logo
ކުޅިވަރު

އެރިކް ޓެންހާގް ބަޔާރ ލެވަރކޫސަންގެ ކޯޗުކަމަށް ޢައްޔަންކޮށްފި

އަބްދުﷲ ޣާނިމް
26 މޭ 2025 - 10:41
މެންޗެސްޓަރ ޔުނައިޓެޑުގެ ކުރީގެ ކޯޗު ޓެންހާގް.ފޮޓޯ: ސޮކާ
މެންޗެސްޓަރ ޔުނައިޓެޑުގެ ކުރީގެ ކޯޗު ޓެންހާގް.ފޮޓޯ: ސޮކާ

މެންޗެސްޓަރ ޔުނައިޓެޑްގެ ކުރީގެ ކޯޗު އެރިކް ޓެންހާގް، ޖަރުމަނުގެ ބަޔަރ ލެވަރކޫސަންގެ އައު ހެޑް ކޯޗުގެ މަޤާމަށް ހަމަޖައްސައިފިއެވެ. އޭނާ މި މަޤާމަށް ހަމަޖައްސާފައިވަނީ ރިއަލް މެޑްރިޑްގެ ކޯޗުކަމަށް ބަދަލުވި ޒާބީ އެލޮންސޯގެ ބަދަލުގައެވެ.

ޓެންހާގް ވަނީ 2027 ވަނަ އަހަރާ ހަމައަށް ބަޔަރެނާގައި މަސައްކަތްކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ލެވަރކޫސަންއަށް ބަދަލުވުމާ ގުޅޭ ގޮތުން ވާހަކަދައްކަމުން މި ޑަޗް ކޯޗު ބުނެފައިވަނީ "ބަޔަރ04 އަކީ ޖަރުމަނުގެ އެންމެ މޮޅު ކްލަބުތަކުގެ ތެރެއިން ކްލަބެއް އަދި ޔޫރަޕްގެ އިސް ސަފުގެ ކްލަބުތަކުގެ ތެރޭގައި ހިމެނޭ ކްލަބެއް. ކްލަބުން ވަރަށް ރަނގަޅު މާހައުލެއް ފޯރުކޮށްދޭ، އަދި މެނޭޖްމަންޓާއެކު ކުރެވުނު މަޝްވަރާތަކުން އަހަރެންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނު" ކަމަށެވެ.

އެލޮންސޯ ރިއަލް މެޑްރިޑްގެ އައު މެނޭޖަރުގެ ގޮތުގައި ހަމަޖެއްސުމާ ގުޅިގެން، ސްޕެއިންގެ ކްލަބުން ލެވަރކޫސަންއަށް 13-15 މިލިއަން ޔޫރޯ ދައްކަން ޖެހޭނެއެވެ.

ލެވަރކޫސަންގައި ޓެންހާގްގެ މަސައްކަތް ފަސޭހައެއް ނުވާނެއެވެ. ޖޮނަތަން ޓާ، ޖެރެމީ ފްރިމްޕޮންގް އަދި އެންމެ މުހިންމު ކުޅުންތެރިއެއްގެ ގޮތުގައި ފްލޯރިއަން ވިރޓްޒް ފަދަ މުހިންމު ކުޅުންތެރިން މިސީޒަނަށްފަހު ކުލަބު ދޫކޮށްލާނެކަމަށް ބެލެވޭއިރު، ސީޒަންގެ ފަހު ކޮޅު ލީގުގައި ކްލަބުގެ ފޯމް ދަށްވެ، ޓައިޓަލް ޑިފެންޑް ކުރުމުގައި ދަތިތަކާ ކުރިމަތިވެފައިވާ ޓީމެއް އަލުން އާރާސްތުކުރުމުގެ ޒިންމާ އޭނާއަށް ކުރިމަތިވާނެއެވެ.

ޓެންހާގްއަކީ ޖަރުމަނުގެ ފުޓުބޯޅައާ އަހުލުވެރި ކޯޗެކެވެ. އޭނާ ވަނީ 2013 އިން 2015 އަށް ޕެޕް ގުއާޑިއޯލާގެ ދަށުން ބަޔަން މިއުނިކް 2 ގެ ހެޑް ކޯޗުގެ މަޤާމު ފުރާފައެވެ. ބަޔަންގެ ދެވަނަ ޓީމާއެކު އޭނާ ވަނީ ރެޖިއޯނަލްލީގާ ބަޔަން ކާމިޔާބުކޮށް، މިޗެލް ވައިސަރ ފަދަ ކުޅުންތެރިންނަށް ކޯޗުކޮށްދީފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދެމެޗުން ޓެންހާގް ގެ ފެންވަރު އެނގި، ކުލަބުން ބޭރުކޮށްލައިފިކުޅިވަރު | 2 ދުވަސް ކުރިންއެރިކް ޓެންހާގް ބަޔާރ ލެވަރކޫސަންގެ ކޯޗުކަމަށް ޢައްޔަންކޮށްފިކުޅިވަރު | 3 މަސް ކުރިންލެވަރކޫސަން ބަލިކޮށް ބަޔާން މިޔުނިކް ކުއާޓަރ ފައިނަލަށްކުޅިވަރު | 6 މަސް ކުރިން