logoEN
ޚަބަރު

ދިވެހި ޙައްޖުވެރިންގެ 3ވަނަ ގުރޫޕު ރާއްޖެ އައިސްފި

ޙައްޖުގެ އަޅުކަން އަދާކުރުމަށްފަހު، ދިވެހި ޙައްޖުވެރިން 3ވަނަ ގުރޫޕު ރާއްޖެ އަތުވެއްޖެއެވެ.

ޙައްޖުވެރިންގެ 3ވަނަ ގުރޫޕު ރާއްޖެ އައީ މިއަދު މެންދުރު 13:23ގައެވެ. ޙައްޖުވެރިންގެ 3ވަނަ ގުރޫޕުގައި 255 ޙައްޖުވެރިން ހިމެނެއެވެ.

ހައްޖުވެރިންގެ ފުރަތަމަ ގްރޫޕް ހުކުރު ދުވަހު އައިރު، 2 ވަނަ ގްރޫޕް އައީ ހޮނިހިރު ދުވަހުގެ ރޭގަނޑުއެވެ. 3 ވަނަ ފްލައިޓު ރާއްޖެ އައުމުން މިހާރު 700 އަށްވުރެ ގިނަ ޙައްޖުވެރިން އެނބުރި ރާއްޖެ ވަނީ އައިސްފައެވެ.

މިއަހަރު ރާއްޖެއިން 1000 މީހުން ޙައްޖުގެ މަތިވެރި އަޅުކަން އަދާކޮށްފައިވާއިރު، ޙައްޖުވެރިން އެނބުރި އަންނަން ފަށާފައިވަނީ މި މަހުގެ 14 ވަނަ ދުވަހުއެވެ. އެގޮތުން ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕު މި މަހުގެ 13 ގައި އައި އިރު، ދެވަނަ ގުރޫޕުގެ ޙައްޖުވެރިން އައިސްފައިވަނީ މި މަހުގެ 14 ގައެވެ.

ޙައްޖުވެރިން އެނބުރި ރާއްޖެ އަންނައިރު މަރުޙަބާ ކިޔަން ވީހާވެސް މަދުން އެއަރޕޯޓަށް މީހުން ދިއުމަށާއި ޙައްޖުން އައިސް އެއްވުންތަކަށް ނުގޮސް މަޑުކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

މިއަހަރަކީ ޙައްޖުވެރިންނަށް އެންމެ ފުރިހަމަ އަދި ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސާފައިވާ އަހަރުކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާގެ އިތުރުން މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން ފުރިހަމަކުރުމުގެ ފުރުސަތު ލިބުނު ޙާޖީންވެސް ފާހަގަކުރެއްވިއެވެ.

ކޮމެންޓް

871x217_placeholder