logo
Bank of Maldives

Bank of Maldives

ޚަބަރު

ދަނާލުގައި 18 އަހަރުގެ އަންހެން ދަރިވަރަކު މަރުވި މައްސަލަ އެޗްއާރުސީއެމްއިން ވެސް ތަހުގީގު ކުރަނީ

މުހައްމަދު މޫސާމުހައްމަދު މޫސާ
24 އޭޕްރީލު 2026 - 02:25
ދަނާލުގައި ދަރިވަރަކު މަރުވި މައްސަލަ އެޗްއާރުސީއެމްއިން ވެސް ތަހުގީގު ކުރަނީ

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގެ ދަނާލުގައި ދިރިއުޅެމުންދިޔަ 18 އަހަރުގެ އަންހެން ދަރިވަރަކު މަރުވި ހާދިސާ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން އިސްނަގައިގެން ތަހުގީގު ކުރަން ފަށައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެޗްއާރުސީއެމުން ނެރުނު ބަޔާނެއްގައި ވަނީ މި ހާދިސާއާ ގުޅޭގޮތުން ހަގީގަތާ ހިލާފު ވާހަކަތަކާއި ޒާތީ މައުލޫމާތު އާއްމު ނުކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި މަރުވި ޒުވާނާގެ ކަރާމާތަށް އުނިކަން އަތުވެދާނެ އެއްވެސް ކަމެއް ނުކުރުމަށްވެސް އެ ކޮމިޝަނުން ވަނީ އާންމުންގެ ކިބައިން އެދިފައެވެ.

 

Dhanaalugai dharivaraku maruvi massala HRCM in ves thahugeegukuranee | Mendhuru TvTikTokYouTubeInstagramXFacebook

Dhanaalugai dharivaraku maruvi massala HRCM in ves thahugeegukuranee | Mendhuru TvTikTokYouTubeInstagramXFacebook

 

މި މައްސަލައާ ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ ފުލުހުންގެ ވިކްޓިމް ސަޕޯޓް ޔުނިޓާއި އެ ޒުވާނާއާ ދެމެދު ދެކެވުނު ވާހަކަތަކުގެ ތަފްސީލުތައް ބުރާސްފަތި ދުވަހު ޕްރެސް ކޮންފަރެންސެއްގައި އާއްމުކުރައްވާފައެވެ.

މި ހާދިސާގެ ތަހުގީގު އެޗްއާރުސީއެމުން ކުރިއަށްގެންދާއިރު، މަރުވި ދަރިވަރުގެ ހައްގުތަކާއި ކަރާމާތް ހިމާޔަތްކުރުމަށް އެ ކޮމިޝަނުން ދަނީ ބާރުއަޅަމުންނެވެ. މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ބަލައި، އިތުރު ތަފްސީލު ހޯދުމުގެ މަސައްކަތް އެ ކޮމިޝަނުން މިހާރު ވަނީ ފަށާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދަނާލުގައި ދަރިވަރަކު މަރުވި މައްސަލަ އެޗްއާރުސީއެމްއިން ވެސް ތަހުގީގު ކުރަނީޚަބަރު | 2 ގަޑިއިރު ކުރިންސިޔާސީ އެއްވުންތަކުގައި އިޖުތިމާޢީ މިންގަނޑާ ޚިލާފު ވާހަކަދައްކަމުންދާތީ އެޗްއާރްސީއެމްގެ ކަންބޮޑުވުންޚަބަރު | 3 ދުވަސް ކުރިންއިންތިހާބު އޮބްޒާވް ކުރުމަށް އެޗްއާރްސީއެމް އިން ހަރަކާތްތެރިވާނެޚަބަރު | 21 ދުވަސް ކުރިންއަހްމަދު ސަލީމް ލިޔުއްވި ''އެޗް.އާރު.ސީ.އެމް. ގެ ހަނދާންތައް'' ފޮތް ރައީސް އަށް ހަދިޔާކޮށްފިޚަބަރު | 3 މަސް ކުރިން