logo
ޚަބަރު

ޙައްޖުން އަންނަ ފަރާތްތަކަށް ޚާއްޞަ ކްލިނިކްތަކެއް ޤާއިމުކޮށްފި

އަޙްމަދު ޒަލީފް
13 ޖޫން 2025 - 12:22
ޙައްޖުން އަންނަ ފަރާތްތަކަށް ޚާއްޞަ ކްލިނިކްތަކެއް ޤާއިމުކޮށްފި

ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްފަހު ރާއްޖެއަންނަ ފަރާތްތަކަށް ޚާއްސަކޮށް ފުލޫ ކްލިނިކްތަކެއް ޤާއިމްކޮށްފިއެވެ.

މި ކްލިނިކްތައް ޤާއިމްކޮށްފައިވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗް އާއި ހުޅުމާލޭ ހޮސްޕިޓަލްގައެވެ. 

Ad by Hajj Corporation

Ad by Hajj Corporation

ފުލޫ ކްލިނިކަށް ދާ ހުރިހާ މީހުންވެސް ފުރަތަމަ އީއާރް ޓްރިއޭޖް ކައުންޓަރަށްދިއުމަށް އައިޖީއެމްއެޗުންވަނީ ވިދާޅުވެފައެވެ. އަދި ކިއުބީން ފުލޫ ކުލިނިކުގެ ނަމްބަރެއް ނެގުމަށް ފުލޫ ކްލިނިކަށް ނުވަތަ އިމަރޖެންސީ ރޫމަށް ދިއުމަށް ޓްރައޭޖުން އިރުޝާދު ދެއްވާނެކަމަށް އެ ހޮސްޕިޓަލުން ހާމަކުރެއްވިއެވެ. 

އައިޖީއެމްއެޗްގައި ޤާއިމްކޮށްފައިވާ ފުލޫ ކްލިނިކުން ކޮންމެ ދުވަހެއްގެވެސް ހެނދުނު 10:00 އިން ރޭގަނޑު 22:00 އަށް ޑޮކްޓަރަށް ދެއްކުމާއި ލޭގެ ސާމްޕަލް ނެގުން ކުރިއަށްދާނެއެވެ. އަދި މިކްލިނިކްގެ ޚިދުމަތް ދެނީ ބަލިމީހުން ބަލާ ކޮޓަރި ނަންބަރު 10 އިންނެވެ.

ހުޅުމާލޭ ހޮސްޕިޓަލުގައި ޤާއިމްކޮށްފައިވާ ކްލިނިކުން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެވެސް މެންދުރުފަހު 14:00 އިން ރޭގަނޑު 20:00 އަށް ޚިދުމަތްދެމުންދާނެއެވެ. 

މިކްލިނިކަށް ޑޮކްޓަރަށް ދެއްކުމަށް ދާ ފަރާތްތަކުން މާސްކު އަޅައިގެން ދިއުމަށް އެ ހޮސްޕިޓަލުން ވަނީ އިލްތިމާސްކުރައްވާފައެވެ.

1446 ވަނަ އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން ނިންމުމަށްފަހު، ދިވެހި ޙައްޖުވެރިން ރާއްޖެ އަންނަން މިހާރު ވަނީ ފަށާފައެވެ. އެގޮތުން އެގޮތުން ޙައްޖުވެރިންގެ ފުރަތަމަ ފްލައިޓުން 230 އަށްވުރެ ގިނަ ޙައްޖާޖީން ވަނީ ރާއްޖެއައިސްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބަލި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް 55 މުވައްޒަފުން ހޯދަނީ ޚަބަރު | މަހެއް ކުރިންއެމަޖެންސީގައި ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަން ދިޔަ މީހަކު ހޮސްޕިޓަލުގައި ނިޔާވެއްޖެޚަބަރު | 2 މަސް ކުރިން2 ސަރަހައްދެއްގައި ޓެލެ މެޑިސިން ފެށުމަށް ތައްޔާރުވެއްޖެ ޚަބަރު | 2 މަސް ކުރިންވިލުފުށި އަލިފާނުގެ ހާދިސާ: ދޯނިތަކުގެ ވެރިފަރާތަށް ފަރުވާދެނީ ވެންޓިލޭޓަރުގައިޚަބަރު | 2 މަސް ކުރިން