logo
Bank of Maldives

Bank of Maldives

ޚަބަރު

ވިސްލްބްލޯ ކުރާ ފަރާތްތަކުން އެވަނީ ޤައުމަށްޓަކައި ވަރަށް ބޮޑު ގުރުބާނީ އެއް: ޑރ. ރަމީލާ

މަރިޔަމް މާޙީ
23 ޖޫން 2026 - 11:06
ވިސްލްބްލޯ ކުރާ ފަރާތްތަކުން އެވަނީ ޤައުމަށްޓަކައި ވަރަށް ބޮޑު ގުރުބާނީ އެއް: ޑރ. ރަމީލާ

ކޮރަޕްޝަނާ ދެކޮޅަށް ތެދުވާ ވިސްލްބްލޯކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ފާހަގަކުރާ "ދުނިޔޭގެ ވިސްލްބްލޯކުރާ ފަރާތްތަކުގެ ދުވަސް" ރާއްޖޭގައި ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.

މި ދުވަސް ފާހަގަކުރުމަށްޓަކައި ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓާއި ޓްރާންސްޕޭރަންސީ މޯލްޑިވްސް ގުޅިގެން ޚާއްސަ ހަފްލާއެއްވަނީ ބާއްވައިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ހަފްލާގައި ވާހަކަދައްކަވަމުން ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސް ޑރ. އައިޝަތު ރަމީލާ ވިދާޅުވީ، ވިސްލްބްލޯކުރާ ފަރާތްތަކުން އެ ވަނީ ޤައުމަށްޓަކައި ވަރަށް ބޮޑު ގުރުބާނީއެއް ކަމަށެވެ. މިއީ ހަމައެކަނި ރަމްޒީ ގޮތުން ފާހަގަކޮށްލާ ދުވަހެއް ނޫންކަން ފާހަގަކުރައްވައި، ޑރ. ރަމީލާ ވިދާޅުވީ މިއީ ނަޒާހާތްތެރިކަމާއި އިންސާފުގެ މަގުގައި ކުރާ މަސައްކަތުގައި ވަރަށް މުހިއްމު ދުވަހެއް ކަމަށެވެ.

"މި މުޖުތަމައުގައި ހިނގާ ނުވަތަ ހިންގަފާނެ ނޭދެވޭ ކަންކަމާއި ކޮރަޕްޝަނާ ދެކޮޅަށް ތެދުވާ ހިތްވަރުގަދަ ފަރުދުންގެ އަގުވަޒަންކުރުމަކީ ނުހަނު މުހިއްމު ކަމެއް. އެބޭފުޅުންގެ ހިތްވަރާއި ނުގުޑާ އަޒުމުގެ ސަބަބުން އިސްލާހުކުރަންޖެހޭ އެތައް ކަމެއް ފާހަގަވެ، ނިޒާމުގެ ތެރޭގައި ހުރި ނުރަނގަޅު ކަންކަން ރަނގަޅުކުރުމަށް ފުރުސަތު ލިބިގެންދޭ،" ޑރ. ރަމީލާ ވިދާޅުވިއެވެ.

ހަފްލާގައި ވާހަކަދައްކަވަމުން ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ އެގްޒެކެޓިވް ޑިރެކްޓަރ އައިޝަތު ރިޒްނާ ވިދާޅުވީ، ރާއްޖޭގައި ކޮރަޕްޝަން ހުއްޓުވުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ދައުލަތުގެ މުދަލަށް ޚިޔާނާތްތެރިވުމާއި ރިޝްވަތުގެ އަމަލުތައް ފަޅާއަރުވާލުމުގައި ހުރި ހުރަސްތައް ކަމަށެވެ. ނަމަވެސް މިހާރު ޤާނޫނީ އޮނިގަނޑުގެ ތެރެއިން ރައްކާތެރިކަމާއެކު މިފަދަ މަޢުލޫމާތު ހާމަކުރުމުގެ މަގު ހުޅުވިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މި ހަފްލާގެ ތެރެއިން ކުރިއަށްދިޔަ ޕެނަލް ޑިސްކަޝަންގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ ނޭދެވޭ އަމަލުތަކަށް "ނޫނެކޭ" ބުނުމުގެ މުހިއްމުކަމުގެ މައްޗަށެވެ. މި ޕެނަލްގައި ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓުގެ ޑިރެކްޓަރ ޖެނެރަލް މަރިޔަމް ރިފްނާ ލަތީފާއި، އޭސީސީގެ ސީނިއަރ އެޓަރނީ މަރިޔަމް ތޫލާ ރިލްވާނާއި، އެޗްއާރުސީއެމްގެ ޑިރެކްޓަރ އާމިނަތު ރިފްޤާގެ އިތުރުން ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ މަރްޔަމް އަފްރާޙް މޫސާ ބައިވެރިވެވަޑައިގެންނެވިއެވެ.

މި ދުވަސް ފާހަގަކުރުމުގެ ގޮތުން ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓުން ކުރިއަށްގެންދިޔަ ކުރު ވިޑީއޯ މުބާރާތާއި އޮންލައިން ކުއިޒް މުބާރާތުން ވަނަވަނައަށް ދިޔަ ފަރާތްތަކަށް މި ހަފްލާގައި ވަނީ އިނާމު ހަވާލުކޮށްފައެވެ. މި ހަފްލާގައި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ދައުލަތުގެ އެކި މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮންމެ އަހަރެއްގެ ޖޫން މަހުގެ 23 ވަނަ ދުވަހަކީ ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ ވިސަލްބްލޯކުރާ ފަރާތްތަކުގެ ދުވަހެވެ. މިއަހަރުގެ ދުވަސް ފާހަގަކުރުމަށްޓަކައި ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓާއި ޓްރާންސްޕޭރަންސީ މޯލްޑިވްސް ގުޅިގެން ވަނީ ޚާއްސަ ހަފްލާއަކާއި ޕެނަލް ޑިސްކަޝަންއެއް ކުރިއަށް ގެންގޮސްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވިސްލްބްލޯ ކުރާ ފަރާތްތަކުން އެވަނީ ޤައުމަށްޓަކައި ވަރަށް ބޮޑު ގުރުބާނީ އެއް: ޑރ. ރަމީލާޚަބަރު | 2 ގަޑިއިރު ކުރިންދުނިޔޭގެ ވިސްލްބްލޯވާ ދުވަސް ފާހަގަކުރުމަށް އެޗްއާރުސީއެމުން ވީޑިއޯ މުބާރާތެއް ހުޅުވާލައިފިޚަބަރު | މަހެއް ކުރިންދަނާލުގައި ދަރިވަރަކު މަރުވި މައްސަލަ އެޗްއާރުސީއެމްއިން ވެސް ތަހުގީގު ކުރަނީޚަބަރު | 2 މަސް ކުރިންސިޔާސީ އެއްވުންތަކުގައި އިޖުތިމާޢީ މިންގަނޑާ ޚިލާފު ވާހަކަދައްކަމުންދާތީ އެޗްއާރްސީއެމްގެ ކަންބޮޑުވުންޚަބަރު | 2 މަސް ކުރިން