logo
Bank of Maldives

Bank of Maldives

ކުޅިވަރު

އާސެނަލް ސަޕޯޓަރުންސަޕޯރޓްކުރިނަމަވެސް ޗެލްސީއިން ބުނީ ނޫނެކޭ، ސިޓީއަށް ފަސޭހަކަމާއެކު މެޗުދީފި

އަބްދުﷲ ޣާނިމް
13 އޭޕްރީލު 2026 - 05:21
އާސެނަލް ސަޕޯޓަރުންސަޕޯރޓްކުރިނަމަވެސް ޗެލްސީއިން ބުނީ ނޫނެކޭ، ސިޓީއަށް ފަސޭހަކަމާއެކު މެޗުދީފި

ޕްރިމިއާ ލީގުގައި ރޭ ކުޅުނު ފޯރިގަދަ މެޗުގައި ޗެލްސީގެ މައްޗަށް 3-0 ގެ ނަތީޖާއަކުން ކުރިހޯދައި، ތާވަލުގެ އެއްވަނައިގައި އޮތް އާސެނަލްއާ ދެމެދު އޮތް ފަރަގު މެންޗެސްޓަރ ސިޓީން ކުޑަކޮށްފިއެވެ. ސްޓެމްފޯޑް ބްރިޖުގައި ކުޅުނު މި މެޗުން މޮޅުވުމާއެކު، ސިޓީ މިވަނީ އާސެނަލްއާ ހަ ޕޮއިންޓަށް ގާތަށް ޖެހިލާފައެވެ. ރޭގެ މޗުގައި ތާވަލުގެ އެއްވަނައިގައި އޮތް ޗެލްސީގެ އެންމެ ބޮޑު އެއް ހަތުރުން ކަމަށްވާ އާސެނަލްގެ ސަޕޯޓަރުން ވަނީ ހިތާ ދެކޮޅަށް ޗެލްސީއަށް ސަޕޯރޓްކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީން ވަނީ ރަނގަޅު ކުޅުމެއް ދައްކައި ސިޓީގެ ގޯލަށް ނުރައްކާކޮށްފައެވެ. އެގޮތުން ކޯލް ޕާމާ އާއި ޔާއޯ ޕެޑްރޯއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވޭއިރު، މާކް ކުކުރެއްލާ ޖެހި ގޯލެއް ވަނީ އޮފްސައިޑްވުމުގެ ސަބަބުން ބަލައިނުގަނެފައެވެ. ނަމަވެސް ދެވަނަ ހާފުގައި ސިޓީން ވަނީ ކުޅުން ރަނގަޅުކޮށް މުޅި މެޗު ކޮންޓްރޯލް ކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސިޓީގެ ފުރަތަމަ ލަނޑު މެޗުގެ 51 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ރަޔާން ޗެރްކީ ނަގައިދިން ހުރަހަކުން އޯރައިލީއެވެ. އޭގެ ހަ މިނެޓު ފަހުން، ޗެރްކީ ތަނަވަސްކޮށްދިން ފުރުސަތެއްގައި މާކް ގުއޭހީ ވަނީ ސިޓީގެ ދެވަނަ ލަނޑު ޖަހައިދީފައެވެ. ސިޓީގެ ފަހު ލަނޑު 68 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މޮއިސަސް ކައިސޭޑޯ އަތުން ބޯޅަ ހޯދުމަށްފަހު ޖެރެމީ ޑޮކޫއެވެ.

މި މެޗުގައި އެންމެ ފާހަގަކޮށްލެވުނު ކުޅުންތެރިއަކީ ދެ އެސިސްޓް ކުރި ރަޔާން ޗެރްކީއެވެ. މިއީ މި ސީޒަނުގައި އޭނާ ލީގުގައި ހަމަކުރި 10 ވަނަ އެސިސްޓެވެ. މިއާއެކު އޭނާ ވެފައިވަނީ 2015-16 ވަނަ ސީޒަނުގައި ޑިމިޓްރީ ޕަޔެޓަށްފަހު، ޕްރިމިއާ ލީގުގައި ކުޅޭ ފުރަތަމަ ސީޒަނުގައި 10 އެސިސްޓް ހަމަކުރި ފުރަތަމަ ކުޅުންތެރިޔާއަށެވެ.

ޗެލްސީއަށް މި ނަތީޖާއާއެކު ކުރިމަތިވީ ވަރަށް ހިތްދަތި ތަފާސްހިސާބެކެވެ. މިއީ 1998 ވަނަ އަހަރުގެ ފަހުން ލީގުގައި ލަނޑެއް ނުޖެހި ޖެހިޖެހިގެން ތިން މެޗުން އެ ޓީމު ބަލިވި ފުރަތަމަ ފަހަރެވެ. މެޗުގެ ތަފާސްހިސާބުތަކަށް ބަލާއިރުވެސް ސިޓީން ވަނީ 18 ހަމަލާ އުފައްދާފައެވެ. ޗެލްސީއަށް އުފެއްދިފައިވަނީ 12 ހަމަލާއެވެ.

ލީގުގެ ރޭހުގައި ސިޓީއަށް މިހާރު ވަނީ ބޮޑު ފުރުސަތެއް ހުޅުވިފައެވެ. އަންނަ ހަފްތާގައި އިއްތިހާދު ސްޓޭޑިއަމްގައި އާސެނަލްއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެނަމަ، ސިޓީއަށް އާސެނަލްއާ ތިން ޕޮއިންޓަށް ގާތް ކުރެވޭނެއެވެ. އަދި ސިޓީއަށް އާސެނަލްއަށްވުރެ އިތުރަށް އެއް މެޗު ކުޅެން އޮތުމަކީ އެ ޓީމަށް ލިބޭ ބޮޑު އެޑްވާންޓޭޖެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އާސެނަލް ސަޕޯޓަރުންސަޕޯރޓްކުރިނަމަވެސް ޗެލްސީއިން ބުނީ ނޫނެކޭ، ސިޓީއަށް ފަސޭހަކަމާއެކު މެޗުދީފިކުޅިވަރު | 2 ގަޑިއިރު ކުރިންޗެލްސީ ޖެހިޖެހިގެން ހަތަރު މެޗުން ބަލިވުމުގެ ހުރިހާ ރުޅިގަނޑެއް ތިންވަނަ ޑިވިޝަނުގެ ރެލިގޭޝަން ކުލަބަކަށްކުޅިވަރު | 8 ދުވަސް ކުރިންމެޑްރިޑްއަށް އޮތް ލޯބި ހާމަކުރުމާއެކު ޗެލްސީގެ ވައިސްކެޕްޓަން ސަސްޕެންޑްކޮށްފިކުޅިވަރު | 10 ދުވަސް ކުރިންސިޓީ ދޫކޮށް ރެއާލް އަށް ގޮސްފާނެކަމުގެ ބިރަށްޓަކައި ރޮޑްރީއަށް ބޮޑު މުސާރައެއް ހުށަހަޅައިފިކުޅިވަރު | 10 ދުވަސް ކުރިން