ފުލޫ ކްލިނިކްތަކަށް މިހާތަނަށް 26 މީހަކު ދައްކައިފި
15 ޖޫން 2025 - 06:35

ހައްޖުގެ އަޅުކަން އަދާކުރުމަށްފަހު އެނބުރި އަންނަ ފަރާތްތަކަށް ޚާއްސަކޮށް އައިޖީއެމްއެޗާއި ހުޅުމާލޭ ހޮސްޕިޓަލުގައި ހުޅުވި ފުލޫ ކްލިނިކްތަކަށް މިހާތަނަށް 26 މީހަކު ދައްކާފައިވާކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.
ހައްޖުގެ އަޅުކަން އަދާކުރުމަށްފަހު އެނބުރި އަންނަ ފަރާތްތަކަށް ޚާއްސަކޮށްގެން ފުލޫ ކްލިނިކް ހުޅުވީ ހުކުރުދުވަހުއެވެ.

Ad by Hajj Corporation
އައިޖީއެމްއެޗްގެ މީޑީއާ އޮފިޝަލް މެންދުރަށް ވިދާޅުވީ ހައްޖު ކްލިނިކަށް މި ދެ ދުވަހުގެ މަތިން 26 މީހުން ދައްކާފައިވާކަމަށާއި ރޯގާގެ އަލާމާތްތައް ހުރުމުން 2 މީހަކު އެޑްމިޓްކޮށްގެން ފަރުވާދެމުންދާކަމަށެވެ.
އައިޖީއެމްއެޗްގެ ފްލޫ ކްލިނިކް ކޮންމެ ދުވަހަކު ހެނދުނު ދިހައަކުން ރޭގަނޑު ދިހައަކަށް ހުޅުވިފައި ހުންނާނެއެވެ.
ހުޅުމާލޭ ހޮސްޕިޓަލުގައިވެސް ފްލޫ ކްލިނިކް ވަނީ ހުޅުވާފައެވެ. ހުޅުމާލޭގައި ކްލިނިކް ހުުވާފައި ހުންނާނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ މެންދުރު ފަހު 14:00 އިން ރޭގަނޑު 20:0އަށެވެ.
ފްލޫ ކުލިނިކަށް ދައްކާ މީހުން ފުރަތަމަ ދާން ޖެހޭނީ އީއާރް ޓްރިއޭޖް ކައުންޓަރަށެވެ. ބަލި މީހުން ބަލާނީ ކޮޓަރި ނަންބަރު 10 (ކުރީގެ ޖީއޯޕީޑީ) ސަރަހައްދުންނެވެ. ހައްޖުން އައުމަށްފަހު ހުން އައުން ނުވަތަ ރޯގާގެ އަލާމަތެއް ހުރިކަން ފާހަގަ ކުރެވޭ ނަމަ ކްލިނިކަށް ދެއްކުމަށް އައިޖީއެމްއެޗުން ވަނީ އިލްތިމާސްކޮށްފައެވެ.
ހުޅުމާލޭ ފުލޫ ކްލިނިކުގެ އިތުރު މަޢުލޫމާތު ހޯއްދެވުމަށް 1417އަށް ގުޅުމަށް އެ ހޮސްޕިޓަލުން ވަނީ އެދިފައެވެ.