އިމިގްރޭޝަންގެ އޮޕަރޭޝަންތަކުގައި ބޮޑީ ވޯން ކެމެރާ ބޭނުން ކުރަން ފަށައިފި


25 މޭ 2025 - 13:48
އިމިގްރޭޝަންގެ އޮޕަރޭޝަންތަކުގައި، އޮފިސަރުން ބޮޑީ ވޯން ކެމެރާ ބޭނުންކުރަން ފަށައިފިއެވެ.
އިމިގްރޭޝަނުން ވިދާޅުވީ ބޮޑީ ވޯން ކެމެރާ ބޭނުންކުރާނީ ރެއިޑްތަކާއި އިމިގްރޭޝަންގެ އޮފިސަރުން ނިކުމެ ހިންގާ އޮޕަރޭޝަންތަކުގައިކަމަށެވެ.
ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް، އިމިގްރޭޝަނާ ކަމާގުޅުންހުރި އިދާރާތައް ގުޅިގެން ގިނަ މަސައްކަތްތަކެއް އަންނަނީ ކުރިއަށްގެންދަމުންނެވެ. އެގޮތުން މާލެއާއި އަތޮޅުތައް ހިމެނޭގޮތަށް ބޮޑެތި އޮޕަރޭޝަންތައް ހިންގަމުންދާއިރު، ގަވައިދާ ޚިލާފައި އުޅެމުންދިޔަ 6700އަށްވުރެ ގިނަ ބިދޭސީން ވަނީ ޑީޕޯޓްކޮށްލާފައެވެ. ގަވާއިދާ ޚިލާފައި އުޅޭ ބިދޭސީންނާ ގުޅޭ މައްސަލަތައް ހުށައެޅުމަށް ޤާއިމުކޮށްފައިވާ "އިމިގްރޭޝަން ވޮޗް" ޕްލެޓްފޯމް މެދުވެރިކޮށް 1500 އަށްވުރެ ގިނަ މައްސަލަ ހުށައަޅާފައިވެއެވެ.
ފުރަތަމަ ފަހަރަށް ބޮޑީ ވޯން ކެމެރާ ބޭނުންކޮށްފަމިވަނީ، ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ބަލާ ފާސްކުރުމަށް ހުޅުމާލޭގައި ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަންގައި ޤަވައިދާ ޚިލާފައި އުޅެމުންދިޔަ 3 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އިމިގްރޭޝަންއިން ވިދާޅުވީ ބޮޑީ ވޯން ކެމެރާ ބޭނުންކުރަން ފަށާފަވަނީ، އިމިގްރޭޝަންގެ މަސައްކަތްތައް ވީހާވެސް ދެފުއްފެންނަ ހަރުދަނާ ނިޒާމެއްގެދަށުން ކުރިއަށްގެންދިއުމަށްކަމަށެވެ. މިއާއެކީގައި އިމިގްރޭޝަން އޮފިސަރުންގެ މަސައްކަތްތައް ހަރުދަނާވެ، އުސޫލުކާ އެއްގޮތަށް މަސައްކަތްތައް ގެންދާކަން ކަށަވަރުކުރެވިގެންދާކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.
އިތުރު ލިޔުންތައް

އިމިގްރޭޝަންގެ އޮފިސަރުންތަކެއް ކަމަށް ހެދިގެން ފޭރެނީ
10 މަސް ކުރިން
އިމިގްރޭޝަން އޮފިސަރުން ބަލައި ފާސްކުރަން ދާނީ ޔުނިފޯމްގައި، ކާޑު ވެސް އޮންނާނެ
10 މަސް ކުރިން
ގަވާއިދާ ހިލާފަށް އުޅޭ އިތުރު ބިދޭސީންތަކެއް އަތުލައިގެންފި
10 މަސް ކުރިން