ލެވަރކޫސަން ބަލިކޮށް ބަޔާން މިޔުނިކް ކުއާޓަރ ފައިނަލަށް
12 މާރިޗު 2025 - 07:52

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ދެވަނަ ލެގުގައި ރޭ ބަޔާން މިއުނިކުން ބަޔާ ލެވަކޫސަން 2-0 ގެ ނަތީޖާއަކުން ބަލިކޮށް، މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.
ރޭގެ ކާމިޔާބީގައި އެންމެ ފާހަގަކޮށްލެވުނު އެއް ކަމަކީ ހެރީ ކޭން ޖެހި ތާރީޚީ ލަނޑެވެ.ޖަރުމަނުގެ ދެ ޓީމުގެ މެދުގައި ކުޅުނު ފުރަތަމަ ލެގުގައި ބަޔާން މިއުނިކުން ވަނީ 3-0 އިން މޮޅުވެފައެވެ. އަދި ރޭގެ މެޗާއެކު ބަޔާން މިއުނިކަށް ވަނީ އެގްރިގޭޓް ނަތީޖާއިން 5-0 އިން އެގްރިގޭޓުން ކުރިހޯދާފައެވެ.

Ad by Hajj Corporation
ލެވަކޫސަންގެ ބޭ އެރީނާގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށްވެސް ލަނޑު ޖެހުމުގެ ފުރުސަތުތަކެއް ލިބުނު ނަމަވެސް، އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހުނެވެ.މެޗުގެ ފުރަތަމަ ލަނޑު އައީ ދެވަނަ ހާފުގެ ކުޅުން ފެށިތާ ހަތްވަނަ މިނެޓުގައެވެ. ޖޯޝުއާ ކިމިޗް ފޮނުވާލި ހިލޭ ޖެހުން ލެވަކޫސަންގެ ކުޅުންތެރިން ބްލޮކް ކުރުމުން، އެ ބޯޅަ ލިބުނު ހެރީ ކޭން ވަނީ އެއް ފަހަރުން ގޯލުގެ ތެރެއަށް ވައްދާލާފައެވެ. މިއީ ކޭން މި ސީޒަނުގައި ޗެމްޕިއަންސް ލީގުގައި ޖެހި 10 ވަނަ ލަނޑެވެ. އަދި މިއީ މި މުބާރާތުގެ ތާރީޚުގައި އެއް ސީޒަނެއްގައި އިނގިރޭސި ކުޅުންތެރިއަކު 10 ލަނޑު ޖެހި ފުރަތަމަ ފަހަރެވެ.މެޗުގެ 71 ވަނަ މިނެޓުގައި ބަޔާން މިއުނިކްގެ ދެވަނަ ލަނޑު އަލްފޮންސޯ ޑޭވިސް ވަނީ ހެރީ ކޭންގެ އެހީތެރިކަމާއެކު ކާމިޔާބުކޮށްފައެވެ.
މީގެއިތުރުން ރޭގައި އިންޓަރ މިލާން ވަނީ ފޭނޫޑް 2-1 އިން ބަލިކޮށް 4-1 ގެ އެގްރިގޭޓުން ކުއާޓަރ ފައިނަލަށް ދަތުރުކޮްފައެވެ.
މި ކާމިޔާބީއާއެކު ކުއާޓާ ފައިނަލުގައި ބަޔާން މިއުނިކް ކުޅޭނީ އިޓަލީގެ އިންޓަރ މިލާނާ ދެކޮޅަށެވެ.