logoEN
ޚަބަރު

މަސްވެރިންނަށް ހާއްސަ "މޯލްޑިވްސް ޓޫނާ ރޭސް"ގައި ބައިވެރިވުމަށް ހުޅުވާލައިފި

ޝަހްޒާ މުހައްމަދު ޝަހްޒާ މުހައްމަދު

15 ޖޫން 2025 - 06:15

ރާއްޖޭގައި ދޮށީގެ މަސްވެރިކަން ކުރާ ފަރާތްތަކަށް ޚާއްސަކޮށްގެން ބާއްވާ "މޯލްޑިވްސް ޓޫނާ ރޭސް" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ރޭހަކީ ޔޮޅުންގެ ލޮބީން އިންތިޒާމްކޮށްގެން ، އަންނަ ޑިސެންބަރު މަހުގެ 5 އާއި 6 އަށް ކުރިޔަށްގެންދާ، 24 ގަޑިއިރުގެ މުއްދަތަށް ބާއްވާ ރޭހެކެވެ.

ކެޔޮޅުންގެ ލޮބީގެ އަހަރީ ދުވަހާއި މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ މި ރޭހުގެ މައިގަނޑު މަޤްސަދަކީ ދޮށީގެ މަސްވެރި އާއިލާތަކުގެ މެދުގައި އެކުވެރިކަން އާލާކޮށް، ގުޅުން ބަދަހިކުރުމެވެ. މީގެ އިތުރުން ޒުވާނުން ދޮށީގެ މަސްވެރިކަމަށް ޝައުޤުވެރިކުރުވުމާއި، އާންމުންގެ މެދުގައި މި ސިނާއަތަށް އޮންނަ ލޯބި އިތުރުކުރުމަކީވެސް މި ރޭހުގެ މުހިންމު މަޤްސަދުތަކެވެ.

މި ރޭހުގައި ވަނަވަނައަށް ހޮވޭ އޮޑިފަހަރަށް ފައިސާގެ ބޮޑެތި އިނާމުތައް ކަނޑައަޅާފައިވެއެވެ. އެގޮތުން އެންމެ މަތިން ކިލޯ ކިރާ އޮޑިއަކަށް 100,000 ރުފިޔާ، ދެވަނައަށް 50,000 ރުފިޔާ އަދި ތިންވަނައަށް 25,000 ރުފިޔާ ލިބޭނެއެވެ. އަދި މީގެ އިތުރުން އެންމެ ކުރިން ރޭސް ނިންމާ އޮޑިއަކަށް 5,000 ރުފިޔާގެ ޚާއްސަ އިނާމެއް ކަނޑައަޅާފައިވެއެވެ.

ރޭހުގައި ބައިވެރިވެވޭނީ ޤައުމީ މަސްވެރިންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ އަދި މަސްވެރިކަމުގެ ލައިސަންސް ނަގާފައިވާ އޮޑިފަހަރަށެވެ. ރޭހުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިއަންނަ ޖުލައި މަހުގެ 10 ވާ ބުރާސްފަތި ދުވަހުގެ 16:00 ގެ ކުރިން ރަޖިސްޓްރީ ކުރަންޖެހޭނެއެވެ. ރަޖިސްޓްރީ ކުރުމަށް ކަނޑައެޅިފައިވާ ފޯމު ލޮބީގެ އިދާރާއަށް ނުވަތަ އީމެއިލް މެދުވެރިކޮށް ހުށަހެޅިދާނެއެވެ.

ކެޔޮޅުންގެ ލޮބީން ވަނީ ވީހާވެސް ގިނަ ކެޔޮޅުން މި ރޭހުގައި ބައިވެރިވުމަށް ގޮވާލައިފައެވެ. މި ރޭހަކީ ކޮންމެ އަހަރަކުވެސް ޚާއްސަ އިނާމުތަކަކާއެކު ކުރިޔަށްގެންދިއުމަށް ރޭވިފައިވާ ހަރަކާތެއްކަން ފާހަގަކޮށްފައިވެއެވެ.

ކޮމެންޓް

871x217_placeholder