logo
Bank of Maldives

Bank of Maldives

ޚަބަރު

ޑިޖިޓަލް ޓެކްނޮލޮޖީގެ ފައިދާ ކޮންމެ ރައްޔިތަކަށްވެސް ކުރު މުއްދަތެއްގެ ތެރޭގައި ލިބޭނެ: އިހުސާން

އާމިނަތު ޝަފާ
2 ޖޫން 2025 - 06:37
ޑިޖިޓަލް ޓެކްނޮލޮޖީގެ ފައިދާ ކޮންމެ ރައްޔިތަކަށްވެސް ކުރު މުއްދަތެއްގެ ތެރޭގައި ލިބޭނެ: އިހުސާން

ޑިޖިޓަލް ޓެކްނޮލޮޖީގެ ފައިދާ ކޮންމެ ރައްޔިތަކަށްވެސް ކުރު މުއްދަތެއްގެ ތެރޭގައި ލިބޭނެ މަގު ފަހިކުރުމަށް ސަރުކާރުން މިހާރު މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

އޭޝިޔާ ޕެސިފިކް ރީޖަންގެ އިންފޮމޭޝަން ކޮމިޔުނިކޭޝަން ވަޒީރުންގެ ބައްދަލުވުމުގައި ތަޤުރީރުކުރައްވަމުން ވަޒީރު ވަނީ ޑިޖިޓަލް ޓެކްނޮލޮޖީގެ ފައިދާ ކޮންމެ ރައްޔިތަކަށްވެސް ކުރު މުއްދަތެއްގެ ތެރޭގައި ލިބޭނެ މަގު ފަހިކުރުމަށް ސަރުކާރުން މިހާރު މަސައްކަތްކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާ މި ކަންކަން ފަހިކުރުމުގައި ކޮންމެ ޤައުމަކަށްވެސް މިހާރު އޮތް އެންމެ ބޮޑު އެއް ދައްޗަކީ ޓެކްނޮލޮޖީގެ ބޭނުން ބައެއް މީހުން ނަހަމަ ގޮތުގައި ހިފުން ކަމަށް ވިދާޅުވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން ސައިބަރ ކުށްތައްކޮށް، އެތައް ބައެއްގެ ފައިސާއާއި ކުންފުނިތަކުގެ މުހިންމު މަޢުލޫމާތު އަތުލައި، ނަހަމަ ކަންކަން ކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވަނީ ސައިބަރ ކުށްތައް ހިންގާ މީހުންނާމެދު ފިޔަވަޅު އެޅުމަށް ހަރުދަނާ ސިޔާސަތުތަކާއި ޤާނޫނުތައްވެސް އެކުލަވާލަންޖެހޭ ކަމަށާއި އަދި ސައިބަރ ކުށްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި ސަރަހައްދީ ޤައުމުތައް ގުޅިގެން މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ.

މީގެ އިތުރުން ވަޒީރު ވަނީ ޓެކްނޮލޮޖީ ބޭނުންކުރުމަށް ދިވެހި ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދޭކަން ފާހަގަކުރައްވާ ޓެކްނޮލޮޖީ އާއި އިނޮވޭޝަންގެ ފައިދާތައް ދެނެގަނެ، ޑިޖިޓަލް އިންފްރާސްޓްރަކްޗަރގެ ބޭނުން ހިފުމަށްޓަކައި، ޑިޖިޓަލް ޓްރާންސްފޯމޭޝަނަށް ފޯކަސް ކުރަމުން ގެންދާވާ ކަމަށްވެސް ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ "ޑިޖިޓަލް ފަސްޓް ނޭޝަން" ސިޔާސަތު ވަނީ މިދިޔަ މަހު އިފްތިތާޙުކޮށްފައި. "މޯލްޑިވްސް 2.0"އަކީ ރައީސްގެ އަމާޒުކަމުގައިވާ ޑިޖިޓަލް ޓްރާންސްފޮމޭޝަނެއް ގެނައުމަށް ސަރުކާރުން ދޭ ޚިދުމަތްތަކާއި އިޤުތިޞާދީ ކުރިއެރުމާއި ޢާންމު ޚިދުމަތްތަކާއި ފުރުޞަތުތަކާއި މުހިންމު މަޢުލޫމާތު ޑިޖިޓަލް ވަޞީލަތްތަކުގެ އެހީތެރިކަމާއެކު ދިވެހި ރައްޔިތުންނަށް ފޯރުކޮށްދިނުން. ވަޒީރު

ވަޒީރު ވަނީ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ބޭނުންކުރުމަށް އަހަންމިއްޔަތުކަން ދެމުން ދިޔަ ނަމަވެސް ޑިޖިޓަލް ސެކިއުރިޓީއަކީ އެންމެންނަށް ވެސް ކުރިމަތިވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއްކަންވެސް ފާހަގަކުރައްވާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޑިޖިޓަލް ޓެކްނޮލޮޖީގެ ފައިދާ ކޮންމެ ރައްޔިތަކަށްވެސް ކުރު މުއްދަތެއްގެ ތެރޭގައި ލިބޭނެ: އިހުސާން ޚަބަރު | 7 މަސް ކުރިންބައޯމެޓްރިކްސް އަދާހަމަނުކުރާ ފަރާތްތައް އާދިއްތަ ދުވަހުން ފެށިގެން ސިސްޓަމުން ބްލޮކްކުރަނީ ޚަބަރު | 8 މަސް ކުރިން