logo
E-Platinum
ޚަބަރު

ދިވެހި ހުރިހާ ޙައްޖުވެރިން މިހާރު ތިބީ ޢަރަފާތުގައި

އާމިނަތު ޝަފާ
5 ޖޫން 2025 - 04:44
ދިވެހި ހުރިހާ ޙައްޖުވެރިން މިހާރު ތިބީ ޢަރަފާތުގައި

ދިވެހި ހުރިހާ ޙައްޖުވެރިން ޢަރަފާތު ބިމަށް ގޮސްފިއެވެ.

ޙައްޖުވެރިން ޢަރަފާތު ބިމަށް ދިއުމަށް ދަތުރުފަށާފައިވަނީ ރޭގެ ވަގުތެއްގައެވެ. އެގޮތުން މައްކާ ގަޑިން 3:30 ވީއިރު ދިވެހި ހުރިހާ ޙައްޖުވެރިންނަށް ޢަރަފާތު ޓެންޓުތަކާއިހަމައަށް ވާސިލްވެވިފައިވާކަމަށް ހައްޖު މިޝަނުން މަޢުލޫމާތު ދެއްވައެވެ.

ދިވެހި ޙައްޖުވެރިންގެ ޙާލު ޖުމްލަ ގޮތެއްގައި ރަނގަޅުކަމަށާއި ހައްޖުވެރިން މިއަދު ވަގުތުތައް ހޭދަކުރާނީ ޢަރަފާތުގައި ޤާއިމްކޮށްފައިވާ ޓެންޓުތަކުގައިކަމަށް ޙައްޖު މިޝަންއިން ވިދާާޅުވިއެވެ.

ޙައްޖުމަހުގެ 09 ވަނަ ދުވަހުގެ މެންދުރުފަހުން ޢަރަފާތުގައި މަޑުކުރުމަކީ ޙައްޖުގެ އެންމެ މުހިންމު ރުކުނެވެ. އެ ބިމަށް އެދުވަހު އިރުއޮއްސުމުގެ ކުރިން ނުދެވޭ މީހުންނަށް ޙައްޖު ނުލިބޭނެއެވެ.

ޢަރަފާތަށް ދިޔުމަށްފަހު ޙައްޖުވެރިން މުޒްދަލިފާގައި ރޭކުރާނެއެވެ. މުޒްދަލިފާގައި ރޭކުރުމަށްފަހު ބޮޑުޖަމްރާއަށް ހިލައުކުން ކުރިއަށްގެންދިޔުމަށްފަހު ދެން އޮންނާނީ ހަދްޔު ކަތިލުމެވެ. އެއަށްފަހު މިނާގައި ރޭކުރުމަށްފަހު، ތިން ޖަމްރާއަށް ހިލައުކުމަށްފަހު ޙައްޖުވެރިން ދެން ދާނީ ޠަވާފުލްއިފާޟާކުރުމާއި ޞަފާ ފަރުބަދައާއި މަރްވާ ފަރުބަދައާދެމެދު ސަޢުޔުކުރުމަށެވެ. ޙައްޖުވެރިންގެ އެންމެ ފަހުކަމެއްގެ ގޮތުގައި ކުރިއަށްގެންދާނީ ވަދާޢުގެ ޠަވާފުކޮށް ޙައްޖުގެ އަޅުކަން އަދާކޮށް ނިންމުމެވެ.

މިއަހަރު ދިވެހިރާއްޖެއިން 1000 މީހުން ވަނީ ޙައްޖުގެ މަތިވެރި އަޅުކަމަށް ގޮސްފައެވެ. ހުރިހާ ޙައްޖުވެރިންވެސް ގޮސްފައިވަނީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފޭސް 2 ގައި އިމާރާތްކުރާ މިސްކިތުގެ މަސައްކަތް އަވަސް ކުރުމަށް އެސް.ޖޭއާއެކު މަޝްވަރާކޮށްފިޚަބަރު | 21 ދުވަސް ކުރިންޙައްޖާއި ޢުމްރާގެ މައުލޫމާތު ފޯރުކޮށްދިނުމަށް ޚާއްޞަ އެޕެއް ނެރެފިޚަބަރު | 24 ދުވަސް ކުރިންޙައްޖުވެރީން ފުރަތަމަ ފަހަރަށް ހައި އިސްޕީޑް ރޭލުގައި މަދީނާއަށް!ޚަބަރު | މަހެއް ކުރިންޙައްޖުވެރީން އެނބުރި މާލެ އައުން މި މަހުގެ 13، 14، 16، 17ގައި!ޚަބަރު | މަހެއް ކުރިން