logo
Bank of Maldives

Bank of Maldives

ޚަބަރު

މަސްވެރި އުޅަނދުތައް އަޕްގްރޭޑް ކުރުމަށް ޗައިނާގެ ކުންފުންޏަކާއެކު މަޝްވަރާކޮށްފި

އައިމިނަތު މޫސާ
10 ސެޕްޓެމްބަރު 2025 - 05:17
މަސްވެރި އުޅަނދުތައް އަޕްގްރޭޑް ކުރުމަށް ޗައިނާގެ ކުންފުންޏަކާއެކު މަޝްވަރާކޮށްފި

ރާއްޖޭގައި މަސްވެރިކަމުގެ ދާއިރާ ކުރިއަރުވައި، ދިވެހި މަސްވެރި އުޅަނދުތައް އަޕްގްރޭޑް ކުރެވިދާނެ ގޮތަކާއި ގުޅޭ ގޮތުން ޗައިނާގެ ކުންފުންޏަކާއެކު މަޝްވަރާކޮށްފިއެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް، ޗައިނާގެ ފުޖިއަން މާވެއި ޝިޕްބިލްޑިން ކުންފުންޏަށް، އެ ވުޒާރާގެ އިސް އޮފިޝަލުންނާއެކު ވަނީ ޒިޔާރަތްކުރައްވާފައެވެ. މި ޒިޔާރަތުގެ މައިގަނޑު މަގްސަދަކީ ޗައިނާގެ ބޯޓުބަނދަރު ކުރުމުގެ ސިނާއަތާއި ބެހޭ އިތުރު މައުލޫމާތު ހޯދައި، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ތަރައްގީކުރުމަށް ބޭނުންކުރެވިދާނެ ކުރިއަރާފައިވާ އުފެއްދުންތަކާއި، ޓެކްނޮލޮޖީތަކާ ބެހޭގޮތުން މަޝްވަރާ ކުރުމެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ޒިޔާރަތުގައި ވަޒީރު ވަނީ ޗައިނާގެ ބޯޓުބަނދަރު ކުރުމުގެ ސިނާއަތުގައި ބޭނުންކުރާ ޒަމާނީ އުކުޅުތަކާއި، ފަންނުވެރިކަން ދެނެގަތުމަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއްވާއެވެ. އެގޮތުން، އެ ކުންފުނީގެ މާހިރުންނާ ބައްދަލުކުރައްވައި، މަސްވެރި އޮޑިފަހަރުގެ ޑިޒައިނާއި، ހަކަތައިގެ ކެޕޭސިޓީ އިތުރުކުރުމަށް ބޭނުންކުރެވިދާނެ އައު ހިޔާލުތަކާއި ޓެކްނޮލޮޖީތަކާ ބެހޭގޮތުން މަޝްވަރާކޮށްފައެވެ.

ރާއްޖޭގައި ޒަމާނީ ޓެކްނޮލޮޖީތަކުގެ އެހީގައި، ދިވެހި މަސްވެރި އޮޑިފަހަރު އިތުރަށް ހަރުދަނާކޮށް، އެހީއަކަށް ވާނެ ކަންކަން ހޯދުމަކީ، ވަޒީރު ޝިޔާމްގެ ޒިޔާރަތުގެ މުހިންމު ބޭނުމެކެވެ. މީގެ އިތުރުން، މަސްވެރިކަމާ ގުޅުންހުރި އެހެނިހެން ސިނާއަތްތަކަށް އައު އުފެއްދުންތައް ތައާރަފްކުރުމަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް ވެސް އެ ޒިޔާރަތުގައި ވަނީ މަޝްވަރާކޮށްފައެވެ.

އެ ޒިޔާރަތުން ޗައިނާގެ ބޯޓުބަނދަރު ކުރުމުގެ ދާއިރާގައި ހުރި ތަޖުރިބާ އާއި ފަންނުވެރިކަން ދިވެހިރާއްޖެއަށް ގެނައުމަށް މަގުފަހިވެ، މަސްވެރިކަމުގެ ސިނާއަތަށް ޒަމާނީ ބަދަލުތަކެއް ގެނައުމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ދަނީ މަސައްކަތް ކުރައްވަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

2026 ވަނަ އަހަރުގެ ދެވަނަ ބޭސިކް މެރިކަލްޗާރ ޓްރެއިނިންގ ކޯސް ކުރިއަށްދަނީޚަބަރު | 2 މަސް ކުރިންމެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގައި ބައިވެރިވުމަށް ހުޅުވާލައިފިޚަބަރު | 2 މަސް ކުރިންބޮޑުކަންނެލީގެ މަސްވެރިންގެ މުޒާހަރާ ފުލުހުން ރޫޅާލައިފިޚަބަރު | 3 މަސް ކުރިންކަށި މިޔަރުގެ މަސްވެރިކަމުގެ ލައިސެންސް ލިބޭނީ ފުރަތަމަ ހުށަހަޅާ 40 ދޯންޏަށްޚަބަރު | 4 މަސް ކުރިން