logo
Bank of Maldives

Bank of Maldives

ޚަބަރު

ވިސްލްބްލޯ ކުރާފަރާތްތަކުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އާޓް އެގްޒިބިޝަންއެއް ބާއްވައިފި

އާމިނަތު ޝަފާ
23 ޖޫން 2025 - 11:03
ވިސްލްބްލޯ ކުރާފަރާތްތަކުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އާޓް އެގްޒިބިޝަންއެއް ބާއްވައިފި

މިއަހަރުގެ ދުނިޔޭގެ ވިސްލްބްލޯކުރާފަރާތްތަކުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓުގެ ފަރާތުން އާޓް ގެލަރީގައި އާޓް އެގްޒިބިޝަންއެއް ބާއްވައިފިއެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނީ ވިސްލްބްލޯކުރާފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮންމެ އަހަރެއްގެ ޖޫން މަހުގެ 23 ވަނަ ދުވަސް ޚާއްސަކޮށްފައިވަނީ ދުނިޔޭގެ ވިސްލްބްލޯކުރާފަރާތްތަކުގެ ދުވަހުގެ ގޮތުގަގައިކަމަށާއި މި ދުވަސް ފާހަގަ ކުރަނީ ވަޒީފާގެ މާހައުލުގައި ހިނގާ ނޭދެވޭ އަމަލުތައް ރިޕޯޓްކޮށް ވިސްލްބްލޯކުރާފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުންކަމަށެވެ.

 

އެގްޒިބިޝަން ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމްގެ (UNODC) ހެޑް އޮފް މޯލްޑިވްސް އޮފީސް، އެންރިކޯ ބޮނިންސެންޔާއެވެ. މި ރަސްމިއްޔާތުގައި ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓުގެ ޑިރެކްޓަރ ޖެނެރަލް މަރިޔަމް ރިފްނާ ލަތީފް، ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓުގެ އެސިސްޓަންޓް ޑިރެކްޓަރ ފާތިމަތު މާޝާ، ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ އެގްޒެކިޓިވް ޑިރެކްޓަރ އާސިޔަތު ރިލްވީނާ އަދި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން ޔޫއެންއޯޑީސީގެ ހެޑް އޮފް މޯލްޑިވްސް އޮފީސް، އެންރިކޯ ބޮނިންސެންޔާ ބައިވެރިންނާ މުހާތަބުކޮށް ވާހަކަ ދައްކަވާފައިވެއެވެ. 

 

އެގްޒިބިޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓުގެ އައު ލޯގޯ ލޯންޗްކޮށް އިފްތިތާހުކޮށްފައިވެއެވެ. 70 ފަރާތަކުން ބައިވެރިވި ލޯގޯ ފަރުމާކުރުމުގެ މުބާރާތުން ފަނޑިޔާރުންގެ އެންމެ ގިނަ މާކްސް ލިބިގެން އެއްވަނައަށް ދިޔަފަރާތް، އަހްމަދު ނަބީހް ވީޑިއޯ މެދުވެރިކޮށް ލޯގޯގެ ތައާރަފެއް ބައިވެރިންނާ ހިއްސާކޮށްފައިވެއެވެ.

 

މި އެގްޒިބިޝަންގައި ވިސްލްބްލޯ ކުރުމަށް އަލިއަޅުވަލާ 12 ކުރެހުމެއް އާންމުކޮށްފައިވެއެވެ. ހަމައެއާއެކު، މި ކުރެހުންތައް ގަތުމުގެ ފުރުސަތުވެސް އާންމުންނަށް ހުޅުވާލާފައިވެއެވެ. މި އެގްޒިބިޝަން މާދަމާ ރޭ 10:00 ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެޗްއާރުޗީއެމްގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިޚަބަރު | 9 ދުވަސް ކުރިންއެޗްއާރުސީއެމްގެ މެމްބަރުކަމުގެ މަޤާމަށް ދެ ބޭފުޅަކު ޢައްޔަންކުރައްވައިފިޚަބަރު | 10 ދުވަސް ކުރިންއެޗްއާރްސީއެމްއަށް ޝަފީގު އައްޔަނުކުރަން ރުހުން ދީފި ޚަބަރު | މަހެއް ކުރިންއެޗްއާރްސީއެމްގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިފިޚަބަރު | 3 މަސް ކުރިން