logo
MPL

MPL

ޚަބަރު

ތެލުގެ ސަބްސިޑީއަށް އެދުމާއި ދޫކުރުން ފަހިހަކަތަ ޕޯޓަލް މެދުވެރިކޮށް

އައިޝަތު ނަޝާއައިޝަތު ނަޝާ
1 ސެޕްޓެމްބަރު 2026 - 08:16
ތެލުގެ ސަބްސިޑީއަށް އެދުމާއި ދޫކުރުން ފަހިހަކަތަ ޕޯޓަލް މެދުވެރިކޮށް

ތެލުގެ ސަބްސިޑީއަށް އެދުމާއި ދޫކުރުމަށް ފަހިހަކަތަ ޕޯޓަލް ބޭނުންކުރުން ލާޒިމްވާގޮތަށް ހަމަޖައްސައިފިއެވެ.

މަސްވެރިކަން ކުރާ ހުރިހާ ދޯނިފަހަރަށް 22 އޭޕްރީލް 2026 އިން ފެށިގެން ރާއްޖޭގެ އުތުރާއި ދެކުނުން އެފް.އެސް.އެމްގެ ޝެޑް ގާއިމުކޮށްފައިވާ ހުރިހާ ހިސާބަކުން އަގު ހެޔޮ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެދުއިރުމަތީ ހަގުރާމައާއި ގުޅިގެން ދޫކުރާ ތެލުގެ ސަބްސިޑީއަކީ މިވަގުތު މަސްވެރިކަމުގެ ލައިސަންސް ލިބިގެން ހަރަކާތްތެރިވާ އުޅަނދުފަހަރަށް ދޫކުރަމުންދާ އިނާޔަތެކެވެ. އަދި މިއީ [ފަހިހަކަތަ] ޕްރޮގްރާމާއި ވަކިން "ފަހިހަކަތަ" ޕޯޓަލުން ރިކުއެސްޓެއް ޕޮނުވުމަކާ ނުލައި ދޫކުރަމުންދާ ސަބްސިޑީއެކެވެ. ނަމަވެސް، ތެލުގެ ސަބްސިޑީ ދޫކުރުމުގެ ނިޒާމް އިތުރަށް ހަރުދަނާކުރުމަށްޓަކައި ކުރިއަށް އޮތްތަނުގައި ތެލުގެ ސަބްސިޑީއަށް އެދުމާއި ދޫކުރުން ހަމަޖެހިފައިވަނީ ފަހިހަކަތަ ޕޯޓަލް މެދުވެރިކޮށެވެ.

އެހެންވީމާ، މިމިނިސްޓްރީގެ "ފަހިހަކަތަ" ޕޯޓަލްގައި ރަޖިސްޓްރީވެފައިނުވާ ކަނޑުމަހުގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ އެންމެހާ އުޅަނދުފަހަރުން 15 ސެޕްޓެމްބަރު 2026 ގެ ނިޔަލަށް މި ޕޯޓަލްގައި ރަޖިސްޓްރީވުމަށް ވަނީ ހުޅުވާލާފައެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތީ އެކަމުގެ ސަބަބުން ރާއްޖޭގެ މަސްވެރިންނަށް ކުރާ އަސަރު ކުޑަކުރުމަށްޓަކައި ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބުޅާ ގިނަވާ މައްސަލަ ހައްލުކުރަން "ބައޯކަލޯ" މަޝްރޫއު ފަށައިފިޚަބަރު | 20 ދުވަސް ކުރިންތެލުގެ ސަބްސިޑީއަށް އެދުމާއި ދޫކުރުން ފަހިހަކަތަ ޕޯޓަލް މެދުވެރިކޮށްޚަބަރު | 2 މަސް ކުރިންމަސްވެރިކަމުގެ ސިނާއަތަށް އާ ދިރުމެއް، "އާރުވެރި މެޗިންގް ގްރާންޓް" ސްކީމް އިފްތިތާޙުކޮށްފިޚަބަރު | 2 މަސް ކުރިން2026 ވަނަ އަހަރުގެ ދެވަނަ ބޭސިކް މެރިކަލްޗާރ ޓްރެއިނިންގ ކޯސް ކުރިއަށްދަނީޚަބަރު | 9 މަސް ކުރިން