logo
ޚަބަރު

މެއި މަހު ހާއްސަ އެހީއަށް ބޭނުންވާ ފަރާތްކަށް 50.7 މިލިއަން ރުފިޔާ ދޫކޮށްފި

އާމިނަތު ޝަފާ
22 ޖޫން 2025 - 06:10
މެއި މަހު ހާއްސަ އެހީއަށް ބޭނުންވާ ފަރާތްކަށް 50.7 މިލިއަން ރުފިޔާ ދޫކޮށްފި

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދައުލަތުން ފޯރުކޮށްދޭ މާލީ އެހީގެ ގޮތުގައި މެއި މަހު ޖުމްލަ 50.7 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ހާމަކޮށްފިއެވެ.

އެންސްޕާއިން ބުނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި މިހާތަނަށް ޖުމްލަ 14،144 މީހުން ރަޖިސްޓްރީވެފައިވާކަމަށާއި އޭގެ ތެރެއިން 156 ފަރާތަކީ މުޅިން އަލަށް މިދިޔަ މަހު ރަޖިސްޓްރީކޮށްފައިވާ ފަރާތްތައްކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެމުންގެންދާ މާލީ އެހީތެރިކަމުގެ ޕްރޮގްރާމް 2011 ވަނަ އަހަރުން ފެށިގެން ކުރިއަށްދާއިރު، 2023 ވަނަ އަހަރު މި އެލަވަންސް 3,000 ރުފިޔާއަށް އިތުރުކޮށްފައިވާ ކަމަށް އެންސްޕާއިން ވަނީ ވިދާޅުވެފައެވެ.

އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ "ހާލު ކިހިނެއް؟" ޕްރޮގްރާމްގެ ތެރެއިންވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ގުޅޭ ބައެއް ކަންބޮޑުވުންތައް ވަނީ ދެނެގަނެވިފައެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ "ޙާލު ކިހިނެއް؟" ޕްރޮގްރާމަކީ ރާއްޖޭގެ އާބާދީގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ގޭބީސީތަކަށް ޒިޔާރަތްކޮށް ދައުލަތުގެ ޚާއްސަ އެހީތެރިކަމާއި ރައްކާތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަތުމާއި ދައުލަތުގެ ރައްކާތެރިކަމުގެ ވިއުގައިން އެއްވެސް މީހަކު ހަވާސާނުވެ ރައްކާތެރިކަން ލިބޭކަން ކަށަވަރުކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

 

 

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެެމްސީޖީއެޗް އޮޕްޓިކަލްސް ހުޅުމާލެ އައިނު ފިހާރަ ހުޅުވައިފިޚަބަރު | 6 ދުވަސް ކުރިންއެންސްޕާ ޕޭޝަންޓުންނަށް ބޭންކުތަކުން 2000 ޑޮލަރު ލިބޭނެ ގޮތް ހަމަޖައްސަނީޚަބަރު | މަހެއް ކުރިންނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ އާލާތްތައް ހޯދުމާ ގުޅޭ މަސައްކަތު ބައްދަލުވުމެއްޚަބަރު | 2 މަސް ކުރިންއެންސްޕާއިން މިދިޔަ މަހު ބޭސްފަރުވާގެ އެހީގެ ގޮތުގައި 25.8 މިލިއަން ރުފިޔާ ޚަބަރު | 2 މަސް ކުރިން