއްލުންދީފިޚަބަރު | ދުވަހެއް ކުރިންހިޔާ ޕާކު ސަރަހައްދުގައި މާރާމާރީއެއް، 16 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފިޚަބަރު | 2 ދުވަސް ކުރިންތިލަފުށި ގޮނޑުގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައިފިޚަބަރު | 2 ދުވަސް ކުރިން