ބަޔަކަށް ހުވަހަންދޫ ދޭން ޑީލެއް ނުހަދަން، ދައުރުވަނީ ދޮގު ވާހަކަތަކެއް: ދަނޑުވެރިކަމާއި ބެހޭ ވުޒާރާ

ހއ. ހުވަހަންދޫ --- ފޮޓޯ: އިހަވަންދޫ. ކޮމް

28 މޭ 2025 - 05:35
"އަޑި ނޭނގޭ" ޑީލެއްގެ ދަށުން ހއ. ހުވަހަންދޫ ބަޔަކަށް ނުދޭ ކަމަށާއި، އެ ރަށް ބަޔަކަށް ދިން ކަމަށް ބުނެ ފަތުރަނީ ޙަޤީގަތާ ޚިލާފު ވާހަކަތަކެއް ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ ބުނެފިއެވެ.
އެ ވުޒާރާއިން އެފަދައިން ބުނީ، 7 މެއި 2025 ގައި ރާއްޖޭގެ ނޫހެއް ކަމުގައިވާ "ރާއްޖެ އެމްވީ" އިން، " އަޑި ނޭނގޭ ޑީލެއްގެ ދަށުން ހއ. ހުވަހަންދޫ ބަޔަކަށް ދީފި " މި ސުރުޚީގެ ދަށުން އެ ވުޒާރާ އާ ގުޅޭގޮތުން ޝާއިއުކޮށްފައިވާ ޚަބަރާ ގުޅިގެން، މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ. އެގޮތުން އެ ލިޔުމުގައި ވާ ގޮތުން، އެ ވުޒާރާއިން ވަނީ ހއ. ހުވަހަންދޫ، ދަނޑުވެރިކަމަށް ކޭޑީ އެންޓްރަޕްރައިސަސް ނަމަކަށް ކިޔާ ކުންފުންޏަކަށް ދީފައެވެ.
އެކަންކަން ދޮގުކުރަމުން އެ ބަޔާނުގައި އެ ވުޒާރާއިން ބުނީ، އެ ނޫހުން ޝާއިއުކޮށްފައިވާ ލިޔުމުގައި އެ ވުޒާރާ އާއި އެ ވުޒާރާގެ ވަޒީރު، ޑރ. މަރިޔަމް މާރިޔާއާ ގުޅޭ ގޮތުން ދޮގު ގިނަ މައުލޫމާތުތަކެއް ހިމަނާފައިވާތ،ީ އެކަމާއި މެދު ކަންބޮޑުވާ ކަމަށެވެ. އަދި މިހާތަނަށް ދަނޑުވެރިކަމަށް ރާއްޖޭގެ އެއްވެސް ރަށެއް އެ ވުޒާރާގެ ފަރާތުން ދޫކޮށްފައި ނުވާނެކަމުގެ ޔަގީންކަން ވެސް އެ ވުޒާރާއިން ވަނީ ދީފައެވެ.
މީގެއިތުރުން "އިންޓަރގްރޭޓެޑް އެގްރިކަލްޗަރ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް" ގެ ނަމުގައި ދަނޑުވެރިކަން ކުރުމަށް ހއ. ހުވަހަންދޫ ދޫކުރި އެއްބަސްވުމުގައި ސޮއިކޮށް ރަށް ހަވާލު ކޮށްދެއްވީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ކަމަށް އެ ލިޔުމުގައި ބަޔާންކޮށްފައިވާއިރު، އެވުޒާރާގެ ދަށުން އެކުލަވާލާ އެފަދަ އެއްބަސްވުންތަކުގައި އާންމު އުސޫލުގެ މަތިން ސޮއިކުރައްވަނީ ވަޒީރު ނޫންކަން އެވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ. އަދި އެފަދަ އެއްބަސްވުމެއްގައި ވަޒީރު ޑރ. މަރްޔަމް މާރިޔާ ސޮއިކުރައްވައިފައިނުވާނެ ކަމުގެ ޔަގީންކަން ވެސް ވަނީ އެ ވުޒާރާއިން ވަނީ ދީފައެވެ.
އަދި، އެ ލިޔުމުގައި ހިމަނާފައިވާ ފޮޓޯ އަކ،ީ އުސޫލުގެ ތެރެއިން މެންބަރުންނާ ބައްދަލުކުރައްވަން ދެއްވާ ފުރުސަތުގެ ތެރެއިނ،ް ހއ. ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުޙައްމަދުގެ އެދިވަޑައިގަތުމަށް ދެއްވި ފުރުސަތުގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން ނަގާފައިވާ ފޮޓޯއެއް ކަމަށާއި، އެފަދަ ބައްދަލުވުންތަކުގައި އަތޮޅާއި މުޅި ރާއްޖޭގެ ތަރައްގީއަށް ހުންނަ ޚިޔާލުތައް ދާއިރާތަކުގެ މެންބަރުން އާންމު އުސޫލުގެ މަތިން ހުށަހަޅުއްވާ ކަމަށް އެ ވުޒާރާއިން ބުންޏެވެ.
އެގޮތުން މެންބަރު ލަތީފްގެ މި ހުށަހެޅުއްވުމަކީ ވެސް އެފަދަ ހުށަހެޅުއްވުމަކަށް ވާއިރު، މި ހުށަހެޅުއްވުމުގައި ހުރި އެއްވެސް ކަމަކާ ގުޅޭގޮތުން މިވުޒާރާގައި މަޝްވަރާކުރެވި ގޮތެއް ނިންމާފައި ނުވާނެ ކަމަށް ވެސް އެ ވުޒާރާއިން ބުންޏެވެ.
ހއ. ހުވަހަންދޫ އަކީ ވަގުތީގޮތުން އެރަށް ބެހެލެއްޓުމަށް އެއަތޮޅުގެ އަތޮޅު ކައުންސިލާ، ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ޙަވާލުކޮށްފައިވާ ރަށެކެވެ. އެވުޒާރާއިން ރަށްތައް ކުއްޔަށް ދޫކުރަނީ ވަކި ގަވައިދަކާއި އުސޫލެއްގެމަތިން ކަމަށާއި އެފަދަ ނިންމުމެއް އެ ވުޒާރާއިން ނިންމާ ނަމަ، އުސޫލުތަކާއި ޚިލާފަށް އެއްވެސް ކަމެއް ނުކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން ވެސް ވަނީ އެ ވުޒާރާއިން ވަނީ ދީފައެވެ.
އިތުރު ލިޔުންތައް

ގްރީންހައުސް އިނީޝިއޭޓިވް ފުޅާކުރުމަށް އިތުރު ފަސް ރަށެއް ބައިވެރިވެއްޖެ
10 މަސް ކުރިން
ދަނޑުވެރިކަމުގައި ކެމިކަލް ބޭނުންކުރުން މަދުކޮށް، ގުދުރަތީ ގޮތްތައް ބޭނުންކުރަން ވަޒީރުގެ ލަފާފުޅު
5 މަސް ކުރިން
އިފާޑްގެ ގަވާނިން ކައުންސިލް މީޓިންގައި ބައިވެރިވެވަޑައިނެވުމަށް ވަޒީރު މާރިޔާ އިޓަލީއަށް
5 މަސް ކުރިން