logo
ޚަބަރު

ދިވެހިރާއްޖެއިން އދ. ގެ އާންމު މަޖިލީހުގެ 80 ވަނަ ސެޝަންގެ ނައިބު ރައީސްކަން ކާމިޔާބުކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
2 ޖޫން 2025 - 18:11
ރާއްޖެއިން އދ. ގެ އާންމު މަޖިލީހުގެ 80 ވަނަ ސެޝަންގެ ނައިބު ރައީސްކަން ކާމިޔާބުކޮށްފި

ދިވެހިރާއްޖެއިން އދ.ގެ އާންމު މަޖިލީހުގެ 80 ވަނަ ސެޝަންގެ ނައިބު ރައީސްކަމުގެ އިންތިޚާބީ ގޮނޑިއެއް ކާމިޔާބުކޮށްފިއެވެ.

މި އިންތިޚާބު ބޭއްވުނީ ހޯމަ ދުވަހު ނިއުޔޯކުގައި ހުންނަ އދ.ގެ މައި މަރުކަޒުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އދ.ގެ އާންމު މަޖިލީހުގެ ކޮންމެ ސެޝަނަކަށް އޭޝިއާ ޕެސިފިކް ގުރޫޕުގެ ތެރެއިން ފަސް ނައިބު ރައީސުން އިންތިޚާބުކުރެއެވެ. މި މަޤާމަށް ދިވެހިރާއްޖެއިން ކުރިމަތިލީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 22 ވަނަ ދުވަހުއެވެ. މި މަޤާމުގެ ދައުރަކީ އެއް އަހަރު ދުވަހެވެ.

މި ކާމިޔާބީއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ، މިއަހަރުގެ ސެޕްޓެމްބަރު މަހު ފެށޭ އދ.ގެ އާންމު މަޖިލީހުގެ 80 ވަނަ ސެޝަން ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް ދިވެހިރާއްޖެއިން އެހެން ޤައުމުތަކާ ގުޅިގެން މަސައްކަތްކުރާނެ ކަމަށެވެ. އަދި އދ. މެންބަރު ޤައުމަކަށް ވިތާ މިއަހަރަށް 60 އަހަރު ފުރޭއިރު، ޤައުމުތައް ގުޅިގެން މަސައްކަތްކުރުމަށް ޤާއިމުކޮށްފައިވާ މި ނިޒާމު ވަރުގަދަކުރުމަށް ދިވެހިރާއްޖެއިން މެދުކެނޑުމެއްނެތި މަސައްކަތްކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

 

 

ދިވެހި ޚާރިޖިއްޔާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، މި ފުރުސަތު ލިބިގެންދިއުމަކީ އދ.ގައި ރާއްޖޭގެ ހަރަކާތްތެރިވުން އިތުރުކުރެވި، ރާއްޖެފަދަ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުން އިސް ދައުރެއް އަދާކުރެވިދާނެކަން ދެއްކޭނެ ގޮތެއް ކަމަށެވެ. އަދި މި މަޤާމުގެ ސަބަބުން ދިވެހި ޚާރިޖިއްޔާގެ އޮފިސަރުންނަށް އަގުނުކުރެވޭފަދަ ތަޖުރިބާތަކެއް ލިބިގެންދާނެ ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ޚާރިޖީ ވުޒާރާއިން ވިދާޅުވީ، މިމަޤާމާއެކު އދ.ގެ "ޖެނެރަލް ކޮމިޓީ"ގެ ބައްދަލުވުންތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބި، އާންމު މަޖިލީހުގެ އެތެރޭގެ މަސައްކަތްތައް ރަނގަޅަށް ދެނެގަނެވި، އެހެން މެންބަރު ޤައުމުތަކާއެކު ގާތް ގުޅުމެއް އުފައްދައި، "ޖެނެރަލް ކޮމިޓީ"ގެ ނިންމުންތައް ބައްޓަން ކުރުމަށް ބާރުއެޅުމަށް ދިވެހިރާއްޖެއިން އަޒުމު ކަނޑައަޅާފައިވާ ކަމަށެވެ.

އަދި މިއިންތިޚާބު ދިވެހިރާއްޖެއިން ކާމިޔާބުކޮށްފައިވަނީ އެއްވެސް ޚަރަދަކާއި ނުލައި ކަމަށް އެވުޒާރާއިން ވިދާޅުވިއެވެ. މިއީ މި ސަރުކާރު ހަވާލުވުމަށްފަހު ބައިނަލްއަގްވާމީގޮތުން ހޯދި ބޮޑު ޝަރަފެކެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖެއާއި ޗައިނާއާ ދެމެދު 11 އެއްބަސްވުމެެއްގައި ސޮއިކޮށްފި ޚަބަރު | 10 ގަޑިއިރު ކުރިންޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ސެކްރެޓަރީ އޮފް ދަ ސެންޓްރަލް ކޮމިޝަނާއާ ރައީސް ބައްދަލުކުރައްވައިފިޚަބަރު | 12 ގަޑިއިރު ކުރިންރާއްޖެއާއި އަޒަރުބައިޖާނާ ދެމެދު އިންވެސްޓުމަންޓުގެ ފުރުސަތުތައް އިތުރުކުރުމަށް މަޝްވަރާކޮށްފި ޚަބަރު | 16 ގަޑިއިރު ކުރިންނިންމުންތައް ނިންމުމުގެ މަރުޙަލާގައި ތަރައްޤީވަމުން އަންނަ ޤައުމުތައް ހިމެނުއްވުމަށް ގޮވާލައްވައިފިޚަބަރު | ދުވަހެއް ކުރިން