logo
E-Platinum
ޚަބަރު

އެސްޑީއެފްސީ ގަތުމުގެ މުއާމަލާތް ހިންގަމުންދަނީ ގާނޫނާއި ގަވާއިދާ އެއްގޮތަށް: ބީއެމްއެލް

އާމިނަތު ޝަފާ
23 ޖުލައި 2025 - 16:58
ބީއެމްއ
ބީއެމްއ

އެސްޑީއެފްސީ ގަތުމުގެ މުއާމަލާތް ހިންގަމުންދަނީ ގާނޫނާއި ގަވާއިދާ އެއްގޮތަށްކަމަށް ބީއެމްއެލްއިން ބުނެފިއެވެ.

ބީއެމްއެލްއިން ނެރުނު ބަޔާނެއްގައި ބުނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް އުފައްދާފައިވާ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގައި އޮންނަ ސަރުކާރުގެ ހިއްސާ ގަތުމުގެ ޝައުގުވެރިކަން ފާޅުކޮށް، ބޭންކް އޮފް މޯލްޑިވްސްއިން ސަރުކާރުގައި އެދިފައިވާނެކަމަށެވެ. މި ހުށަހެޅުމަށް ރިއާޔަތްކޮށް، އެސްޑީއެފްސީގައި އޮންނަ ސަރުކާރުގެ ހިއްސާ ވިއްކައިލެއްވުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައިކަން ބޭންކުންވަނީ ފާހަގަކޮށްފައެވެ.


ބޭންކް އޮފް މޯލްޑިވްސް އިން އެސްޑީއެފްސީ ގަތުމުގެ މުޢާމަލާތްތައް ކުރިއަށް ގެންދާނީ ބޭންކިންގ ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހުގައިކަމަށާއި ބޭންކުން މިހާރު މިވަނީ މި މަރުހަލާތައް ކުރިއަށް ގެންދިޔުމުގެ މަސައްކަތް ފަށާފައިކަމަށް ބީއެމްއެލްގެ ބަޔާނުގައިވެއެވެ.

 

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އެސްޑީއެފްސީ ގަތުމުގައި އަމަލުކޮށްފައިވަނީ ގަވާއިދާ އެއްގޮތަށްކަން މަރުކަޒީ ބޭންކް- އެމްއެމްއޭއިން ވެސް ވަނީ ހާމަކޮށްފައެވެ.

 

އެމްއެމްއޭއިން ބުނީ ބޭންކް އޮފް މޯލްޑިވްސް އިން އެސްޑީއެފްސީ ގަތުމަށް ހުށަހަޅާ މުޢާމަލާތާ ގުޅޭ ގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ލިބިފައިވާ މައުލޫމާތަށް ބިނާކޮށް އެ އޮތޯރިޓީގެ އާއްމު އުސޫލުތަކާ އެއްގޮތަށް މި މުޢާމަލާތް ހިންގުމުގައި އަމަލު ކުރަންޖެހޭ އިޖުރާއަތްތަކަށް ބޭންކުން އަމަލުކުރިތޯ ވަނީ ބަލާފައިކަމަށެވެ. އަދި އެ އޮތޯރިޓީން، ބޭންކް އޮފް މޯލްޑިވްސް އިން އެސްޑީއެފްސީ ގަތުމަށް ކުރަމުންދާ މަސައްކަތްތަކަކީ ދިވެހިރާއްޖޭގެ ބޭންކިންގ ޤާނޫނާއި ޚިލާފަށް ކޮށްފައިވާ މަސައްކަތްތަކެއް ކަމަށް ކަނޑައަޅާފައި ނުވާނެކަމަށާއި އަދި ބީއެމްއެލް އިން އެ އޮތޯރީޓިއަށް ހިއްސާކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، މި ވިޔަފާރީގެ މުޢާމަލާތުގެ ހުރިހާކަމެއްވެސް ކުރިޔަށް ގެންދާނީ ކަމާގުޅޭ ގާނޫނުތަކާއި، ޤަވާއިދުތައް އަދި އިޖުރާއަތްތަކާ އެއްގޮތްވާ ގޮތުގެ މަތީންކަމަށް ބީއެމްއެލްއިން ވަނީ އެ އޮތޯރިޓީއަށް ޔަގީންކަން ދީފައިކަމަށް މަރުކަޒީ ބޭންކުން މައުލޫމާތުދެއެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބާސްކެޓްބޯޅަ ކުރިއެރުވުމަށް ބީއެމްއެލް އިން އެމްބީއޭއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިޚަބަރު | 2 ދުވަސް ކުރިންއެސްޑީއެފްސީ ގަތުމުގެ މުއާމަލާތް ހިންގަމުންދަނީ ގާނޫނާއި ގަވާއިދާ އެއްގޮތަށް: ބީއެމްއެލްޚަބަރު | 9 ދުވަސް ކުރިންބީއެމްއެލްގެ ބޭންކް ފަންޑް ލިބޭ 5 ޖަމްޢިއްޔާ ހޮވައިފިޚަބަރު | 11 ދުވަސް ކުރިންއެމްއެސްއެމްއީ ދާއިރާއަކީ އިގްތިސާދީ ކުރިއެރުމަށް މުހިންމު ދައުރެއް އަދާކުރާ ދާއިރާއެއް : ޝަރީފްޚަބަރު | 11 ދުވަސް ކުރިން