logo
E-Platinum
ޚަބަރު

ބީއެމްއެލްގެ އަމާޒުހުރީ ސަރަހައްދީ އެންމެ ރަނގަޅު ޑިޖިޓަލް ބޭންކަށް ވުމަށް

އާމިނަތު ޝަފާ
29 މޭ 2025 - 09:45
ބީއެމްއެލްގެ އަމާޒުހުރީ ސަރަހައްދީ އެންމެ ރަނގަޅު ޑިޖިޓަލް ބޭންކަށް ވުމަށް

ބޭންކް އޮފް މޯލްޑިވްސްގެ އަމާޒުހުރީ ސަރަހައްދީ އެންމެ ރަނގަޅު ޑިޖިޓަލް ބޭންކަށް ވުމަށްކަމަށް ބޭންކުގެ ސީއީއޯ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ކާމިޔާބު މާލީ އަހަރަކަށްފަހު ރޭ ބޭއްވި އަހަރީ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުން ޝަރީފް ވަނީ ބޭންކުގެ ހަރުދަނާ މާލީ ނަތީޖާއަށާއި ޑިޖިޓަލް ޚިދުމަތްތަކުގެ ކާމިޔާބީއަށާއި މުޖުތަމަޢުތަކަށް ބޭންކުން ދޭ މާލީ އެހީތެރިކަމާ ބެހޭ ގޮތުން އަލިއަޅުއްވާލައްވަފިއެވެ.

ބޭންކުގެ މާލީ ހާލަތާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ 2024 ވަނަ އަހަރު ބޭންކުން ޓެކުހަށް ކެނޑުމަށް ފަހު ހޯދި 2.25 ބިލިއަން ރުފިޔާގެ ސާފު ފައިދާއަކީ މިހާތަނަށް ލިބުނު އެންމެ ބޮޑު އަދަދުކަމަށެވެ. މިއީ ކުރީ އަހަރާ އަޅައިބަލާއިރު 8 އިންސައްތައިގެ ކުރިއެރުމެކަން ފާހަގަކުރައްވަމުން މިދިޔަ އަހަރު ޖުމްލަ އެސެޓް ހުރީ 48 ބިލިއަން ރުފިޔާއަށްވުރެ މަތީގައިކަން ޝަރީފް ވަނީ ފާހަގަކުރައްވާފައެވެ.

" ކަސްޓަމަރުންގެ ޑިޕޮސިޓް 32 ބިލިއަންގައި ހުރި އިރު މިއީ ހުރިހާ ބޭންކެއްގައި ޖަމާކޮށްފައިވާ ޖުމްލަ އަދަދުގެ 58 އިންސައްތަ. މިކަމުން ދޭހަކޮށްދެނީ ކަސްޓަމަރުން ބީއެމްއެލް ކުރައްވާ އިތުބާރު".

ބޭންކުގެ ކެޕިޓަލް އެޑިކުއެސީ ރޭޝިއޯ ހުރީ 58 އިންސައްތައިގައިކަމަށާއި މިއީ ގާނޫނީ ގޮތުން ލާޒިމްކުރާ މިންގަނޑަށްވުރެ މަތީ އަދަދެއްކަމަށާއި މި އަދަދުތަކުން ބޭންކުގެ ހަރުދަނާ މާލީ ހާލަތު ހާމަކޮށްދޭކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް އިތުރަށް ފާހަގަކުރެއްވި ގޮތުގައި ބޭންކުގެ ޑިޖިޓަލް ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ކުރެވެމުންދާ އިންވެސްޓްމަންޓްތަކުގެ ނަތީޖާއަކީ ރާއްޖޭގެ މާލީ ސިނާއަތުގައި ޚިދުމަތުގެ މިންގަނޑު ކަނޑައެޅުމެވެ.

 

"މިހާރު ބޭންކުގެ މާލީ މުއާމަލާތްތަކުގެ 99 އިންސައްތަ ހިންގަނީ އަޅުގަނޑުމެންގެ ޑިޖިޓަލް ޗެނަލްތައް މެދުވެރިކޮށް. މިއީ 220 މިލިއަނަށްވުރެ ގިނަ މުއާމަލާތް".

 

މި މުއާމަލާތްތަކުގެ އަދަދު 540 ބިލިއަނަށްވުރެ މަތިކަމަށާއި މަސައްކަތް ކުރަމުން މިދަނީ މި ސަރަހައްއްދުގެ އެންމެ ރަނގަޅު ޑިޖިޓަލް ބޭންކަށް ވުމުގެ ލަނޑުދަނޑިހާސިލުކުރުމަށްކަމަށް ޝަރީފް ވިދާޅުވިއެވެ.

" އަޅުގަނޑުމެންގެ ޑިޖިޓަލް ޚިދުމަތްތައް ފުޅާކުރުމަށް ވަރަށް ފަހި ފުރުސަތުތަކެއް އެބަހުރ.ި ބޭންކް އޮފް މޯލްޑިވްސްގައި މަސައްކަތްކުރާ ޓީމަކ،ީ އަބަދުވެސް އަޅުގަނޑުމެންގެ އެންމެ މުހިންމު ރައުސުލްމާލު. ބޭންކަށް ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި އަޅުގަނޑުމެންގެ ވަފާތެރި މުވައްޒަފުންނާމެދު އަޅުގަނޑުމެން ފަޚުރުވެރިވަން. އެ މުވައްޒަފުންގެ ވަފާތެރިކަމާއ،ި ބުރަ މަސައްކަތުން ކޮންމެ ދުވަހަކުވެސް ބޭންކު ކުރިއަށް މިދަނީ ބާރު ދުވެލީގައި".

ބީއެމްއެލްގެ މުވައްޒަފުންގެ ކުރިއެރުމަށް އިންވެސްޓްކުރުމުން ކަސްޓަމަރުންނަށް އެންމެ ފުރިހަމަ ޚިދުމަތެއްފޯރުކޮށްދިނުމަށް އިތުރު ބާރުވެރިކަމެއް ލިބިގެންދާނެކަމަށް ޝަރީފް ވިދާޅުވިއެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބާސްކެޓްބޯޅަ ކުރިއެރުވުމަށް ބީއެމްއެލް އިން އެމްބީއޭއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިޚަބަރު | ދުވަހެއް ކުރިންއެސްޑީއެފްސީ ގަތުމުގެ މުއާމަލާތް ހިންގަމުންދަނީ ގާނޫނާއި ގަވާއިދާ އެއްގޮތަށް: ބީއެމްއެލްޚަބަރު | 8 ދުވަސް ކުރިންބީއެމްއެލްގެ ބޭންކް ފަންޑް ލިބޭ 5 ޖަމްޢިއްޔާ ހޮވައިފިޚަބަރު | 10 ދުވަސް ކުރިންއެމްއެސްއެމްއީ ދާއިރާއަކީ އިގްތިސާދީ ކުރިއެރުމަށް މުހިންމު ދައުރެއް އަދާކުރާ ދާއިރާއެއް : ޝަރީފްޚަބަރު | 11 ދުވަސް ކުރިން