logo
7 މީހުންނާއެކު ދަތުރުކުރި ލޭންޑިންގ ކްރާފްޓެއް ބަންޑުންޖަހާލައި 3 މީހުން ގެއްލިއްޖެBank of Maldives

Bank of Maldives

ކުޅިވަރު

ފޮށިތަންމައްޗާއެކު މިއުނިކްގައި ހުއްޓާ އެނބުރި ގެޔަށް އަންނަން އެންގުމާއެކު ޖެކްޝަން ބޮޑާ ހާކަންފަށައިފި

އަބްދުﷲ ޣާނިމް
31 އޯގަސްޓު 2025 - 14:26
ފޮށިތަންމައްޗާއެކު މިއުނިކްގައި ހުއްޓާ އެނބުރި ގެޔަށް އަންނަން އެންގުމާއެކު ޖެކްޝަން ބޮޑާ ހާކަންފަށައިފި

ލޯނު އެއްބަސްވުމެއްގެ ދަށުން ބަޔާން މިއުނިކަށް ބަދަލުވުމުގެ މުއާމަލާތް ދެފަރާތުން އެއްބަސްވެ، މެޑިކަލް ހެދުމަށް ޗެލްސީގެ ފޯވާޑް ނިކޮލަސް ޖެކްސަން މިއުނިކް އަށް ދާން އެއާޕޯޓުގައި ހުއްޓާ، އެޑީލް ފަހުވަގުތު ކެންސަލް ކޮށް ކުޅުންތެރިޔާ އެނބުރި ކުލަބަށް އައުމަށް ޗެލްސީއިން އަންގައިފިއެވެ.

ޖެކްސަން މިއުނިކަށް ދިއުމުގެ ހުއްދަ ލިބުނީ ހޮނިހިރު ދުވަހުއެވެ. އެއީ 65 މިލިއަން ޔޫރޯގެ ގަތުމުގެ އޮޕްޝަނަކާއެކު ލޯނު އެއްބަސްވުމަކަށް ބަޔާން އާއި ޗެލްސީ އެއްބަސްވުމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރިޕޯޓްތައް ލިބޭގޮތުން ޗެލްސީއިން މިގޮތަށް ނިންމާފައިވަނީ އިއްޔެ ޕްރީމިއަރ ލީގުގައި އެޓީމު ކުޅުނު މެޗުގެ ކުރީކޮޅުގައި ފޯވާޑް ޑެލަޕް އަށް އަނިޔާވުމާއި ގުޅިގެންނެވެ. އެހެންކަމުން އެތަން ފޫބައްދަން ޗެލްސީިއިން މިހާރު ބޭނުންވަނީ ޖެކްސަން ކުލަބުގައި މަޑުކުރުވާށެވެ.

ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ދެ މަހުގެ ތެރޭގައި ގިނަ މެޗުތަކެއް ކުޅެން އޮތުމާއެކު އެންމެ ސްޓްރައިކަރަކާއެކު ކުރިއަށް ދިއުމަކީ ރިސްކެކެވެ. ނަމަވެސް ޖެކްސަން ވަނީ ލަންޑަނަށް އެނބުރި ދިއުމަށް ޗެލްސީން ކުރި އަމުރާ ޚިލާފުވެ، އޭނާގެ އޭޖެންޓުންނާއެކު ބަޔާންއަށް ދަތުރުކޮށްފައެވެ.

ޗެލްސީން ބުނެފައިވަނީ ޖެކްސަން ލޯނަކަށް މިހާރު ދޫކޮށްނުލާނެ ކަމަށެވެ. ނަމަވެސް 65 މިލިއަން ޔޫރޯއަށް ދާއިމީކޮށް ވިއްކާލުމަށް އެއްބަސްވާނެ ކަމަށެވެ. އެހެންނަމަވެސް ބަޔާން މިއުނިކުން މި ސީޒަނުގައި ކުޅުންތެރިޔާ ލޯނަކަށް ނީނީ ގެންނާކަށް ބޭނުމެއް ނުވެއެވެ. މި ހާލަތާ ގުޅިގެން ޗެލްސީން ވަނީ ކޮންޓިންޖެންސީ ޕްލޭނެއްގެ ގޮތުގައި ސްޕޯޓިންގ ލިސްބަންގެ ކޮންރަޑް ހާޑަރ ފަދަ ކުޅުންތެރިންނާ ބެހޭ ގޮތުން މަޢުލޫމާތު ހޯދަން ފަށާފައެވެ.

ޖެކްސަން ޓްރާންސްފާގެ ކަންތަކުގައި އޭނާ އަށް ޗެލްސީ މިސީޒަނުގައު ކުޅުނު ތިންމެޗުންވެސް ޖާގަލިބިފައެއް ނުވެއެވެ. އޭނާ ޗެލްސީއާ ގުޅުނީ ދެ އަހަރު ކުރިން ވިއަރެއާލުންނެވެ. ޖޯއާއޯ ޕެޑްރޯ އަދި ޑެލަޕް މިސީޒަނުގައި ސޮއިކުރުމާ ގުޅިގެން އޭނާ ވަނީ ޓީމުގެ ޕެކިންގ އޯޑަރުގައި ފަހަތަށް ޖެހިފައެވެ. އަދި މި މަހުގެ ކުރީކޮޅު ޓީމުން ބޭރުވާން ޖެކްސަން ވަނީ އަމިއްލައަށް އެދިފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޗެލްސީއިން އެލިފެންޓް ގަހުކުރިޔަށް އަރުވައިދީފިކުޅިވަރު | 11 ދުވަސް ކުރިންމޮރީނިއޯގެ ހޯމްކަމިން އަމިއްލަ ޓީމްމޭޓް ޚަރާބުކޮށްފިކުޅިވަރު | 15 ދުވަސް ކުރިންވޯލްޑް ޗެންޕިއަން ޕްރީމިއަރ ލީގުގައި މޮޅެއް ނުލިބި އެއް މަސް ހަމަކޮށްފިކުޅިވަރު | 18 ދުވަސް ކުރިންވޯލްޑް ޗެންޕިއަންކަމަށް ހެދިގެން އުޅުނު ޗެލްސީ ޔުނައިޓެޑުން ސައިޒަށް ކަނޑާލައިފިކުޅިވަރު | 25 ދުވަސް ކުރިން