logo
Bank of Maldives

Bank of Maldives

ކުޅިވަރު

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޖޫނިއަރ ކެރަމް މުބާރާތެއް ބާއްވަނީ

އަބްދުﷲ ޣާނިމް
15 ޖޫން 2025 - 05:41
ކެރަމް ޤައުމީ މުބާރާތުގެ ތެރެއިން - ފޮޓޯ: ސީއޭއެމް
ކެރަމް ޤައުމީ މުބާރާތުގެ ތެރެއިން - ފޮޓޯ: ސީއޭއެމް

ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސީއޭއެމް) އިން އިންތިޒާމުކޮށްގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ޖޫނިއަރ ނެޝަނަލް ކެރަމް ޗެމްޕިއަންޝިޕް މި މަހުގެ 26 ވަނަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިއްޖެއެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 22 ވަނަ ދުވަހުގެ ރޭ 10:00 އާ ހަމައަށް ހުޅުވާލާފައިވާއިރު، މުބާރާތުގެ ގުރުއަތުލުން އޮންނާނީ މި މަހުގެ 24 ވަނަ ދުވަހުގެ ރޭ 8:00 ގައި މާލޭ ކެރަމް ހޯލުގައެވެ. މުބާރާތާ ގުޅޭ ގަވާއިދުތައް ވަނީ ސީއޭއެމްއިން މިހާރު އާންމުކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ޗެމްޕިއަންޝިޕްގައި ވާދަކުރެވޭނީ ދެ އުމުރުފުރައެއްގައެވެ. އެއީ 15 އަހަރުން ދަށުގެ އުމުރުފުރާ އާއި 19 އަހަރުން ދަށުގެ އުމުރުފުރާއެވެ. މީގެ އިތުރުން މުބާރާތުގައި އަންހެން އަދި ފިރިހެން ސިންގަލްސް އިވެންޓުތަކާއި، އަންހެން އަދި ފިރިހެން ޑަބަލްސް އިވެންޓުތައް ހިމެނެއެވެ.

ނޮކްއައުޓް އުސޫލުން ކުރިއަށްދާ މި މުބާރާތުގެ އެންމެހާ ކަންކަން ބަލަހައްޓައި ހިންގާނީ ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެގްޒެކެޓިވް ބޯޑުން އައްޔަނުކުރާ ޓޯނަމަންޓް ކޮމެޓީންނެވެ. މިއީ ރާއްޖޭގައި ޒުވާން ކެރަމް ކުޅުންތެރިން އުފެއްދުމަށް އަމާޒުކޮށްގެން ބާއްވާ ފުރަތަމަ ޤައުމީ ފެންވަރުގެ މުބާރާތެވެ.

މި މުބާރާތަކީ ޒުވާން ކުޅުންތެރިންނަށް ކެރަމްގެ ހުނަރުތައް ދަސްކޮށްދީ، ޤައުމީ ފެންވަރުގައި ވާދަކުރުމުގެ ފުރުސަތު ހޯދައިދިނުމަށް އަމާޒުކޮށްގެން ބާއްވާ މުބާރާތެކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވޯލްޑް ކަޕަށް ކުރިމަތިލާއިރު ނަފްސާނީ ދުޅަހެޔޮކަން އިސްކުރުމަށް އިލްތިމާސްކުރައްވައިފި ކުޅިވަރު | ގަޑިއިރެއް ކުރިންރާއްޖޭގައި ފުރަތަމަ ފަހަރަށް ޖޫނިއަރ ކެރަމް މުބާރާތެއް ބާއްވަނީކުޅިވަރު | 5 މަސް ކުރިންކެރަމް ވޯލްޑް ކަޕުން ބްރޯންޒް ހޯދި ޓީމު އެނބުރި ރާއްޖެއަށްކުޅިވަރު | އަހަރެއް ކުރިން