ޗެލްސީގެ ޑިފެންޑަރ ރީސް ޖޭމްސް 3 މަހަށް ކުޅުމާ ދުރަށްދާން ޖެހިއްޖެ
16 އޮކްޓޯބަރު 2026 - 15:01

ޗެލްސީގެ ޑިފެންޑަރ ރީސް ޖޭމްސް 3 މަހަށް ކުޅުމާ ދުރަށްދާން ޖެހިއްޖެއެވެ.
ޖޭމްސް 3 މަހަށް ކުޅުމާ ދުރަށްދާން ޖެހުނީ އޭނާގެ ކަކުލުހުޅަށް ލިބުނު އަނިޔާއަކަށް ފަރުވާ ހޯދުމަށް އޮޕަރޭޝަނެއް ކުރަން ޖެހޭތީ ކަމަށް އެކްލަބުންވަނީ މަޢުލޫމާތުދީފައެވެ. ޖޭމްސްގެ ކަކުލު ހުޅަށް އަނިޔާވީ ޗެލްސީގެ ފަރިތަކުރުންތަކުގައި ކުރިޔަށް ގެންދިޔަ ޑްރިލް އެއްގެ ތެރެއިންނެވެ. ޗެލްސީގެ ސިއްޙީ ފަރުވާދޭ ފަރާތްތަކުން ބުނެފައިވަނީ ކުޅުމުގެ ތެރެއަށް ޖޭމްސް އެނބުރި އައުމަށް ހޭދަވާނެ ސީދާ މުއްދަތެއް ބުނަން ނޭނގޭ ކަމަށާއި މަދުވެގެން 3 މަސްދުވަސް ނަގާނޭ ކަމަށެވެ. 26 އަހަރުގެ ޖޭމްސްއަށް ލިބިފައިވާ އަނިޔާގެ ސަބަބުން އިންގްލެންޑްގެ ޤައުމީ ޓީމްގެ ގިނަ މެޗްތައްވެސް އޭނާއަށް އަންނަނީ ގެއްލެމުންނެވެ.
.png&w=750&q=75)
Ad by Hajj Corporation
އިނގިރޭސި ޕްރިމިއަރ ލީގުގައި ޗެލްސީ އެންމެ އަވަހަށް ނިކުންނަންޖެހޭނީ އެވަޓަންއާ ދެކޮޅަށެވެ. ތާވަލްގައި ޗެލްސީއަށް ކުރިޔަށް އޮތީ ވަރުގަދަ މެޗްތަކެކެވެ. އެގޮތުން އެވަޓަން މެޗަށްފަހު ދެން އެޓީމް ކުރިމަތިލާންޖެހޭނީ ޓޮޓްނަމްއާއި މެންޗެސްޓަރ ޔުނައިޓެޑާއެވެ.

-01.jpg&w=3840&q=75)
