ކަރަންޓް ނުލިބޭ ސަރަހައްދުތަކަށް ކަރަންޓް ދިނުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް އެބަކުރަން: ތޯރިގް


01 ޖޫން 2025 - 11:54
މާލެ، ހުޅުމާލެ އަދި ހުޅުލޭގައި ކަރަންޓު ކެނޑުމާ ގުޅިގެން، ކަރަންޓުގެ ޚިދުމަތް އަނބުރާ ދިނުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް މިހާރު ދަނީ ކުރަމުންކަމަށް މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ތޯރިގް އިބްރާހީމް މިއަދު ވިދާޅުވެއްޖެ،އެވެ.
މިއަދު މެންދުރެއްހާއިރު މާލެ، ހުޅުމާލެ އަދި ހުޅުލެއިން ކަރަންޓް ކެނޑުނެވެ. މި މައްސަލަ ހައްލުކޮށް މާލޭގެ ބޮޑު ބަޔަކަށް މިހާރު ވަނީ ކަރަންޓް ދީފައެވެ.
މިކަމާއި ގުޅިގެން މިނިސްޓިސްޓަރ ތޯރިގް ވިދާޅުވީ، މިވަގުތު އެންމެ އިސް އަމާޒަކީ ކަރަންޓު ނުލިބޭ ސަރަހައްދުތަކަށް ވީ އެންމެ އަވަހަކަށް ޚިދުމަތް އަނބުރާ ދިނުން ކަމަށެވެ. އަދި މި މައްސަލަ ދިމާވި ސަބަބު ދެނެގަތުމަށް ފުޅާ ދާއިރާއެއްގައި ދިރާސާތަކެއް ކުރަމުން ދާކަމަށް ވެސް ވިދާޅުވިއެވެ.
ތޯރިގް ވިދާޅުވިގޮތުގައި މީގެ އިތުރުން، ކުރިއަށް އޮތްތަނުގައި މިފަދަ މައްސަލަތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ވެސް ސަރުކާރުން ވަނީ މަސައްކަނީ މަސައްކަތް ފަށާފައެވެ.
"އަޅުގަނޑުމެން މިހާރު ވަނީ ދިގު މުއްދަތުގެ ހައްލެއް ހޯދުމަށް ބޭނުންވާ އިންތިޒާމުތައް ރޭވުމުގެ މަސައްކަތް ފަށާފައެވެ." މިނިސްްޓަރު ވިދާޅުވިއެވެ.
މި ހާދިސާއާ ގުޅިގެން، މާލެ އަދި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް މިނިސްޓަރ ތޯރިގް އިތުރަށް ވިދާޅުވީ،މިނިސްޓަރ ތޯރިގް ވަނީ މަޢާފަށް އެދިވަޑައިގެންފައެވެ.
އިތުރު ލިޔުންތައް

މޫސުމީ ހާދިސާތަކުގެ ސަބަބުން ދިވެހި ރައްޔިތުންގެ ވުޖޫދަށް ވަނީ ނުރައްކާވެފައި- ވަޒީރު
9 މަސް ކުރިން
ހައިވޭގައި ޖަހާފައިވާ ސޯލާ ޕެނަލްތައް ބަދަލުކުރުމުގެ މަޝްވަރާތައް ދަނީ ކުރިއަށް - މިނިސްޓަރ
8 މަސް ކުރިން