logo
ޚަބަރު

102 ބިދޭސީން ޗެކްކޮށް، 25 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އަޙްމަދު ޒަލީފް
31 މޭ 2025 - 11:14
102 ބިދޭސީން ޗެކްކޮށް، 25 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

މާލޭގައި ޤަވާއިދާ ޚިލާފަށް ދިރިއުޅެމުންދިޔަ 25 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ، މި މީހުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ޤަވާއިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީން ހޯދުމަށް ޓާސްކް ފޯސްއިން ކުރިއަށްގެންދާ އޮޕަރޭޝަންތަކުގެ ތެރެއިންކަމަށެވެ. މިދިޔަ ބުރާސްފަތި ދުވަހު ހިންގި މި އޮޕަރޭޝަންގައި އިމިގްރޭޝަނުން ވަނީ 2 ތަނެއް ބަލައި ފާސްކޮށް 102 ބިދޭސީން ޗެކްކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އްޖޭގެ ޤަވާއިދާއި ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެ ތެރޭގައި ޤަވާއިދާއި ޚިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީން ޑީޕޯޓް ކުރުމާއިއެކު ނިޒާމުގެ ތެރެއަށް ވަންނަން ބޭނުންވާ ބިދޭސީންނަށް، އެ ފުރުސަތުވެސް ދަނީ ފަހިކޮށްދެއްމުންނެވެ.

މީގެ އިތުރުން އޮޕަރޭޝަން ކުރަނގި ނަމުގައި ރާއްޖޭގައި އުޅޭ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ކޮށްފައެވެ. މި މަސައްކަތުގެ ތެރެއިން މިހާތަނަށް އެއް ލައްކަ ފަންސާސްހާހަށްވުރެ ގިނަ ބިދޭސީންގެ މަޢުލޫމާތު ވަނީ އެއްކޮށްފައެވެ.

މި އޮޕަރޭޝަންގައި ހެންވޭރުގައި ހުންނަ ގެއަކުން 7 ބިދޭސީންނާއި، މާފަންނު ހަވީރީ ގޯޅީގައި ހުންނަ ގެއަކުން 18 ބިދޭސީންނާއެކު ޖުމްލަ 25 ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މިއީ ސައްހަ ލިޔެކިޔުމެއް ނެތި ރާއްޖޭގައި ދިރިއުޅެމުންދިޔުމުގެ ސަބަބުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ބައެއްކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.

އިމިގްރޭޝަނުން ވަނީ މި ރެއިޑް އޮޕަރޭޝަންގެ މަންޒަރުތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. އެގޮތުން އެތަނުގެ ޙާލަތު ހުރިގޮތް އިމިގްރޭޝަނުގެ ވީޑިއޯއިން ފެނިގެންދެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޤަވާއިދާ ޚިލާފުވި 25 ބިދޭސީއަކު އަތުލައިގެންފި ޚަބަރު | މަހެއް ކުރިންމިދިޔަ މަހުގެ ނިޔަލަށް 7600 އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފިޚަބަރު | 2 މަސް ކުރިންހުޅުމާލޭގައި ޤަވާއިދާ ޚިލާފަށް ވިޔަފާރިކުރަމުން ދިޔަ 15 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށްޚަބަރު | 2 މަސް ކުރިންބިދޭސީން ރެކްރޫޓްކުރާ އެޖެންސީތައް ރަޖިސްޓަރީކުރާކަން ކަށަވަރުކުރާނަން: ހޯމް މިނިސްޓަރުޚަބަރު | 3 މަސް ކުރިން