logo
އަމިއްލަ ކެންޑިޑޭޓު އިބްރާހީމްގެ ތާއީދު ޕީއެންސީގެ އަރީޝަށްBank of Maldives

Bank of Maldives

World

އީރާނުގެ 14 ސައިންޓިސްޓަކު އަވަހާރަވެއްޖެ

އަޙްމަދު ޒަލީފް
15 ޖޫން 2025 - 16:13
އީރާނުގެ 14 ސައިންޓިސްޓަކު އަވަހާރަވެއްޖެ

އިސްރާއީލުން އީރާނަށް ދިން ވަރުގަދަ ހަމަލާތަކުގައި އަވަހާރަވި އީރާންގެ ސައިންޓިސްޓުންގެ އަދަދު 14 އަށް އަރައިފިއެވެ.

އަވަހާރަވި ސައިންޓިސްޓުންގެ ތެރޭގައި އީރާންގެ ނިއުކްލިއާ ޕްރޮގްރާމްގެ އިސް ބޭފުޅުން ވެސް ހިމެނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަވަހާރަވި ފަރާތްތަކުގެ ތެރޭގައި އީރާނުގެ އެޓޮމިކް އެނަޖީ އޯގަނައިޒޭޝަން (އޭއީއޯއައި)ގެ ކުރީގެ ލީޑަރު ފެރިދޫން އައްބާސީީ އާއި ތެހެރާނުގެ އިސްލާމިކް އާާޒާދު ޔުނިވަސިޓީގެ ރައީސް މުހައްމަދު މެހްދީ ތެހެރާނީ ހިމެނެއެވެ.

މިދިޔަ ހުކުރު ދުވަހު އިސްރާއީލުން، އީރާނަށް ދިން ކުއްލި ހަމަލާގައި ބައެއް ސައިންޓިސްޓުން އަވަހާރަވިއިރު، އެހެން ބައެއް ސައިންޓިސްޓުން އަވަހާރަވެފައިވަނީ ކާރު ބޮމުގެ ހަމަލާތަކުގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޔަހޫދީންނާ ދެކޮޅަށް އީރާނުން ހަމަލާތައްދިން ވަގުތު ޔަމަނުގެ ހޫތީންވެސް ވަރުގަދަ ރައްދު ހަމަލާތަކެއް ވަނީ ދީފައެވެ. މިއީ އީރާން-އިސްރާއީލް ހަނގުރާމަ ފެށުނު ފަހުން ހޫތީން އިސްރާއީލަށް ދެވަނަ ފަހަރަށް ދިން ހަމަލާތަކެެވެ. 

ހޮނިހިރު ދުވަހުގެ ރޭ ދެ ބުރަކަށް އީރާނުން އިސްރާއީލަށް ވަނީ ހަމަލާތައް ދީފައެވެ. ފުރަތަމަ ބުރުގެ ހަމަލާތައް އިރާން ގަޑިން ރޭގަނޑު 11:45 ހާއިރު ފެށުމަށްފަހު، އިސްލާމިކް ރެވޮލިއުޝަން ގާޑްސް ކޯޕްސް (އައި.އާރް.ޖީ.ސީ) އިން "އޮޕަރޭޝަން ޓްރޫ ޕްރޮމިސް 3" ދެވަނަ ބުރު ފަށާފައިވަނީ އީރާން ގަޑިން މެންދަމު 3:34 ހާއިރުއެވެ.

ހޫތީން ދިން ހަމަލާ އަމާޒުކޮށްފައިވަނީ ތެލް އަވީވްގެ ބެން ގޫރިއަން އެއާޕޯޓަށެވެ. 

ހޫތީން ހަމަލާތައް ފެށީ އަންގާރަ ދުވަހުއެވެ. އަންގާރަ ދުވަހު އިސްރާއީލަށް ދެ މިސައިލު ހަމަލާ ހޫތީން ދީފައިވާއިރު ޔަހޫދީންވަނީ ޔަމަނުގެ ހުދެއިދާ ބަނދަރަށް ބޮމުން ހަމަލާދީފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އީރާނާ ދެކޮޅަށް ކުރާ ހަނގުރާމަ ރޭވި ގޮތަށް ކުރިއަކަށް ނުދޭ: އިސްރާއީލްޚަބަރު | 4 ގަޑިއިރު ކުރިންދައްޖާލު ފާޅުވުމާއި ނިމުން: ކޮންއިރަކު، ކިހިނެއް؟ރިޕޯޓް | 9 ގަޑިއިރު ކުރިންތެލުގެ އަގު ފީފާއެއް 150 ޑޮލަރަށް އުފުލިއްޖެނަމަ ދުނިޔޭގެ އިގްތިސޯދު ފުނޑުފުނޑުވެދާނެކަމުގެ އިންޒާރުޚަބަރު | 2 ދުވަސް ކުރިންމުޖުތަބާ ޚާމަނާއީގެ ފުރަތަމަ ޚިޠާބު: "މައިދާނުގައި ސާބިތުވެ ތިބުމަށް" އީރާނުގެ ރައްޔިތުންނަށް އިލްތިމާސްދުނިޔެ | 4 ދުވަސް ކުރިން