logo
E-Platinum
ޚަބަރު

އިހުސާސްކުރެވޭ ހޫނުމިން 47 ޑިގްރީއަށް، ހައްޖުވެރިން ސަމާލުވުމަށް އިލްތިމާސްކޮށްފި

އާމިނަތު ޝަފާ
30 މޭ 2025 - 04:26
އިހުސާސްކުރެވޭ ހޫނުމިން 47 ޑިގްރީއަށް، ހައްޖުވެރިން ސަމާލުވުމަށް އިލްތިމާސްކޮށްފި

މިއަހަރުގެ ޙައްޖު މޫސުމުގައި މައްކާ އަދި މަދީނާގެ އިހުސާސްކުރެވޭ ހޫނުމިން 47 ޑިގްރީ ސެލްސިއަސްއަށް އަރައި ހައްޖުވެރިން ސަމާލުވުމަށް ސަޢޫދީ ޢަރަބިއްޔާގެ ހައްޖު ވުޒާރާއިން އިލްތިމާސްކުރައްވައިފިއެވެ.

ވުޒާރާއިން ނެރުނު ބަޔާނުގައި ބުނީ ދުވާލުގެ ވަގުތުތަކުގައި މައްކާ އަދި މަދީނާގެ އިހުސާސްކުރެވޭ ހޫނުމިން 40 ޑިގްރީ ސެލްސިއަސްއާއި 47 ޑިގްރީ ސެލްސިއަސްއާ ދެމެދުގައި ހުންނާނެކަމަށް ލަފާކުރެވޭ ކަމަށާއި ހޫނުމިން އެންމެ ދަށްވާނެކަމަށް ލަފާކުރެވެނީ 27 ޑިގްރީ ސެލްސިއަސްއާއި 32 ޑިގްރީ ސެލްސިއަސްއާ ދެމެދުގެ މިންވަރަކަށްކަމަށެވެ. އެންމެ ހޫނު ގަދަވާ ވަގުތުތަކުގައި ހޫނުމިން 70 ޑިގްރީ ސެލްސިއަސް އަރާނެކަމަށް ވަނީ ލަފާކޮށްފައެވެ.

ނަމަވެސް ހައްޖުމަހުގެ 8 ވަނަ ދުވަހުން 13 ވަނަ ދުވަހާ ހަމައަށް ޠާއިފުގެ ބައެއް ސަރަހައްދުތަކަށް ވިއްސާރަވާނެކަމަށް ލަފާކޮށް މި ވިއްސާރަ މައްކާއަށް ވެސް ފޯރާފާނެކަމަށް ލަފާކުރެވޭކަމަށް ވުޒާރާއިން ބުނެއެވެ.

މައްކާ އަދި މަދީނާއަށް ހޫނު ގަދަވުމާ ގުޅިގެން ޙައްޖުވެރިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި، ފެން ގިނައިން ބުއިމަށާއި، ރަސްމީ ފަރާތްތަކުން ދޭ މޫސުމީ އިރުޝާދުތަކަށް ސަމާލުވުމަށް ވުޒާރާއިންވަނީ އިލްތިމާސްކޮށްފައެވެ.

ހޫނު ގަދަވުމުގެ ސަބަބުން ޖަމްރާތައް ބަންދުކޮށްފައިވާކަމަށް މައުލޫމާތު ލިބޭއިރު ގަދަ ހޫނުގެ ސަބަބުން އުރުދުންގެ 14 މީހަކު ސްޓްރޯކެއްޖެހިގެން ނިޔާވެފައިވާކަމަށްވެސް މައުލޫމާތުލިބެއެވެ.

ހުސްވި 2024 ވަނަ އަހަރު ގަދަހޫނުގެ ސަބަބުން 1300 އަށް ވުރެ ގިނަ ހައްޖުވެރިން ވަނީ ނިޔާވެފައެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިވެހި ޙައްޖުވެރިންގެ 3ވަނަ ގުރޫޕު ރާއްޖެ އައިސްފި ޚަބަރު | މަހެއް ކުރިންހައްޖުވެރިންގެ ފުރަތަމަ ގުރޫޕް ރާއްޖެ އަތުވެއްޖެ ޚަބަރު | 2 މަސް ކުރިންހައްޖުވެރިން ބަލާ ވީހާވެސް މަދުބަޔަކު އެއާޕޯޓަށް ދިއުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފިޚަބަރު | 2 މަސް ކުރިންޙައްޖުގައި ތިބޭ މުއްދަތު ކުރުކޮށްލިކަމަށް ބުނާ ވާހަކަތަކަކީ ދޮގެއް: ޝަހީމްޚަބަރު | 2 މަސް ކުރިން