logo
Bank of Maldives

Bank of Maldives

ކުޅިވަރު

ބޮޑާހޭކުން ކާމިޔާބު، ޖެކްސަން ބަޔާން އަށް ސޮއިކޮށްފި

އަބްދުﷲ ޣާނިމް
2 ސެޕްޓެމްބަރު 2025 - 03:03
ބޮޑާހޭކުން ކާމިޔާބު، ޖެކްސަން ބަޔާން އަށް ސޮއިކޮށްފި

ލޯނު އެއްބަސްވުމެއްގެ ދަށުން ބަޔާން މިއުނިކަށް ބަދަލުވުމުގެ މުއާމަލާތް ދެފަރާތުން އެއްބަސްވެ، މެޑިކަލް ހެދުމަށް ޗެލްސީގެ ފޯވާޑް ނިކޮލަސް ޖެކްސަން މިއުނިކް އަށް ދާން އެއާޕޯޓުގައި ހުއްޓާ، އެޑީލް ފަހުވަގުތު ކެންސަލް ކޮށް ކުޅުންތެރިޔާ އެނބުރި ކުލަބަށް އައުމަށް ޗެލްސީއިން އެންގުމުންވެސް އެކަމާ، ދެކޮޅުހަދައި މިއުނިކްގައި މަޑުކޮށް، ބަޔާން އަށް ބަދަލުވުމުގެ މަސައްކަތް ޖެކްސަން ކާމިޔާބުކޮށްފިއެވެ.

އޭނާ ބަޔާނަށް ބަދަލުވެފައިވަނީ ފުރަތަމަ ލޯނު އެއްބަސްވުމެއްގެ ދަށުން ކަމަށްވާއިރު، ވަކި އަދަދެއްގެ މެޗުތަކެއްގައި ކުޅުމުން 56.2 މިލިއަން ޕައުންޑަށް ދާއިމީކޮށް ގަތުމަށް ބަޔާން އަށް މަޖުބޫރުވާނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

Foshi thanmahchaa eku Munich gai enburi geyah annan engumaa eku Jackson bodaa haakan fashaifi | Mendhuru TvTikTokYouTubeInstagramXFacebook

Foshi thanmahchaa eku Munich gai enburi geyah annan engumaa eku Jackson bodaa haakan fashaifi | Mendhuru TvTikTokYouTubeInstagramXFacebook

 

މިސީޒަނުގެ ބާކީ އޮތް މުއްދަތަށް ޖެކްސަން ލޯނު އުސޫލުން ގެންދިއުމަށް ބަޔާން އިން ވަނީ 14.3 މިލިއަން ޕައުންޑް ދައްކަން އެއްބަސްވެފައެވެ.

2023 ވަނަ އަހަރު ވިލަރެއާލްއިން 32 މިލިއަން ޕައުންޑަށް ޗެލްސީއަށް ބަދަލުވި ޖެކްސަން ވަނީ 81 މެޗުގައި 30 ލަނޑު ޖަހާފައެވެ. ނަމަވެސް ފޯވާޑަކަށްވެހުރެ، މިދިޔަ ސީޒަނުގައި ދެ ފަހަރެއްގެ މަތިން ރަތް ކާޑު ލިބުމާއި، ކްލަބް ވޯލްޑް ކަޕްގައި ފްލަމެންގޯއާ ދެކޮޅަށް ކުޅުނު މެޗުގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ނިކުމެ ވަގުތުން ރަތް ކާޑު ހޯދުމާ ގުޅިގެން އޭނާއަށް ކޯޗް އެންޒޯ މަރެސްކާގެ އިތުބާރު ގެއްލުނު ކަމަށް ގިނަ ފަރާތްތަކުން ބުނެއެވެ.

ޗެންޕިއަންސް ލީގުގައި މި ސެޕްޓެމްބަރު 17 ވަނަ ދުވަހު މިއުނިކްގައި ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ޖެކްސަނަށް ޗެލްސީއާ ދެކޮޅަށް ކުޅެވޭނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޗެލްސީއިން އެލިފެންޓް ގަހުކުރިޔަށް އަރުވައިދީފިކުޅިވަރު | 12 ދުވަސް ކުރިންމޮރީނިއޯގެ ހޯމްކަމިން އަމިއްލަ ޓީމްމޭޓް ޚަރާބުކޮށްފިކުޅިވަރު | 16 ދުވަސް ކުރިންވޯލްޑް ޗެންޕިއަން ޕްރީމިއަރ ލީގުގައި މޮޅެއް ނުލިބި އެއް މަސް ހަމަކޮށްފިކުޅިވަރު | 19 ދުވަސް ކުރިންވޯލްޑް ޗެންޕިއަންކަމަށް ހެދިގެން އުޅުނު ޗެލްސީ ޔުނައިޓެޑުން ސައިޒަށް ކަނޑާލައިފިކުޅިވަރު | މަހެއް ކުރިން