logo
މާފަންނު ގެއެެއްގައި ވަރަށް ބޮޑަށް އަލިފާން ރޯވެ އަނދަނީBank of Maldives

Bank of Maldives

ޚަބަރު

އަމިއްލައަށް އިންސާފު ގާއިމުކުރަން އުޅުމަކީ މުޖުތަމައުގައި ބިރުވެރިކަން އުފެދޭނެކަމެއް: އެޗްއާރްސީއެމް

އާމިނަތު ޝަފާ
24 ޑިސެމްބަރު 2025 - 12:49
އަމިއްލައަށް އިންސާފު ގާއިމުކުރަން އުޅުމަކީ މުޖުތަމައުގައި ބިރުވެރިކަން އުފެދޭނެކަމެއް: އެޗްއާރްސީއެމް

ވައްކަމުގެ ތުހުމަތު ކުރެވުނު މީހަކަށް ލާއިންސާނީ އަނިޔާތަކެއް ދިނުމަށްފަހު މޫދަށް އެއްލާލާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވުމާ ގުޅިގެން އަމިއްލައަށް އިންސާފު ގާއިމުކުރަން އުޅުމަކީ މުޖުތަމައުގެ އަމާންކަން ގެއްލި، ބިރުވެރިކަން އުފެދޭނެ ކަމެއްކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ބުނެފިއެވެ.

ސޯޝަލް މީޑިއާގައި ރެއިންސުރެ އާއްމުވަމުން އަންނަ ވީޑިއޯއިން ވައްކަމުގެ ތުހުމަތުވި މީހާ ބިންމައްޗަށް ވައްޓާލުމަށްފަހު ދަމައި، އޭނާގެ އަތްމައްޗަށް ސޭފްޓީ ބޫޓަކުން އަރައި އަދި ތަޅައި އަނިޔާ ކުރުމަށްފަހު މޫދަށް އެއްލާލާ މަންޒަރު ފެނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިކަމާ ގުޅިގެން އެއަމަލު ކުށްވެރިކޮށް އެޗްއާރްސީއެމްއިން ނެރުނު ބަޔާނުގައި ވަނީ ވައްކަން ކުރިކަމަށް ތުހުމަތުކުރުވޭ މީހަކަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯތައް ޢާންމު ކުރަމުން ގެންދާތީ އެފަދަ ނާތަހުޒީބު ލާއިންސާނީ ޢަމަލުތައް ފެންނަ ވީޑިއޯ ޢާންމު ނުކުރުމަށާއި، އެފަދަ ޢަމަލުތަކަށް ހިތްވަރު ލިބޭޒާތުގެ ކަންކަން ނުކުރުމަށާއި އަދި އެފަދަ ދަށު ދަރަޖައިގެ ޢަމަލުތައް ނުހިންގުމަށް މި އިލްތިމާސްކޮށްފައެވެ. 

ޝަރުޢީ ހަމަތަކުގެ މަތިން ކުށް ސާބިތުނުވާހާ ހިނދަކު ކޮންމެ މީހަކީވެސް ކުށެއް ނެތް މީހެއް ކަމުގައި ބެލުމަކީ އިސްލާމީ ޝަރީޢަތާއި ރާއްޖޭގެ ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ އަސާސީ ޙައްޤެއްކަން ހަނދާންކޮށްދީ އަމިއްލައަށް އިންސާފު ގާއިމުކުރަން އުޅުމަކީ މުޖުތަމައުގެ އަމާންކަން ގެއްލި، ބިރުވެރިކަން އުފެދޭނެ ކަމެއްކަން އެޗްއާރްސީއެމްއިން ވަނީ ފާހަގަކޮށްފައެވެ. މިފަދަ ކަންކަމުގެ ސަބަބުން ގާނޫނުގެ ބާރު ކެނޑި، ބަދަލުހިފުމުގެ ސަގާފަތެއް އުފެދުމުގެ ފުރުސަތު ބޮޑުވެގެންދާކަމަށާއި އަދި އަނިޔާވެރި އަމަލުތައް ދައްކުވައިދޭ މަންޒަރުތައް ފަތުރައި އިޝްތިހާރު ކުރުމަކީ އެފަދަ އަމަލުތަކަށް މުޖުތަމައު ހޭނި، އިންސާނީ ހަމްދަރުދީ ކެނޑިގެންދާނެކަމެއްކަމަށް ބަޔާނުގައިވެއެވެ.

މިފަދަ ހާލަތްތަކުގައި އެ މައްސަލަތައް ބެލުމަށް ހަމަޖެހިފައިވާ އުސޫލްގެ ތެރެއިން، ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމަށް އިލްތިމާސްކޮށް އަދި މިފަދަ މައްސަލަތައް ކަމާގުޅުންހުރި އިދާރާތަކުން ވެސް ވީހާ އަވަހަށް ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް އެޗްއާރްސީއެމްއިން ވަނީ ގޮވާލާފައެވެ. އަދި އެއްވެސް ފަރުދެއް އަނެކާގެ އިންސާނީ ހައްޤާއި އިންސާނީ ކަރާމާތަށް އަރައިނުގަތުމަށާއި، ޖިނާއީ ނުވަތަ މަދަނީ ނުވަތަ އެނޫންވެސް މައްސަލަތަކުގައި ސުލްހަމަސަލަސްކަން އިސްކުރުމަށާއި، ޤާނޫނީ އިމުގެ ތެރެއިން ހައްލު ހޯދުމަށް އެންމެހާ ފަރާތްތަކަށް ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަހްމަދު ސަލީމް ލިޔުއްވި ''އެޗް.އާރު.ސީ.އެމް. ގެ ހަނދާންތައް'' ފޮތް ރައީސް އަށް ހަދިޔާކޮށްފިޚަބަރު | 2 މަސް ކުރިންއެޗްއާރްސީއެމްގެ ރައީސަކަށް ކުރީގެ މިނިސްޓަރ ޑރ. ރަމީލާ ޢައްޔަންކުރައްވައިފިޚަބަރު | 2 މަސް ކުރިންއެޗްއާރުސީއެމްގެ ރައީސްކަމަށް ޑރ. ރަމީލާ ޚަބަރު | 2 މަސް ކުރިންއަމިއްލައަށް އިންސާފު ގާއިމުކުރަން އުޅުމަކީ މުޖުތަމައުގައި ބިރުވެރިކަން އުފެދޭނެކަމެއް: އެޗްއާރްސީއެމްޚަބަރު | 3 މަސް ކުރިން