logo
Bank of Maldives

Bank of Maldives

ޚަބަރު

ޤައުމުތަކުން ކުރާ މަސްވެރި ކަމަށް ދިމާވާ ގޮންޖެހުންތަކަށް ހައްލުހޯދުމަށް ގޮވާލައިފި

 ޤައުމުތަކުން ކުރާ މަސްވެރި ކަމަށް ދިމާވާ ގޮންޖެހުންތަކަށް ހައްލުހޯދުމަށް  ގޮވާލައިފި

ރާއްޖެ ފަދަ ޤައުމުތަކުން ކުރާ މަސްވެރި ކަމަށް ދިމާވާ ގޮންޖެހުންތަކަށް ހައްލުހޯދުމަށް ދިވެހިރާއްޖޭން ގޮވާލައިފި އެވެ.

ޔުނައިޓެޑް ނޭޝަންސް އޯޝަންސް ކޮންފަރެންސް ގެ 3 ވަނަ ބައްދަލުވުމުގެ ހަވާސާގައި އިންޓަނޭޝަނަލް ޕޯލް އެންޑް ލައިން ފައުންޑޭޝަނުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އައިމިނަތު ހުސައިން ޝަރީފް ވަނީ ރާއްޖެ ފަދަ ޤައުމުތަކުން ކުރާ މަސްވެރި ކަމަށް ދިމާވާ ގޮންޖެހުންތަކަށް ވަކާލާތު ކުރައްވާފަ އެވެ. އަދި މަސްވެރިކަމަށް ކުރިމަތިވާ މާކެޓް އެކްސެސް ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށްވެސް ސްޓޭޓް މިނިސްޓަރ ވަކާލާތު ކުރެއްވި އެވެ.

Ad by Hajj Corporation

Ad by Hajj Corporation

އައި.އޯ.ޓީ.ސީ ގައި ދިވެހިރާއްޖޭން މަސްވެރިކަމުގެ ސެޓްފިކެޓްތަކަށް އޮތް ޑިމާންޑަށް ވަކާލާތު ކުރިގޮތާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އެކަމަނާ ވިދާޅުވީ މިކަމަކީ މިއީ ކުދި ޖަޒީރާ ތަރައްޤީވަމުން އަންނަ ދައުލަތަކުން އެކަނި އުފުލަން ޖެހޭ ބުރައަކަށް ވެގެން ނުވާނެ ކަމަށް ވިދާޅުވެފައެވެ.

އިކޯލެބެލިން ގައިޑްލައިންތައް އިސްލާހު ކުރުމަށް އެފްއޭއޯއިން އެޅި ފިޔަވަޅަށް މަރުހަބާ ވިދާޅުވެ ސްޓޭޓް މިނިސްޓަރ އައިމިނަތު ހުސައިން ޝަރީފް ވިދާޅުވީ ދިވެހިރާއްޖެއަށް މި ވަގުތު އެންމެ މުހިއްމީ އިންސާފުވެރި، ހާމަކަން ބޮޑު، ސެޓްފިކެޓް ދިނުމުގައި މަސްވެރިން މަސްވެރިންނަށްޓަކައި ބިނާކޮށްފައިވާ ނިޒާމެއް ކަމަށެވެ. އަދި އެ ނިޒާމް ވާންވާނީ މަސްވެރިކަމުގައި ހަރަކާތްތެރިވާ އެންމެ ކުދި ފަންތީގެ މަސްވެރިކަމަށްވެސް ބިނާވާ ނިޒާމަކަށް ކަމަށް އެކަމަނާ ވިދާޅުވި އެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބެޗްލަރސް ޑިގްރީ އިން ފިޝަރީޒް އެންޑް އެކުއާކަލްޗާ ކޯހުގެ މަންހަޖު އެކުލަވާލުމުގެ މަސައްކަތް ފަށައިފިޚަބަރު | މަހެއް ކުރިންމަސްވެރި އުޅަނދުތައް އަޕްގްރޭޑް ކުރުމަށް ޗައިނާގެ ކުންފުންޏަކާއެކު މަޝްވަރާކޮށްފިޚަބަރު | މަހެއް ކުރިންއެކުއަކަލްޗަރ ދާއިރާ ކުރިއެރުވުމަށް ޗައިނާ ކުންފުންޏަކާއެކު ސޮއިކޮށްފިޚަބަރު | މަހެއް ކުރިންޒުވާން މަސްވެރިން އުފައްދަން ހިންގާ ޕްރޮގްރާމުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފިޚަބަރު | 2 މަސް ކުރިން