logo
MPL

MPL

ކުޅިވަރު

ނެޓޯގެ ދެ ލަނޑާއެކު ޗެލްސީން އެވަޓަންގެ ބަލިނުވުމުގެ ސިލްސިލާ ނިމުމަކަށް ގެނެސްފި

އަބްދުﷲ ޣާނިމް
17 އޮކްޓޯބަރު 2026 - 19:12
ނެޓޯގެ ދެ ލަނޑާއެކު ޗެލްސީން އެވަޓަންގެ ބަލިނުވުމުގެ ސިލްސިލާ ނިމުމަކަށް ގެނެސްފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޕެޑްރޯ ނެޓޯ ކާމިޔާބުކޮށްދިން ދެ ލަނޑާއެކު، 2-0 އިން އެވަޓަން ބަލިކޮށް ޗެލްސީން މުހިންމު މޮޅެއް ހޯދައިފިއެވެ. މި ނަތީޖާއާއެކު މި ސީޒަނުގެ ލީގުގައި ބަލިނުވެ އެވަޓަން ދަމަހައްޓަމުން އައި ރެކޯޑަށް ވަނީ ނިމުން އައިސްފައެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހުނު ނަމަވެސް، ޗެލްސީގެ މޮއިސެސް ކައިސެޑޯ ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ވަނީ ގޯލުގެ ހުރަސްދަނޑިއަށް އަމާޒުވެފައެވެ. އެހެންނަމަވެސް، ދެވަނަ ހާފު ފެށިގެން ފުރަތަމަ މިނެޓުގައި މޯގަން ރޮޖާސް ތަނަވަސްކޮށްދިން ފުރުސަތަކުން ނެޓޯ ވަނީ ޗެލްސީއަށް ލީޑު ނަގައިދީފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދަނިކޮށް، އެވަޓަންގެ ޑިފެންސަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ނެޓޯ ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި ޗެލްސީގެ މޮޅު ކަށަވަރުކޮށްދީފައެވެ. މިއީ ލީގުގައި ނެޓޯ ކުޅުނު 187 މެޗުގެ ތެރެއިން އެއް މެޗެއްގައި ދެ ލަނޑު ޖެހި ފުރަތަމަ ފަހަރެވެ.

މި މޮޅާއެކު ޒަބީ އަލޮންސޯގެ އިރުޝާދުގެ ދަށުން ކުޅޭ ޗެލްސީން ވަނީ ލީގުގައި ޖެހިޖެހިގެން ދެވަނަ މޮޅު ހޯދައި، ވޭތުވެދިޔަ 23 މެޗަށްފަހު ފުރަތަމަ ފަހަރަށް ބައިކޮޅަށް ލަނޑެއް ވަނަނުދީ މެޗު ނިންމާލާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނެޓޯގެ ދެ ލަނޑާއެކު ޗެލްސީން އެވަޓަންގެ ބަލިނުވުމުގެ ސިލްސިލާ ނިމުމަކަށް ގެނެސްފިކުޅިވަރު | 11 ގަޑިއިރު ކުރިންޗެލްސީގެ ޑިފެންޑަރ ރީސް ޖޭމްސް 3 މަހަށް ކުޅުމާ ދުރަށްދާން ޖެހިއްޖެކުޅިވަރު | 2 ދުވަސް ކުރިންޗެލްސީއާއި އާސެނަލަށް މޮޅެއް، ޕޮއިންޓަކާއެކު ޔުނައިޓެޑް ދިޔައީ އަނެއްކާވެސް ޗޮކުންކުޅިވަރު | 7 ދުވަސް ކުރިންބްރެންޓްފޯްޑް އަތުންބަލިވެ ޗެލްސީ ތާވަލުގެ 7 ވަނައަށް ވެއްޓިއްޖެކުޅިވަރު | މަހެއް ކުރިން