logo
ދުނިޔެ

ފަލަސްތީނާއި އީރާނުގެ ރައްޔިތުންނަށް ކާމިޔާބު ހޯދައިދޭނަން: ޙޫޘީން

އަޙްމަދު ޒަލީފް
15 ޖޫން 2025 - 11:59
ފަލަސްތީނާއި އީރާނުގެ ރައްޔިތުންނަށް ކާމިޔާބު ހޯދައިދޭނަން: ޙޫޘީން

ޒަޔަނިސްޓު ޔަހޫދީންގެ އަނިޔާވެރިކަން ތަޙައްމަލު ކުރަމުންދާ ފަލަސްތީނާއި އީރާނުގެ ރައްޔިތުންނަށް ކާމިޔާބު ހޯދައދިނުމުގައި ސާބިތުކަމާއެކު ދެމި ތިބޭނެ ކަމަށް ޔަމަނުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތެއް ކަމުގައިވާ ޙޫޘީން ބުނެފިއެވެ.

ފަލަސްތީނުގެ ޣައްޒާގައު ޔަހޫދީން ހިންގާ ޤަތުލްޢާންމާ ދެކޮޅަށް އެންމެ ފުރަތަމަ ތެދުވި ޖަމާޢަތަކީވެސް މިއީއެވެ. އެގޮތުން، ޔަހޫދީންނާ ދެކޮޅަށް ފެށި އަސްކަރީ އޮޕަރޭޝަންގެ ދަށުން އެ ޖަމާޢަތުން ވަނީ ރަތް ކަނޑު ހުރަސްކޮށް ދަތުރު ކުރާ އުޅަނދުފަހަރަށް ޙަމަލާ ދޭން ފަށާފައެވެ. އޭގެ ތެރެއިން ގިނަ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ޔަހޫދީންގެ މަސްލަޙަތު އޮތް އާގުބޯޓުފަހަރާއި، އިސްރާއީލަށް މުދާ އުފުލާ އުޅަނދުފަހަރަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޖޫން 13 ވަނަ ދުވަހު އީރާނަށް އިސްވެ ޙާމަލާދީފައި ވަނީ ޔަހޫދީ ފައުޖުންނެވެ. މި ޙަމަލާގެ ރައްދުގައި  އޭގެ ރައްދުގައި އީރާނުގެ އިތުރުން ޔަމަނުން ވެސް މިސައިލް ޙަމަލާތައް ފޮނުވާލާފައިވާކަން ޔަހޫދީންގެ ނިރުބަވެރި ފައުޖުން ވަނީ ޔަޤީންކޮށްދީފައެވެ.

ޔަމަންގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތް، ޙޫޘީންގެ އިސް އޮފިޝަލަކު ޝަހީދު ކޮށްލުމުގެ ނިޔަތުގައި ޒަޔަނިސްޓު އިސްރާއީލުގެ ޔަހޫދީ ފައުޖުން ދާދިފަހުން ޔަމަނަށް ނިރުބަވެރި ޙަމަލާތަކެއް ވަނީ ދީފައެވެ. ޙޫޘީންނަކީ އީރާނުން ވާގިވެރިވާ 'އެކްސިސް އޮފް ރެސިސްޓެންސް'ގައި ހިމެނޭ ބާރުގަދަ ލަޝްކަރެކެވެ. އެ ޖަމާޢަތުގެ އިސް އޮފިޝަލަކު ޝަހީދު ކޮށްލުމުގެ ނިޔަތުގައި ޔަހޫދީ ފައުޖުން ޔަމަނަށް ނިރުބަވެރި ޙަމަލާތަކެއް ދީފައިވާ ކަން ހާމަކޮށްފައި ވަނީ އިސްރާއީލުގެ މީޑިޔާތަކުންނެވެ. ޙޫޘީންގެ އިސް އޮފިޝަލަކު ޝަހީދު ކޮށްލުމުގެ ނިޔަތުގައި ޔަހޫދީން ދީފައިވާ ނިރުބަވެރި ހަމަލަ ކާމިޔާބުވި ކަން ސާފެއް ނޫނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަލަސްތީނުގައި ދައުލަތެއް އުފެއްދުމުގެ ގަރާރު ބޮޑު އަޣުލަބިއްޔަތަކުން ފާސްކޮށްފި ޚަބަރު | 7 ގަޑިއިރު ކުރިންޔަހޫދީން ގަތަރުގެ ވެރިރަށް ދޯހާއަށް ހަމަލާދީފި ދުނިޔެ | 3 ދުވަސް ކުރިންފަލަސްތީނުގެ 14 މީހަކު މިނިވަންކޮށްފި ދުނިޔެ | 4 ދުވަސް ކުރިންޣައްޒާ ފަހުނޭވާގައި: ރައްޔިތުން ބަނޑަށް ޖެއްސުމަށް ކުރާ މަސައްކަތަށް ނިމުމެއް ނެތް ދުނިޔެ | 4 ދުވަސް ކުރިން