logoEN
ޚަބަރު

ސެއިޚް ފަރީދު ކުއްލިގޮތަކަށް އަވަހާރަވެއްޖެ

މުހައްމަދު މޫސާމުހައްމަދު މޫސާ

09 ޖޫން 2025 - 15:40

ރާއްޖޭގެމަޝްހޫރު ދީނީ އިލްމުވެރިއެއް ކަމުގައިވާ ޝެއިޚް އިބްރާހީމް ފަރީދު މިއަދު މެލޭޝިއާގައި ކުއްލި ގޮތަކަށް އަވަހާރަވެއްޖެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޝެއިޚް ފަރީދު އަވަހާރަވެފައިވަނީ މިއަދު މެލޭޝިއާގެ އެއަރޕޯޓުގައި ހުންނަވަނިކޮށެވެ.

ޝެއިޚް ފަރީދު މެލޭޝިއާއަށް ވަޑައިގެންނެވީ މިއަދު ކަމަށް އެނގިފައިވެއެވެ. އެ ޤައުމުގައި އޮތް ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް ވަޑައިގެންނެވި ޝެއިޚް ފަރީދު، އެއަރޕޯޓުގައި ހުންނަވަނިކޮށް ވެއްޓިވަޑައިގަތުމާ ގުޅިގެން އަވަސް ފަރުވާ ދެވުނު ނަމަވެސް، އިރުކޮޅެއްގެ ތެރޭގައި އަވަހާރަވެފައިވާ ކަމަށް ވެއެވެ.

ޝެއިޚް ފަރީދަކީ ދީނީ ދަރުސް ދެއްވުމާއި، ދީނާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުކުރެއްވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާގެ ދަރުސްތަކަކީ ވަރަށް ގިނަ ބައެއްގެ މަޤްބޫލުކަން ލިބިފައިވާ ދަރުސްތަކެކެވެ.

މީގެ އިތުރުން، އިސްލާހީ ހަރަކާތުގައި ވެސް އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި ބޭފުޅެއްގެ ގޮތުގައި ޝެއިޚް ފަރީދު ފާހަގަކުރެވެއެވެ.

ކޮމެންޓް

871x217_placeholder