logoEN
ޚަބަރު

މި އަހަރުގެ ބޮޑު އީދުގައި ޖުމްލަ 65 ރަށެއްގައި އީދު ލައިޓް ދިއްލާނެ: އާދަމް ޝަރީފް

އާމިނަތު ސަފާއާމިނަތު ސަފާ

01 ޖޫން 2025 - 11:17

މި އަހަރުގެ ބޮޑު އީދުގައި ޖުމްލަ 65 ރަށެއްގައި އީދު ލައިޓް ދިއްލާނެކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ވަޒީރު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ މިއަހަރުގެ ބޮޑު ޢީދުގައި، މިދިޔަ އަހަރު ޢީދު ލައިޓް ފޮނުވި 29 ރަށާއި މިއަހަރު ޢީދު ލައިޓް ފޮނުވި 36 ރަށުގައި، ޖުމްލަ 65 ރަށުގައި ޢީދުލައިޓް ދިއްލާނެކަމަށް ބެލެވޭކަމަށެވެ.މީގެ އިތުރުންން ޢީދު ފާހަގަކުރާއިރު އިސްލާމީ ގިއުގަނޑުގެތެރޭގައި ޢީދު ފާހަގަ ކުރުމަށް ވަޒީރުވަނީ އިލްތިމާސްކުރައްވާފައެވެ.

އީދު އަލިން މާލެ ސަރަހައްދު އެންމެ ފުރަތަމަ ދިއްލާލީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރުކަމުގައި ހުންނެވި ދުސްވަރުގައެވެ. އޭގެ ފަހުން ވެރިކަމާ ހަވާލުވެވަޑައިގެން ރައީސް ވަނީ އީދު ފާހަގަކުރުމަށް ކުރިއަށްގެންދާ ހަރަކާތެއްގެ ގޮތުގައި "އީދު އަލި" މާލޭގެ އިތުރުން އެހެން ބައެއް ރަށްތަކުގައި ވެސް ކުރިއަށް ގެންދަވައިފައެވެ.

ކޮމެންޓް

871x217_placeholder