logo
ޚަބަރު

ޒުވާން މަސްވެރިން އުފައްދަން ހިންގާ ޕްރޮގްރާމުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

ޢައްފާން މުޙައްމަދު
3 ސެޕްޓެމްބަރު 2025 - 04:40
މަސްވެރިންތަކެއް މަސްކިރުވުމަށް ތައްޔާރުވަނީ -- ފޮޓޯ: މިހާރު
މަސްވެރިންތަކެއް މަސްކިރުވުމަށް ތައްޔާރުވަނީ -- ފޮޓޯ: މިހާރު

މަސްވެރިކަމުގެ ދާއިރާއަށް ޒުވާނުން ޝައުގުވެރިކަން އިތުރުކުރަން ސަރުކާރުން ހިންގާ ޕްރޮގާމުގައި ބައިވެރިވާން ހުޅުވާލި މުއްދަތު އިތުރުކޮށްފިއެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން ވަނީ މި ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުސަތު މި މަުހުގެ 17ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފައެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނީ، މި ޕްރޮގްރާމަކީ ޒުވްނުންގެ މެދުގައި މަސްވެރިކަމަށް ޝައުޤުވެރިކަން އުފައްދައި، މަސްވެރިކަމާއި މަސްވެރިކަމުގެ ދާއިރާއާ ގުޅޭ މަސައްކަތްތަކަށް ޒުވާނުން ނެރުމަށް، "ކަމާގުޅޭ ތަމްރީނާއި ހުނަރު ހޯދުމުގެ ފުރުޞަތު ޒުވާނުންނަށް ފަހި ކޮށްދިނުމުގެ ގޮތުން ހިންގާ ޕްރޮގްރާމެއް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއީ ވާލްޑު ބޭންކު ގެ އެހީގައި ކުރިއަށްގެންދާ ޓްރާންސްފޯމިންގ ފިޝަރީޒް ސެކްޓަރ އިން ސައުތު ވެސްްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓުގެ ދަށުން 3 މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ ތަމްރީން ޕްރޮގްރާމެކެވެ.

މި ތަމްރީން ޕްރޮގްރާމްގައި މަސްވެރިކަމާ ބެހޭ ފަންނީ މަޢުލޫމާތު ދިނުމުގެ އިތުރުން، އަމަލީ ގޮތުން މަސްވެރިކަމުގައި ހަރަކާތްތެރިވުމުގެ ފުރުޞަތު ޕްރޮގްރާމުގެ ބައިވެރިންނަށް ފަހިކޮށްދޭނެއެވެ.

މިގޮތުން ކަޅުބިލަމަހުގެ ދޮށީގެ މަަސްވެރިކަމުގައި ރާއްޖޭގައި ހަރަކާތްތެރިވާ އުޅަނދުތަކުގެ ތެރެއިން ނިސްބަތުން އެންމެ ފާހަގަކޮށްލެވޭ ދޮށީގެ މަސްވެރިކަން ކުރާ އުޅަނދެއްގައި ޢަމަލީގޮތުން މަސްވެރިކަމުގައި ހަރަކާތްތެރިވެ މަސްވެރިކަން ކުރާ ގޮތުގެ ތަމްރީނާއި ހުނަރު، ރާއްޖޭގެ އެންމެ ފުންނާބުއުސް ކެޔޮޅުންގެ ފަރާތުން އުނގެނި ދަސްކުރުމުގެ ފުރުޞަތު މި ޕްރޮގްރާމްގެ ބައިވެރިންނަށް ލިބޭނެއެވެ.

މި ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ނޮވެންބަރު މަހުގެ ނިޔަލަށެވެ.

ޕްރޮގްރާމުގެ ބައިވެރިންނަށް، މި ޕްރޮގްރާމް ކުރިއަށްދާ މުއްދަތުގައި ދުވަހު އެލަވަންސެއް ވެސް ލިބޭނެއެވެ.

ޕްރޮގްރާމުގައި ބައިވެރިވާން އެދޭ ފަރާތްތަކަކީ، މަސްވެރިކަމުގެ ސިނާއަތުގައި ހަރާކާތްތެރިވުމަށް ޝައުޤުވެރިވާ ފަރާތެއް ކަމުގައިވާންޖެހޭނެ ކަމަށާއި އުމުރުން 24 އަހަރުން ދަށުގެ ފަރާތަކަށް ވާންޖެހޭނެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނެއެވެ.

އަދި ޕްރޮގްރާމުގައި ބައިވެރިވުމަށް އެދި ހުށަހެޅޭނީ މަސްވެރިންގެ ދަފްތަރުގައި މިހާރު ހިމެނިފައިނުވާ ފަރާތަކަށް އެކަނި ކަމަށް ވެސް ވުޒާރާއިން ބުނެފައިވެއެވެ.

ޒުވާނުން މަސްވެރިކަމަށް ޝައުގުވެރިކުރުވަން ހިންގާ މި ޕްރޮގްރާމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މި މަހުގެ 17ވަނަ ދުވަހުގެ ކުރިން އީމެއިލް މެދުވެރިކޮށް ފޯމާއި އައިޑީކާޑު ކޮޕީ އަދި 18 އަހަރު ނުވާ ކުއްޖެއް ނަމަ ބެލެނެވެރިޔާގެ ސިޓީ ހުށަހެޅުމަށް މަސްވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

މަސްވެރިކަމުގެ ދާއިރާއަށް ނުކުންނަށް ޒުވާނުންގެ އަދަދު މަދުވުމަކީ މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ. އެހެންވެ، އެ ދާއިރާ ކުރިއަރުވައި ޒުވާނުންވެސް އެ ދާއިރާއަށް ޝައުގުވެރިކުރުވުމަށް ސަރުކާރުން ގެންދަވަނީ އެކަމި މަސައްކަތްތައް ކުރައްވަމުންނެވެ. އެގޮތުން، މަސްވެރިކަމުގެ ދާއިރާއިން ތަޢުލީމާއި ތަމްރީނުގެ ފުރުސަތުތައް ސަރުކާރުން ދަނީ ފަހިކޮށްދެއްވަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މެރިކަލްޗާ ދާއިރާ ތަރައްގީ ކުރުމަށް ޗައިނާގެ ކުންފުންޏަކާއެކު ސޮއިކޮށްފިޚަބަރު | 2 ދުވަސް ކުރިންޒުވާން މަސްވެރިން އުފައްދަން ހިންގާ ޕްރޮގްރާމުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފިޚަބަރު | 4 ދުވަސް ކުރިންމަހަށް ނިކުތް ދޯނިތަކުގެ އަދަދު ބޮޑުތަނުން އިތުރުވެއްޖެޚަބަރު | 6 ދުވަސް ކުރިންމިފްކޯއިން ފުވައްމުލަކު ސިޓީން މަސް ގަންނަން ފަށައިފިޚަބަރު | 7 ދުވަސް ކުރިން