logo
E-Platinum
ޚަބަރު

ބީއެމްއެލްގެ ބޭންކް ފަންޑް ލިބޭ 5 ޖަމްޢިއްޔާ ހޮވައިފި

އާމިނަތު ޝަފާ
21 ޖުލައި 2025 - 07:22
ބީއެމްއެލްގެ ބޭންކް ފަންޑް ލިބޭ 5 ޖަމްޢިއްޔާ ހޮވައިފި


ބޭންކް އޮފް މޯލްޑިވްސް އިން މިއަހަރުގެ ބޭންކް ފަންޑް ލިބޭ ޖަމިއްޔާތައް ހޮވައިފިއެވެ. މުޖުތަމައުގެ ތަރައްގީއާއި ކުރިއެރުމަށް ދެމެހެއްޓެނިވި ޕްރޮޖެކްޓްތައް ހިންގާ ޖަމިއްޔާ ޖަމާއަތްތަކަށް ހާއްސަކޮށްގެން ބޭންކް ފަންޑް ތައާރަފްކުރީ މިދިޔަ އަހަރުއެވެ.

މި އަހަރު ބޭންކް ފަންޑް ލިބޭ ޖަމިއްޔާތަކަކީ:

• ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސް: ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސްގެ ކްލިނިކެއް ހުޅުމާލޭގައި ގާއިމުކޮށް، ބަލިން ރައްކާތެރިވުމާއި، ކުރިއާލައި ބަލި ދެނެގަތުމާއި ހަކުރުބަލި މެނޭޖްކުރުމުގެ ޚިދުމަތްތަކަށް ގިނަ ބަޔަކަށް ފަސޭހައިން ވާސިލުވެވޭނެ ގޮތަށް ޚިދުމަތް ފުޅާކުރުން.

• ޔުނައިޓެޑް އިސްލާމިކް ސޮސައިޓީ: ދަރިވަރުންގެ ޑިޖިޓަލް މީޑިއާ ހުނަރު ކުރިއެރުވުމަށް، ދ. ކުޑަހުވަދޫގައި ހުންނަ ދ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ޒަމާނީ މަލްޓި މީޑިއާ ސްޓޫޑިއޯއެއް ގާއިމުކޮށް މިހާރުވެސް ހިންގަމުންދާ މީޑިއާ ކްލަބްގެ ހިންގުން އިތުރަށް ހަރުދަނާކުރުން.

• ފައުންޑޭޝަން ފޯ އޭދަފުށި ޔޫތް ލިންކޭޖް (ފޭލި): ވޮކޭޝަނަލް އަދި ކްރިއޭޓިވް ސްކިލްސް ތަރައްގީކުރުމަށް އޭދަފުށީގައި ހުންނަ ބ. އަތޮޅު ތައުލީމީ މަރުކަޒުގައި އިންޓެގްރޭޓެޑް ދެ ލެބެއް ގާއިމުކުރުމަށް.

• މޯލްޑިވިއަން ނަރސަސް އެސޯސިއޭޝަން: ހުޅުމާލެ ފޭސް 2 ގައި ދިރިއުޅޭ ފަރާތްތަކަށް ނަފްސާނީ ބަލިތަކަށް ޚާއްސަ ޚިދުމަތެއް ތައާރަފްކޮށް ނަފްސާނީ ބަލި އެންމެ ބޮޑަށް ތަހައްމަލުކުރަމުންދާ ފަރާތްތަކަށް ބޭނުންވާ އެހީއަށް ފަސޭހައިން ވާސިލުވެވޭނެ ޚިދުމަތެއް ގާއިމުކުރުން.

• ޓައިނީ ހާރޓްސް މޯލްޑިވްސް: ހިތުގެ ދުޅަހެޔޮކަމާއި ޖިސްމާނީ ދުޅަހެޔޮކަން ޕްރޮމޯޓް ކުރުމަށް ޑިޖިޓަލް ވަސީލަތްތަކުގެ ހަބެއް ގާއިމުކުރުން.

 

ބޭންކް ފަންޑަކީ ތަޢުލީމު، ތިމާވެށި، ކުޅިވަރު އަދި މުޖުތަމަޢު ކުރިއެރުވުމަށް މަޝްރޫޢުތައް ހިންގުމަށް ބޭންކު ފަންޑަށް އެދި ހުށަހަޅާ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ތެރެއިން ހޮވާލާ ކޮންމެ ޖަމްޢިއްޔާއަކަށް 200،000 ރުފިޔާގެ ހިލޭ އެހީ ލިބޭ ފަންޑެކެވެ. މުޖުތަމަޢުގެ ތަރައްޤީއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ މަޝްރޫޢުތަކަށް ބޭންކުން މުހިންމު އަހައްމިއްޔަތުކަމެއް ދެއެވެ.

 

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބާސްކެޓްބޯޅަ ކުރިއެރުވުމަށް ބީއެމްއެލް އިން އެމްބީއޭއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިޚަބަރު | ދުވަހެއް ކުރިންއެސްޑީއެފްސީ ގަތުމުގެ މުއާމަލާތް ހިންގަމުންދަނީ ގާނޫނާއި ގަވާއިދާ އެއްގޮތަށް: ބީއެމްއެލްޚަބަރު | 8 ދުވަސް ކުރިންބީއެމްއެލްގެ ބޭންކް ފަންޑް ލިބޭ 5 ޖަމްޢިއްޔާ ހޮވައިފިޚަބަރު | 11 ދުވަސް ކުރިންއެމްއެސްއެމްއީ ދާއިރާއަކީ އިގްތިސާދީ ކުރިއެރުމަށް މުހިންމު ދައުރެއް އަދާކުރާ ދާއިރާއެއް : ޝަރީފްޚަބަރު | 11 ދުވަސް ކުރިން