logo
MPL

MPL

ޚަބަރު

ޢުމްރާ ވިސާގައި ސައުދީއަށް ވަދެވޭ މުއްދަތު ކުޑަކުރަނީ

އައިޝަތު ނަޝާ
2 ނޮވެމްބަރު 2025 - 12:17
ޢުމްރާ ވިސާގައި ސައުދީއަށް ވަދެވޭ މުއްދަތު ކުޑަކުރަނީ

ސައުދީ އަރަބިއްޔާއިން އުމްރާވެރިންނަށް ދޫކުރާ ވިސާގެ ދަށުން އެ ގައުމަށް އެތެރެވާން ލިބޭ މުއްދަތު ތިން މަހުން އެއް މަހަށް ކުރުކުރުމަށް އެ ޤައުމުން ނިންމައިފިއެވެ.

ސަޢުދީ ގެޒެޓުގައި ހާމަކޮށްފައިވާ ގޮތުުގައި، ފާއިތުވި ޖޫން މަހު ފެށުނު ޢުމްރާ މޫސުމުގައި ދޫކުރި ވިސާގެ އަދަދު ނިމުނު ޢުމްރާ މޫސުމާ އަޅާބަލާއިރު ވަރަށް ބޮޑަށް އިތުރުވެ ހަތަރު މިލިއަނަށް އެރުމާ ގުޅިގެން ސައުދީގެ ޙައްޖާއި ޢުމްރާއާ ބެހޭ ވުޒާރާއިން ޢުމްރާގެ ވިސާއާ ގުޅުންހުރި ޤަވާއިދަށް އިސްލާހުތަކެއް ގެނައުމަށް ވަނީ ނިންމާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ވުޒާރާއިން ޢުމްރާގެ ވިސާގެ އުސޫލަށް ގެންނަ ބަދަލުތަކުގެ ތެރޭގައި، ސަޢުދީން ޢުމްރާއަށް ދޫކުރާ ވިސާގެ ތެރެއިން އެންޓްރީ ވިސާގެ މުއްދަތު އެއް މަސް ދުވަހަަށް ކުރުކުރަން ނިންމާފައިވެއެވެ. އެހެންކަމުން އެ ވިސާ ލިބޭތާ އެއް މަސްދުވަހުގެ ތެރޭގައި ސައުދީއަށް އެތެރެވުން ލާޒިމުވާނެ އެވެ.

ސަޢުދީއަށް އެތެރެވުމަށް ލިބޭ މުއްދަތު ކުރުކުރި ނަމަވެސް، ސަޢުދީއަށް އެތެރެވުމަށްފަހު އެ ޤައުމުގައި ޢުމްރާގެ އަޅުކަން އަދާކުރުމަށް ކުރިއެކޭ އެއްގޮތަށް ތިން މަސްދުވަހު މަޑުކުރެވޭނެ އެވެ.

ނޭޝަނަލް ކޮމިޓީ ފޯ ޢުމްރާ އެންޑް ވިޒިޓްގެ އެޑްވައިޒަރު އަޙުމަދު ބާޖާއިފަރު ވިދާޅުވި ގޮތުގައި، އެ ބަދަލުތައް ގެނައީ މި ސީޒަންގައި ޢުމްރާވެރިންގެ އަދަދު އިތުރުވާނެ ކަމަށް ލަފާކުރެވޭތީ، ޤައުމަށް ވަނުމުގެ ކަންކަން އަމާން އޮމާންކަމާ އެކު ކުރިއަށް ގެންދިއުމުގެ އިތުރުން، ދެ ޙަރަމްފުޅުގައި ދިމާވާނެ ތޮއްޖެހުން ހުއްޓުވުމަށްޓަކަ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިއަހަރު ހައްޖަށް ދިޔަ ހުރިހާ ހައްޖުވެރިން ރާއްޖެ އަތުވެއްޖެޚަބަރު | 2 މަސް ކުރިންޙައްޖުވެރިންގެ ދެވަނަ ގްރޫޕް ރާއްޖެ އަތުވެއްޖެޚަބަރު | 2 މަސް ކުރިންދިވެހި ހާޖީން ޢަރަފާތް ބިމަށް ވަދެއްޖެޚަބަރު | 3 މަސް ކުރިންހައްޖުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް އޭއައި އާއެކު ގިނަ ފިޔަވަޅުތަކެއް އަޅައިފިޚަބަރު | 3 މަސް ކުރިން