މޯލްޑީވިއަންގެ ފްލީޓަށް 5 ވަނަ އޭޓީއާރު މަތިންދާބޯޓު ގެންނަނީ
6 ޖޫން 2025 - 14:19

މޯލްޑިވިއަންގެ 5 ވަނަ އޭޓީއާރު މަތިންދާބޯޓު ރާއްޖެ އައުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މޯލްޑިވިއަން އިން ބުނެ ފި އެވެ
މޯލްޑިވިއަނުން މިއަދު ބުނީ އެކުންފުނީގެ 5 ވަނައޭޓީއާރި މަތިންދާ ބޯޓު ފްރާންސްގެ ޓޫލޫޒް އިން ރާއްޖެއައުމަށް ދަތުރު ފަށާފައިވާ ކަމަށެވެ. މި ބޯޓަކީ އޭޓީއާރު 600-42 މަރުކާގެ ބޯޓެކެވެ. އެ ބޯޓު ރާއްޖެ އަންނާނެ ސީދާ ދާރީހެއް މޯލްޑީވިއަން އިން ނުދެ އެވެ. ރާއްޖެ އަށް އައުމުގެ ކުރިން އެ ބޯޓު ގްރީސްގެ ހެރަކްލިއަން އާއި އިތުރު ދެ މަންޒިލަކަށް ޖައްސާނެ ކަމަށް އެކުންފުނިން ބުނެ އެވެ.
މޯލްޑީވިއަން އަށް އެންމެ ފުރަތަމަ ގެނައި އޭޓީއާރު ގެނައީ ޖެނުއަރީ 2023 ގަ އެވެ. އަދި އޭގެ ފަހުން އިތުރު ދެ ބޯޓު ގެ ނަ އެވެ.
މޯލްޑިވިއަނުން މި ފަހުން ވެސް ވަނީ އެއާ ބަސް އޭ 330-200 މަރުކާގެ ބޯޓެއް ގެނެސްފައެވެ. އެ ބޯޓަކީ މޯލްޑިވިއަންގެ ތާރީޚުގައި ވެސް ގެނައި ވައިޑް ބޮޑީ ފުރަތަމަ ބޯޓެވެ.
މި ވައިޑް-ބޮޑީ މަތިންދާބޯޓުގެ އޮޕަރޭޝަންތައް ފުރަތަމަ ފަށާފައިވަނީ ޗައިނާގެ ތިން މަންޒިލަކަށެވެ.
މި ބޯޓުތައް ގެންނަނީ މޯލްޑިވިއަންގެ ބައިނަލްއަގުވާމީ ދަތުރުތައް ފުޅާކުރުމުގެ ގޮތުންނެވެ.