ގައްދޫ ދާއިރާގެ ކުރީގެ މެމްބަރު ރަޝީދު އަވަހާރަވެއްޖެ
އާމިނަތު ޝަފާ
10 ޖޫން 2025 - 08:27

ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ރަޝީދު ނިޔާވެއްޖެއެވެ.
އެނގިފައިވާގޮތުގައި އޭނާ ނިޔާވެފައިވަނީ އާލާސްކަންފުޅަކަށް ފަރުވާކުރާތާ ގިނަ ދުވަސްތަކަކަށްފަހު މިއަދު އައިޖީއެމްއެޗްގައެވެ.

Ad by Hajj Corporation
ނިޔާވިއިރު ރަޝީދަކީ ސަރުކާރު ހިންގާ ޕީއެންސީގެ އިސްފުގައި ހަރަކާތްތެރިވަމުން އަންނަ ފަރާތެކެވެ.
އެގޮތުން ޕީޕީއެމް/ ޕީއެންސީ އޮތް ދުވަސްވަރު އެތެރޭގެ އިންތިހާބުތައް ރާވާ ހިންގުމުގައި ރަޝީދު ވަނީ އިސް ދައުރެއް އަދާކޮށްފައެވެ.
ރަޝީދަކީ 19ވަނަ ރައްޔިތުންގެ މަޖިލީހުގައި ގައްދޫ ދާއިރާ ތަމްސީލްކުރެއްވި ޕީޕީއެމްގެ މެންބަރެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމަށްފަހުގައި ވެސް އޭނާ ގެންދެވީ ޕީޕީއެމްގެ ހަރަކާތްތަކުގައި އިސްކޮށް މަސައްކަތް ކުރައްވަމުންނެވެ.


