logo
Bank of Maldives

Bank of Maldives

ޚަބަރު

ހަނގުރާމައިގެ ތެރެއަށް އެމެރިކާ ވަދެއްޖެނަމަ، ވަރުގަދަ ޙަމަލާއެއް ދޭނަން - ޙިޒްބުالله

އަޙްމަދު ޒަލީފް
16 ޖޫން 2025 - 14:21
ހަނގުރާމައިގެ ތެރެއަށް އެމެރިކާ ވަދެއްޖެނަމަ، ވަރުގަދަ ޙަމަލާއެއް ދޭނަން - ޙިޒްބުالله

އިސްރާޢީލާއި އީރާނާ ދެމެދު މިހާރު ހިނގަމުންދާ ހަނގުރާމައިގެ ތެރެއަށް އެމެރިކާއިން ވަދެއްޖެނަމަ އެކަމުގެ ބަދަލު ހިފުމުގެ ގޮތުން ވަރުގަދަ ޙަމަލާއެއް ދޭނެ ކަމަށް ބުނެ ޙިޒްބުالله އިން އިންޒާރު ދީފިއެވެ.

ޔަހޫދީންގެ ނިރުބަވެރި ޙަމަލާތަކުގައި ބައިވެރިނުވުމަށް ކަތާއިބް ޙިޒްބުاللهން މި ވަނީ އެމެރިކާއަށް ގޮވައިލާފައެވެ. އަދި، ގޮވައިލުމާ ޚިލާފުވެއްޖެ ނަމަ، އަދި ޔަހޫދީންނާ ބައިވެރިވާން ފަށައިފި ނަމަ، އެމެރިކާގެ އަމާޒުތަކަށް ނުރައްކާތެރި ޙަމަލާތަކެއް ދޭން ފަށާނެ ކަމަށް ބުނެ އިންޒާރު ދީފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޙިޒްބުالله އަކީ އިރާޤުގައި މި ވަގުތު ހަރަކާތްތެރިވަމުންދާ އެންމެ ބާރުގަދަ އަދި ނުރައްކާތެރި ހަތިޔާރު އެޅި ޖަމާޢަތެވެ. އަދި، އެއީ އީރާނުން ވާގިވެރިވާ 'އެކްސިސް'ގައި ހިމެނޭ މުހިންމު ލަޝްކަރެކެވެ.

ޢިރާޤުގައި އެމެރިކާއިން ޤާއިމު ކޮށްފައިވާ އަސްކަރީ މަރުކަޒުތަކާއި އެ ޤަމުގައި ތިބި އެމެރިކާގެ އިސްތިޢުމާރީ ސިފައިންނަށް އަމާޒުކޮށް ކަތާއިބް ޙިޒްބުاللهން މީގެ ކުރިން ވެސް ނުރައްކާތެރި ޙަމަލާތަކެއް ދީފައިވެއެވެ.

ޢިރާޤުގެ އިތުރުން ސޫރިޔާގައި ތިބި އެމެރިކާ ސިފައިންނަށް އަމާޒުކޮށް ވެސް ކަތާއިބް ޙިޒްބުاللهން ޙަމަލާތަކެއް ދީފައިވާއިރު، އެއީ ނުރައްކާތެރި މިސައިލާއި އަސްކަރީ ޑްރޯން ފަދަ ހަތިޔާރު ބޭނުން ކޮށްގެން ދީފައިވާ ޙަަމަލާތަކެކެވެ.

ކަތާއިބް ޙިޒްބުاللهއަކީ އީރާނުން ވާގިވެރިވާ 'އެކްސިސް އޮފް ރެސިސްޓެންސް'ގައި ހިމެނޭ ބިޔަ އަދި ބާރުގަދަ ލަޝްކަރެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އީރާނަށް ދެމުންދާ ޙަމަލާތަކުގައި 1،300 މީހުން ޝަހީދުވެއްޖެދުނިޔެ | 3 ދުވަސް ކުރިންއެންމެ 100 ގަޑިއިރު ތެރޭގައި އެމެރިކާ އަތުން 5.82 ބިލިއަން ޑޮލަރު ހޭދަވެއްޖެ!ދުނިޔެ | 3 ދުވަސް ކުރިންއީރާނުގެ ހަމަލާތައް ގަދަފަދަ! ޔަހޫދީން ބިރުން ބިންގަރާސްތަކަށް ވަދެ ފިލާ!ދުނިޔެ | 6 ދުވަސް ކުރިންއިސްރާއީލް-އެމެރިކާ ބައިނަލްއަގްވާމީ ޤާނޫނުތަކަށް ފައިން އަރައިފި، މެދު އިރުމަތި ދަނީ ހަނގުރާމައިގެ އަލިފާނުގެ ތެރެއަށް: ޗައިނާދުނިޔެ | 8 ދުވަސް ކުރިން