logoEN
ޚަބަރު

މިދިޔަ އަހަރަށްވުރެ ހަރަކާތްތައް މަދުކޮށް، މި އަހަރުގެ އެކްޓިވިޓީ ކަލަންޑަރު ނެރެފި

އާމިނަތު ސަފާއާމިނަތު ސަފާ

28 މޭ 2025 - 10:31

މިދިޔަ އަހަރަށްވުރެ 22 ހަރަކާތެއް މަދުކޮށް، މި އަހަރުގެ ދިރާސީ އެކުޓިވިޓީ ކަލަންޑަރު ނެރެފިއެވެ.

މިދިޔަ ދިރާސީ އަހަރު އެކްޓިވިޓީ ކަލަންޑަރުގައި ހިމަނާފައި ވަނީ 91 ހަރަކާތެކެވެ. މި އަހަރުގެ ދިރާސީ އެކްޓިވިޓި ކަލަންޑަރުގައި ހިމާނާފައި ވަނީ 69 ހަރަކާތެކެވެ.

އެޕްރީލް މަހުގެ 24 ވަނަ ދުވަހު ނެރުނު އެކްޓިވިޓި ކަލަންޑަރުގައި، ދިރާސީ އަހަރު ހިންގާނެ ހަރަކާތްތައް ބަހާލާފައި ވަނީ މައިގަނޑު ތިން ބަޔަކަށެވެ. އެއީ ކުޅިވަރާއި ސޯޝަލް ޑިވެލޮޕްމަންޓާއި ސިވިލްވެލިއު އެކްޓިވިޓީތަކެވެ.

މި އަހަރުގެ އެކްޓިވިޓީ ކަލަންޑަރުގައި ސްކޫލްތައް ވާދަކުރާ 24 ކުޅިވަރަކަށް ޖާގަދީފައިވެއެވެ. މިދިޔަ އަހަރެ ކަލަންޑަރުގައި ހިމަނާފައި ވަނީ 33 ކުޅިވަރު ހަރަކާތެކެވެ.

އިންޓަރލެކްޝުއަލް ސޯޝަލް ޑިވެލޮޕްމަންޓް އެކްޓިވިޓީސްގެ ގޮތުގައި 20 ހަރަކާތެއް މި އަހަރު ހިންގަން ކަނޑައަޅާފައިވެއެވެ. އެއީ މިދިޔަ އަހަރުގެ ކަލަންޑަރުގައި ހިމަނާފައިވަނީ 34 ހަރަކާތެކެވެ.

ސިވިލް ވެލިއު އެކްޓިވިޓީސްގެ ގޮތުގައި 25 ހަރަކާތެއް ހިންގަން ހިމަނާފައިވާއިރު، މިދިޔަ އަހަރުގެ ކަލަންޑަރުގައި ހިމަނާފައި ވަނީ 24 ހަރަކާތެކެވެ.

އެކްޓިވިޓީ ކަލަންޑަރުގައި އެކުލަވާލާފައިވާ ގޮތުން މަހެއްގެ ތެރޭގައި އެންމެ ގިނަ ވެގެން ވެސް ކުރިއަށް ގެންދާނީ ހަތަރު ހަރަކާތެވެ.

އެކްޓިވިޓީ ކަލަންޑަރު ނެރުމުގެ ކުރިން އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ގިނަ ބައެއްގެ ޚިޔާލާއި މަޝްވަރާ ހޯދާފއެވެ. 90 އަށްވުރެ ގިނަ ބައިވެރިން ހިމަނައިގެން ޚާއްޞަ ބައްދަލުވުންތަކެއް ވެސް ކުރިއަށް ގެންގޮސްފައެވެ.

އެ ބައްދަލުވުމުގައި އެޑިޔުކޭޝަން މިނިސްޓަރު ވިދާޅުވެފައި ވަނީ، އިތުރު ހަރަކާތްތައް ރޭވޭ ގޮތުން ކުދިންގެ ކިޔެވުމަށް އޭގެ އަސަރުކުރާ ކަމަށެވެ. އެކްޓިވީޓީ ކަލަންޑަރުގައި ހިމަނައިގެން ސަތޭކައެއްހާ ހަރަކާތް ހިންގާތީ އެއީ މާ ގިނަ އަދަދެއްކަން މިނިސްޓަރު ވަނީ މީގެ ކުރިން ފާހަގަކޮށްފައެވެ.

ކޮމެންޓް

871x217_placeholder