logo
ޚަބަރު

ނައިބު ރައީސް ހުސައިން ދަތުރުފުޅު ކުރެއްވި ފްލައިޓުން ބޮމެއް އޮތްކަމުގެ އިންޒާރު!

މުހައްމަދު މޫސާމުހައްމަދު މޫސާ
27 މޭ 2025 - 14:24
ނައިބު ރައީސް ހުސައިން ދަތުރުފުޅު ކުރެއްވި ފްލައިޓުން ބޮމެއް އޮތްކަމުގެ އިންޒާރު!

ރާއްޖޭގެ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދަތުރުފުޅު ކުރެއްވި މަތިންދާބޯޓެއްގައި ބޮމެއް އޮތް ކަމުގެ އިންޒާރު ލިބިގެން ކުއްލި ހާލަތުގައި އެހެން ގައުމަކަށް ބޯޓު ޖައްސައި، އެ މަނިކުފާނު އެހެން ފްލައިޓެއްގައި ވަޑައިގެންފި އެވެ.

ބޭރުގެ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މީގެ 6 ދުވަސް ކުރިން މިދިޔަ އަންގާރަ ދުވަހު އެވެ. ނައިބު ރައީސް ހުސައިން ދަތުރުފުޅު ކުރައްވަން އޮތް 'ޔުނައިޓެޑް އެއަރލައިންސް' ގެ ފުލައިޓް އެމަރޖެންސީކޮށް ޖެއްސީ މިދިޔަ އަންގާރަ ދުވަހު ހޮނޮލުލު އިން ލޮސް އެންޖަލަސްއަށް ދަތުރު ފެށިފަހުން އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ހާދިސާ ހިނގީ ބްލޫ ޕްލެނެޓް އެލަޔަންސްގެ ހާއްސަ ދައުވަތަކަށް ނައިބު ރައީސް ހަވާއީއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި ރާއްޖެ އަށް ވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅުގަ އެވެ.

ޔުނައިޓެޑް އެއަރލައިންސްގެ ތަރުޖަމާނަކު މީޑީއާ އަށް މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ފްލައިޓުގެ ފާހަނައިގެ ލޯގަނޑުގައި ބޮމެއް އޮތްކަމުގެ ލިޔުމެއް ފެނުމާ ގުޅިގެން "ސަލާމަތީ ކަންބޮޑުވުން ކުރިމަތިވެދާނެ" ކަމަށް ބުނެ ބޮއިންގް 777 އެނބުރި އެއާޕޯޓަށް ޖައްސާފައިވެއެވެ. އެއަރލައިންގެ ބަޔާނުގައި ބުނެފައިވަނީ ގާނޫނު ތަންފީޒުކުރާ ފަރާތްތަކުން އެ މަތިންދާބޯޓަށް އަރައި، ސެކިއުރިޓީ ސްވީޕް ކުރިއަށް ގެންދިޔަ ކަމަށެވެ.

އެ ބޯޓުގައި 339 ފަސިންޖަރުންނާއި 10 ކުރޫން ތިއްބެވެ. ބޭރުގެ މީޑިއާތަކުން ބުނެފައިވަނީ ބޯޓުން ދަތުރުކުރި މީހުން ވަރަށް ގިނައިރުވަންދެން އެއަރޕޯޓުގައި މަޑުކުރަންޖެހުނު ކަމަށެވެ. އެނގިފައިވާ ގޮތުގައި ބޮމުގެ އިންޒާރާ އަނބުރާ ފްލައިޓު ޖެއްސުމުން ނައިބު ރައީސް ހުސައިން ދެން ވަޑައިގަތީ އެހެން ފްލައިޓެއްގައެވެ.

މި މައްސަލަ އެމެރިކާގެ އެފްބީއައި އިން ވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އޭދަފުށީ ކަޕް ފުޓުބޯޅަ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ބައިވެރިވެވަޑައިގެންފިޚަބަރު | 2 ގަޑިއިރު ކުރިންޙަޟާރަތްތަކާ ގުޅޭގޮތުން ބާއްވާ ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ޗައިނާއަށްޚަބަރު | 2 މަސް ކުރިންދަރަނީގެ މައްސަލަތައް ހައްލު ކުރުމަށް ބައިނަލްއަޤުވާމީ އެހީތެރިކަން މުޙިއްމު - ނައިބު ރައީސް ޚަބަރު | 2 މަސް ކުރިންދެމެހެއްޓެނިވި ތަރައްޤީ ހާސިލުކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ދަރަނި: ނައިބު ރައީސްޚަބަރު | 2 މަސް ކުރިން