logo
Bank of Maldives

Bank of Maldives

ޚަބަރު

މި ރަމަޟާން މަހުގެ ފުރަތަމަ އިހްޔާ ފޯރަމް މިރޭ

މުޙައްމަދު އަފްރާޙް
19 ފެބްރުއަރީ 2026 - 06:28
މި ރަމަޟާން މަހުގެ ފުރަތަމަ އިހްޔާ ފޯރަމް މިރޭ

މި ރަމަޟާން މަހުގެ ފުރަތަމަ އިހްޔާ ފޯރަމް މިރޭ އޮންނާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

އެ ވުޒާރާ އިން ބުނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިރޭ އޮންނަ ފޯރަމްގެ މަޢުޟޫއަކީ "ރަމަޟާން މަހުގެ މަތިވެރިކަން" ކަމަށެވެ. އަދި މިރޭގެ ފޯރަމްގައި ތަޤުރީރުކުރައްވާނީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮންމެއަހަރެއްގެ ވެސް ރަމަޟާން މަހުގެ ރޭތައް އިޙްޔާކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ފަށާނީ 21:30 ގައެވެ.

މި އަހަރު މުޅި ޖުމުލަ 18 އިޙްޔާ ފޯރަމް ބާއްވާނެ ކަމާއި، އޭގެތެރެއިން 8 ބައްދަލުވުން މާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައިއެވެ. މާލޭގައި ކުރިޔަށް ގެންދާ އިޙްޔާ ފޯރަމްތައް މިރެއިން ފެށިގެން މިއަންނަ މާރިޗު މަހުގެ 15އާ ހަމައަށް ކުރިޔަށްގެންދާނެއެވެ. މި ފަހަރު ޖަލްސާތައް ކުރިޔަށް ގެންދިއުމަށް ހަމޖެހިފައިވަނީ ކޮންމެ ހޯމަ ވިލޭރޭއާއި ހުކުރު ވިލޭރޭ ކަމުގައި އިސްލާމީ ވުޒާރާއިން ވިދާޅުވިއެވެ.

ވުޒާރާއިން ވިދާޅުވީ އަތޮޅުތެރޭގެ 10 ރަށެއްގައި އިޙްޔާ ފޯރަމް ކުރިޔަށް ގެންދިއުމަށް ނިންމަވާފައިވާކަމަށެވެ. މި ފޯރަމްތައް ކުރިއަށްދާނީ މި މަހު 20 ވަނަ ދުވަހުން ފެށިގެން މާރިޗު މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

އިޙްޔާ ފޯރަމްތަކަކީ، ތަފާތު އެކި މަޢުޟޫތަކަށް ދަރުސްދީ، އާއްމުންނަށް ސުވާލުކުރުމުގެ ފުރުސަތު ހުޅުވާލަިއިގެން ކުރިޔަށް ގެންދާ ފޯރަމުތަކެކެވެ. މި ފޯރަމުގެ މައިގަނޑު މަގުސަދަކީ ދީނީގޮތުން އޮޅުން އަރާ ކަންކަމުގައި ފަސޭހައިން މަޢުލޫމާތުތައް ލިބޭނެ ގޮތް ހަމަޖެއްސުމަށްކަމުގައި އެ ވުޒާރާއިން ވިދާޅުވިއެވެ. މީގެއިތުރުން ދިނީ ފޮތްތަށް ހަދިޔާ ކުރުމާއި، އިނާމުުތައް ފޯރަމުގެ ތެރެއިން އަންނަނީ ދެމުންނެވެ.

މީގެ އިތުރުން، މިއަހަރު މީސްމީޑިއާ މެދުވެރިކޮށް، އާއްމުންގެ ސުވާލުތަކަށް ޖަވާބުދިނުމަށް ވީޑިއޯ ކޮންޓެންޓުތައް އުފެއްދުމަށް ހަމަޖެހިފައިވާ ކަމަށާއި މުވައްސަސާތަކާއި ޖަމިއްޔާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަމާޒުކޮށްގެން، ރަމަޟާން މަހު އަޅުކަމަށް އަހައްމިއްޔަތު ދިނުމާއި، ވަގުތު އެންމެ އެކަށީގެންވާ ގޮތެއްގައި ހޭދަކުރާނެ ގޮތުގެ މަޢުލޫމާތު ފޯރުކޮށްދިނުމުގެ ސެޝަންތަކެއް ބާއްވާނެކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭގެ އިސްލާމީ ޙަޟާރަތުގައި އައުޤާފަކީ މުހިންމު ދައުރެއް އަދާކުރާ ނިޒާމަކަށް ހަދާނަން: މިނިސްޓަރު ޝަހީމްޚަބަރު | 15 ގަޑިއިރު ކުރިންދިވެހި ހައްޖުވެރިންނަށް ސަޢޫދީއަށް ދިއުމަށް އެއްވެސް ދަތިކަމެއްނެތް: ވަޒީރު ޝަޙީމްޚަބަރު | 4 ދުވަސް ކުރިންޙުރުމަތްތެރިވެގެންވާ މައްސަރުތަކުގައި ކުރާ ފާފަ ބޮޑު، އަދި ހެޔޮ ޢަމަލުތަކުގެ ޘަވާބު އިތުރުޚަބަރު | 6 ދުވަސް ކުރިންއަންނަ ހަފްތާގައި މައްކާ ރޫޓް އިނީޝިއޭޓިވްގެ ޓީމް ރާއްޖެއަށްޚަބަރު | 6 ދުވަސް ކުރިން