logo
Bank of Maldives

Bank of Maldives

World

އިސްރާޢީލް-އީރާން ހަނގުރާމަ: މިއިން ދުވަހަކު ނުއުފުލޭ މިންވަރަށް ތެލުގެ އަގު އުފުލޭނެ

އަޙްމަދު ޒަލީފް
16 ޖޫން 2025 - 06:34
އިސްރާޢީލް-އީރާން ހަނގުރާމަ: މިއިން ދުވަހަކު ނުއުފުލޭ މިންވަރަށް ތެލުގެ އަގު އުފުލޭނެ

ޒަޔަނިސްޓް ޔަހޫދީން އީރާނަށް ދިން ޙަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަރަށް ބޮޑަށް އުފުލިގެންދާނެ ކަމަށް ތަޖުރިބާކާރުން ބުނެފިއެވެ.

އީރާނަށް ދެމުންދާ ހަމަލާތަކުގައި ތެހެރާނުގައި ހުންނަ ތެޔޮ ރައްކާކުރާ މައި އެއް ކާރުހަނާއާއި ރިފައިނަރީއަކަށްވެސް ހަމަލާދީފައިވާކަމަށް އިރާނުގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވެއެވެ. އަދި ހަމަލާތަކެއްގައި ލިބުނު ގެއްލުމާއި ގުޅިގެން އެ ޤައުމުގައި ހުންނަ ދުނިޔޭގެ އެންމެ ބޮޑު ގޭސް ފީލްޑްގައި ކުރިއަށްދާ ބައެއް މަސައްކަތްތައްވެސް ވަގުތީގޮތުން ހުއްޓާލާފައިވާކަމަށް އީރާނުގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ޚިލާފަށް ހައްދުފަހަނައަޅާފައިވާ ޔަހޫދީން އީރާނަށް ދޭން ފެށި ހަމަލާތަކާއެކު ތެލުގެ ސަޕްލައި ޗެއިނަށް ބުރޫއަރައި، ތެލުގެ އަގު މިއީން ދުވަހަކު މައްޗަށް ނުދާވަރަށް މައްޗަށް ދާނެކަމަށް ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ.

ޔަހޫދީން ހަމަލާތައް ފެށުމާއެކު ތެލުގެ އަގު ނުވަވަރަކަށް އިންސައްތަ މައްޗަށް ގޮސްފައިވާއިރު، އީރާނުގެ ތެލާއި ގޭހުގެ އެކި ކާރުހާނާތަކާއި ފެސިލިޓީތަކަށް ޔަހޫދީ އިސްތިއުމާރީ ސިފައިން ދެމުންދާ ހަމަލާތަކާއެކު ތެލުގެ އަގު އިތުރަށް އުފުލޭނެކަމަށްވެސް ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމުގައި އެންމެ ބޮޑު އަސަރެއް ކުރާނީ ރާއްޖެފަދަ، އިމްޕޯޓަށް ބަރޯސާވެފައިވާ ޤައުމު ތަކަށެވެ. އެގޮތުން، އިމްޕޯޓަށް ބަރޯސާވެފައިވާ މިންވަރު އިތުރުވުމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގެ އަގުތަކަށް އަންނަ ބަދަލުތަކުގެ އަސަރު ރާއްޖެއަށް މީގެ ކުރިންވެސް ކޮށްފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތެލުގެ ރިޒާވް ޤާއިމްކުރުމަށް މާލެ ސަރަޙައްދުގެ 2 ފަޅެއް، އަންނަ ހަފުތާގެ ތެރޭގައި ސަރވޭ ކުރަން ފަށާނެ: މިނިސްޓަރޚަބަރު | 5 ގަޑިއިރު ކުރިންހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށާއި ނިއުކްލިއާ މަޝްވަރާތައް ފަސްކުރުމަށް އީރާނުން ހުށަހަޅައިފިދުނިޔެ | 2 ދުވަސް ކުރިންތެޔޮ ވަސީލަތްތަކަށް ހަމަލާދީފިނަމަ 'ލޮލަކަށް ބޮލެއް' ނަގާނެކަމުގެ އިންޒާރު އީރާނުން ޓްރަމްޕަށް ދީފިދުނިޔެ | 3 ދުވަސް ކުރިންއިސްރާއީލަށް ޖާސޫސްކޮށްދިން އީރާނުގެ އެޓޮމިކް އެޖެންސީގެ ކުރީގެ މުވައްޒަފަކަށް މަރުގެ އަދަބު ދީފިދުނިޔެ | 7 ދުވަސް ކުރިން